ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ "މަދިރި ހޯހޯ" ކެމްޕޭނު ފަށައިފިއެވެ.

މިކެމްޕޭން އިފްތިތާހު ކޮށްދެއްވާފައިވަނީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން ދިޔަ މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭން އިފްތިތާހު ކޮށްދެއްވަމުން މޭޔަރު ވަނީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ޚާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު "މަދިރި ހޯހޯ" ކެމްޕޭން އިފްތިތާޙް ކޮށްދެއްވަނީ-- ފޮޓޯ؛ މާލޭ ސިޓީ ކައުންސިލް

މީގެ އިތުރުން މޭޔަރު ވަނީ ސާފުތާހިރުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

އަޅުގަނޑުމެން އިސްކަންދޭންވީ ފަރުދީ ޒިންމާއެއްވެސް އޮތްކަން ޤަބޫލު ކޮށްގެން، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން އަޤާތްފޯރާފަށުގައި ހުރި ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ރައްކާތެރި ކަމާއި ސާފުތާހިރު ކަމުގައި ދެމެހެއްޓުމަށް

މާލެ ސިޓީއަކީ ބަލިތަކުން ރައްކާތެރިވެފައިވާ ސާފުތާހިރު ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި، އެތަންތަނުގެ ވެރިންގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ފަރުދީ ޒިންމާ އަދާކުރުމާއި އެކު މުއައްސަސާ ތަކާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވެގެންދިއުމަކީ އުއްމީދެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ ނަތީޖާ ހާސިލްވިކަމަށްވާނީ ފަރުދީ ޒިންމާ ނެގުމާއިއެކު ސާފުތާހިރުކަމަށް އިސްކަންދީގެން އެންމެން ގުޅިގެން މަސައްކަތް ކުރުމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ކުރާނެ ކަމެއް ނެތިގެން ތޯ ތިއުޅެނީ؟

  2. ރަން ރީނދޫ

    ސޯލިހުގެ ދުވަސް ތި ދިޔާ. މަދިރިއެއްކަހަލަ މީހެއް ވެރިކަމަށް އައިސް ވައްކަން ކުރުވުމާއި،ފަސްޓް ކުލާހުގައި ދަތުރުކުރުމުގަ.