ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގައި މިއަދު ޙުކުމް އިއްވަން ސުޕްރީމް ކޯޓުން ތާވަލް ކޮށްފިއެވެ.

ޙުކުމް އިއްވުމަށް ބާއްވާ ޝަރީޢަތް ފަށަން ތާވަލް ކޮށްފައި ވަނީ މިއަދު ހެނދުނު 11:00 ގައެވެ.

މިމައްސަލައިގައި ޙުކުމް އިއްވަން މިދިޔަ ހަފްތާގައި ވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހެއް ތާވަލް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ކަނޑައަޅާފައިވަނީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވިޔަސް، އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

އެ އަމުރުގެ އެ ބައި ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ ފަރާތުންނެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، މެމްބަރުން ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބަޔަށް އަމަލު ކުރުން ފަސްކުރަން ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަސްލަމް

    ވަރައްސާފް ގޮޑިގެއްލުނީ ދެންލަލަލާ

  2. ޔާމިން

    ގޮޑިގެއްލުންވަރައްކާރި

  3. ާަަމަނިކު

    މިވަގުތުރަގަޅީގެއްލުނިއްޔާ

  4. ސުނީތާ

    އެމީހުންނައްރަގަޅުފިލާވަޅެއްލިބިދިނިމައްޓަކާހަމަރަގަޅީގޮޑިގެއްލުން

  5. އަސްލަމް

    ރަގަޅީގެއްލިއްޖެނަމަ

  6. ޖޭޒް

    ﷲ ގެ ރަހްމަތުން ތިޔަ 12 ޤައްދާރުންގެ ގޮޑި ގެއްލޭނެ އިންޝާﷲ

  7. ސީސީސީސީ

    އީޔޫގެ ބާރު ހުރި ވަރެއް އެގިދާނެ ؟

  8. މަރިޔަމް

    12 ގޮޑި ނުގެއްލޭނެކަމައް

  9. އާދަމް ހުސައިން

    ހާދަމަޖާާކަމެކޭ ދޯ؟