މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" ގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީ އިން މިރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަމުން ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ފުދުންތެރި ދިވެހިން އުފެއްދުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށާއި ނަމަވެސް އިސްރަށްވެހިން މިއަދު ފުދުންތެރި ދިވެއްސަކަށް ނުވާއިރު އެމީހުން ވަނީ ވަރަށް ބޮޑަށް ބާކީކޮށްލާފައި ކަމަށެވެ.

ނާޒިމްގެ ފާޑުކިޔުން އަމާޒު ކުރެއްވީ އިސްރަށްވެހިންނަށް ޕެންޝަން ދިނުމުގައި އޮތް އުސޫލަށެވެ. ނާޒިމް ވިދާޅުވީ އިސްރަށްވެހިންގެ ޖަމިއްޔާ އިން ހުރިހާ ރައީސުންނާއި ކަމާބެހޭ ވުޒާރަތަކާއި ބައްދަލުކޮށްފައިވާ ކަމަށާއި ނަމަވެސް ހުރިހާ ފަރާތްތަކަކުން ވެސް އެ ޖަމިއްޔާ އަށް ދީފައިވާ ޖަވާބަކީ ބަޖެޓުގެ ދަތިކަން ހުރި ކަމުގެ ޖަވާބު ކަމަށް ނާޒިމް ވިދާޅުވި އެވެ.

"މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ފަސް އަހަރު ހިދުމަތްކޮށްލީމަ އެ ބޭފުޅުންނަށް އެތައް ބައިވަރު އިނާޔަތެއް ލިބޭ ގޮތަށް މިއޮތީ ރާވާލާފައި. އޭރަކު ފައިސާގެ މައްސަލައެއް ނެތް. މެމްބަރުން ވީމަ ހަމަ ލިބެންވީ، އަޅުގަނޑު ދަންނަވަން އޮތީ މެމްބަރުންނަށް އެ ފައިސާ ދޭނެ ކަމެއް ނެތޭ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބޮޑު މުސާރަ ނަގައިގެން މަޖިލީހުގައި ކުރާ ކަމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ބޭނުންވަނީ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ރަނގަޅު ގޮތްތައް ވުން ކަމަށެވެ. އެކަން ކުރުމަށްޓަކައި އެމްއެންޕީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުފާވެރިކަމާއެކީގައި ތިބެވޭނެ ގޮތަކަށް މިނިސްޓްރީއެއް އުފައްދައިގެން އިސްރަށްވެހިންނާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. މިއީ އުއްމީދީ ޕާޓީއަކީ" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ 40 ވަރަކަށް އަހަރު ދައުލަތައް ހިދުމަތް ކޮށްފައި ތިބި މީހުން ނުވަތަ 20 ވަރަކަށް އަހަރު ދައުލަތައް ހިދުމަތް ކޮށްފައިވާ މީހުން ކޮށްފައި އެވަނީ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް ޕެންޝަން ދެމުން ގެންދަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނެސް" ނަމުގައި މިނިސްޓްރީއެއް އުފައްދާނެކަން އިއުލާން ކުރިއިރު އެޕާޓީން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައެވެ.

މިނިސްޓްރީ އޮފް ހެޕިނެސް ނުވަތަ އުފާވެރިކަމާއި ބެހޭ މިނިސްޓްރީއެއް ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ހުރެއެވެ. މިނިސްޓްރީ އޮފް ހެޕިނެސްގެ ނަމުގައި މިނިސްޓްރީއެއް އުފައްދައިގެން އެންމެ ގިނަ މަސައްކަތްތައް ކުރާ އެގައުމަކީ ޔޫއޭއީ އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އަލީ

    ފުރަތަމަ ބޮލައް ބޭސްކުރުން ބުއްދިވެރި!!

    8
    1
  2. ޖެން

    ސޭޑުނެސްވެސް އުފައްދާތި

  3. ދިވެހި ރައްޔިތުން

    20 އަހަރަށް ވުރެ މަތީން ދައުލަތަށް ޚިދުމަތް ކުރުމުގައި އަދި އެކި ސަބަބު ތަކާހުރެ ނަމަވެސް ވަކިކޮށްފަ ނުވަތަ ވަކިވެފަ ދިރި ދުނިޔޭގައި ހުރި ކޮންމެ މީހަކަށް އެހެން ވަޒީފާއެއްގާ ހުއްޓަސް 10000 އާއި 15000 އާއި ދެމެދުގެ ހެޕިނަސް އެލެވަންސް ދޭންޖެހޭނެ.

  4. ފާތުން

    ޓިކްޓޮކް ކުޅޭ ތަނެއް ހަދާބަލަ ތި ޕާޓީން. އެއީ ވިޔަ ތި ޕާޓީން ކުރާކަމަކީ.

    7
    1
  5. ޖާދު

    މީކޮންތާކުންނުކުމެގެންއުޅޭ ބީތާއެއްތަ؟؟؟

  6. ކެރަފާ

    މައިތިރިވޭ ވެރިކަމަށް އާދެވެންދެން

  7. ނަމަ

    މިނިސްޓްރީ އޮފް ފިސްތޯލަ ނޫފައްދާފިއްޔާ ވެދާނެ

  8. އަލިބެ

    ރައްޔިތުންދެލެ ލޯބިވާ ވެރިން ބޭނުންވަނީ. އެއްބަޔަކަށް 20000، 22000ރ މުސާރައަށް، އަނެއްބަޔަކަށް އެންމެ 7000ރ މިކަހަލަ ވެރިން ބޭނުމެއްނޫން. ދެން ޕެންޝަން ފަންޑުން 50% ނަމަވެސް ޒަރޫރީ ބޮޑެތި ކަންކަމަށް ލިބޭގޮތަށް އޮތުން ވަރަށް މުހިއްމު. މިކަންކަން ކޮށްދޭ ފަރާތަކަށް ވޯޓުދޭން ކެރޭނެތަ؟

  9. ސަމްކުޅިބޭ

    އަޅުގަނޑަށް ތިޔަމިނިސްޓްރީގެ މިނިސްޓަރުކަން ދެއްވަންވާނެ. ބޮޑުމުސާރަ ނަގައިގެން މެމްބަރުން ކުރައްވާ މަސައްކަތެއްނެތް އިރު މަޖިލީހުންދޭ އިނާޔަތްތައްވެސް ދޫކޮށެއްނުލެވޭ. މަޖިލީހުގެ ހިސާބުތައް އާންމުކުރިއިރު އިނާޔަތުގެ އެންމެ ބޮޑުހޭދަ ކުރި މީހުންގެ ލިސްޓްގެ އެންމެކުރީގައި މަނިކުފާނުގެ ނަން ހިމެނޭ. އަމަލާބަހާ އެބަ ދިމާވޭތޯ؟ދެން އަނެއްކަމަކީ ދުވާލުގެ އިރު އެނގޭ ހެން އެބައިނގޭ ތިޔަޕާޓިއަށް އަދި ވެރިކަމަށް ނާދެވެނެކަން. އެވަރަކަށް ތިޔަޕާޓީގައި މެމްބަރުންނެއްނެތް. އެހންެވީމާ ތިޔަ ދައްކަވަނީ ފުލޯކް ވާހަކަ. ގަބޫލުކުރާ ބަޔަކު ވާނީ ހަމަހަގީގަތުގައިވެސް މޮޔައިންނަށް.

  10. ޢަލިބެ

    މިނިސްޓްރީ އޮފް ޓިކްޓޮކް

  11. ަައިބޫ

    މިނިސްޓްރީ އޮފް މަކަރާ ހީލަތްވެސް އުފައްދަވާތި. އޭރުން އެންމެ ފުރިހަމަވާނީ. ސިޔާސީ މަޅިފަތި އަމުނާނި ކަމެއްނެތް.

  12. ހެޕީ އެންޑިންގް

    ހެޕީ އެންޑިންގް މިނިސްޓްރީ އެއް ހަދަންފެނޭ. ޢެތަނުގެ މިނިސްޓަރަކަށް މިހާރު ރައީސް އޮފީހުގަ އުޅޭ އިހަށްދުވަހު ރޯޕް ލައިގެން ނަޝީދުމެންނާ އެކު އިން ސޮރެއް އިންނާނެ، އޭނަޔާ އަދި ނައިބަކަށް ތައިލެންޑް ދައްތައެއް ލީމަ ބަރާބަރުވާނެ!

  13. ޓިކްޓޮކް ޕާޓީ

    މިނިސްޓްރީ އޮފް ޖުހާ ވެސް އުފައްދައްޗޭ ކޮންމެހެންވެސް

  14. Anonymous

    މިނިސްޓްރީ އޮފް ލާފިން..މިނިސްޓްރީ އޮފް ނޯ ފިއާ އެންޑް ފަން...މި ދެތަން އަދި އިތުރު ކޮށްލަދިނިއްޔާ ވަރަށް ސަޅިވާނެ.

  15. ހެހެ

    ކަލޭމެން ދޭ ޓިކްޓޮކް އިން ކުނިއެއްކުރަން

  16. ދުމައިން

    މިނިސްޓްރީ އޮފް ހެޕިނެސް ހެދޭނީ މިނިސްޓްރީ އޮފް ސްޓްރެސް މެނޭޖްމެންޓް ހެދި ސްޓްރެސް ރިލީފްްވެ ހަމަޔަކަށް އެޅި ދެން އޭގެފަހުގައެއްނޫންތޯ؟ ތިޔަ މިނިސްޓަރީގެ ވަޒީރުނަފެށިގެން އެންމެ ދަށަށްވެސް ސްޓްރެސްއާ ޑިސްޓްރެސްޑް ބަޔަކު ލެވުނީމަ ވާނީ ކިހިނެއް.

  17. ޢަޖޫ

    މިނިސްޓްރީއޮފް އަމާ އުފައްދަބަލަ…

  18. އިދްރީސް

    ތިއީ އެއްވެސް އުއްމީދެއް އޮތް ޕާރޓި އެއް ނޫން
    ތިއީ ވަގުން ތިބި ޕާރޓީ އެއް
    ތިޕާރޓީ ގެ ބޭނުމަކީ ވައްކަން ކުރުން

  19. އަލީ މައުސޫމް

    މިނިސްޓްރީ އޮފް ބިރަކާނުލާ

  20. ލޮލް

    ލޮލް.

  21. ނާމާން

    މީނަގެ ނަން ކިތައްފަހަރު ބަދަލުވެއްޖެ؟ މިހާރު އަލްފާޟިލް ހެޕިނަސް!

  22. ސަލާމް

    މިނިސްޓްރީ އޮފް ފިސްތޯލަ އެމެންޑްމެންޓް އުފައްދަންވީ.

  23. ކިސް

    ދެން މިހާރުވެސް އުފައްދަންވީނު..ކީއްވެތިތިބެނީ..

  24. ރައްޔިތު މީހާ

    ސާބަހޭ ނާޒިމް.އަދި މިނިސްޓްރީ އޮފް ހަމްޕާންޗް ވެސް އުފައްދާނެކަމަށް ހީކުރަން.