ވިލިމާލޭގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން ކަމަށް ބުނާ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބުނެފިއެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ކުޑަކުދިންގެ ގަޔަށް ޖަހާފައިވާ މައްސަލައާއި ބެހޭ ގޮތުގައި އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު، އެ މައްސަލަ އެހޮސްޕިޓަލާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

"މިމައްސަލައިގައި އިހުމާލުވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަމެވެ" އައިޖީއެމްއެޗުން ބުންޏެވެ.

މީގެ އިތުރުން އެހޮސްޕިޓަލުން ބުނީ، މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ވިލިމާލޭ ހޮސްޕިޓަލުން ކުޑަކުދިންނަށް މުއްދަތު ހަމަވެފައިވާ ވެކްސިން ދިން މައްސަލައިގައި ވިލިމާލެ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އުޝާމް ވިދާޅުވީ، އެއީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަން ހިނގާފައިވާ ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

އެ ކުދިންނަށް ދީފައި ވަނީ ކޮން ކަހަލަ ވެކްސިނެއްކަން ސާފުވެފައި ނުވާއިރު، މެމްބަރު އުޝާމް ހިއްސާ ކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހު މުއްދަތު ހަމަވެފައިވާ ވެކްސިނެކެވެ. އަދި އެ އުފެއްދި ތާރީހެއްގެ ގޮތުގައި ލިޔެފައި ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. ބެލެވޭ ގޮތުގައި އެއީ އެހޮސްޕިޓަލުން ކުދިންނަށް ދީފައިވާ ވެކްސިނެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަލިފް

    ނަސީމު އިސްތިއުފާ

    15
  2. އައްނި

    ބަލަ ކިތައްރަށުގަތޯ ހެލްތުން އަންގައިގެން ކަމައްބުނެ އެގުރިމެންޓެއްގަ ސޮއިކޮއްގެން ވެކްސިން ޖަހާފަވަނީ ސަރުކާރުން ނިންމީ މުއްދަތު ހަމަވާފަހުން ވެސް ބޭނުންކުރެވޭކަމްއް ނިކަންގުޅާބަލަ އަތޮޅުތަކުގެ ހޮސްޕިޓަލްތަކައް ބަލަ ކޮވިޑްވެކްސިންވެސް ޖެހީ މުއްދަތު ހަމަވެފާ ހުއްޓާ އަޅު މީ ދޮގެއްތަ މިހަމާ ހެދި ކިތައްމީހުންތޯ މި ގޮތްނޭގި ހަލާކުވަމުންމިދަނީ

    13
  3. ވަގުނަސީމް

    މީހުންނަށްތައް އަޅަނީ. ނަސީމް ބެއްޔާގެ އިތުބާރު ނެތްކަމަށް ނަގަން ނުވޭ ވޯޓެއް

    13
  4. ކޮއިފުޅު

    ތިޔާބުނާފިޔަވަޅުއަޅާނިމޭއިރު ކުށްވެރިވާނީ އެކުދިންގެބެމެނިވެރިން. ތިފަޑުއްކަ ވެކްސިންއެރެކުރި ކެރަފާބޭ ކުށްވެރިއެއް ނުވާނެ!!!!

    15
  5. އަބްސީ

    ކޮބާތޯ ކޮވިޑް ތެރޭ އެޗްޕީއޭގެ އިހްމާލުން ނިޔާވި ކުޑަކުއްޖާ؟ ކޮބާތޯ ކުރީގެ ހެލްމިނިސްޓަރ އިހްމާލުން ކާލި ފައިސާ، ހުސް ފިޔަވަޅު އަޅަން ބުނި ކަންތައް ބައިވަރު، މިހާތަނަށް ކާކަށްތޯ ފިޔަވަޅު އެޅީ؟ މުޅިން ރައްޔިތުންނަށް ދޮގާ މަކަރު. އެއް ހަފްތާ ވާއިރަށް ދިވެހިން ހަނދާން ނެތޭނެ

    17
  6. މަރިޔަމް އުސްމަތު

    ތިޔަ ހޮސްޕިޓަލްގެ ޑިރެކްޓަރުގެ ކަމަކީ ސިޔާސީ ވާހަކަ ތައް އެފްބީގައި ދައްކަމުން ހޮޓާތަކުން ދުވުން، ދެން ވަރިހަމަ އެއްނުން. ދުވަހެއް ދުވަހަކަށް ހޮސްޕިޓަލްގެ ހާލަތު ދަނީ ދަށަށް.

  7. ޕޮގުބާ

    ވަޒީފާގެ މަގާމް މަތިކޮއްދީފަ މުސާރަ ބޮޑް ކޮއްދީ އެއީ ރަގަޅު ފިޔަވަޅެއް

  8. ޒުރާ

    ބަލަ ނޮވެމްބަރ 3 ގެ ބާނީ ކެރަފާ ނޫންބާ މީގެ ޒިންމާ ނަގަންޖެހޭނީ؟ ބަލަ މިޝްކާ މަރުވި މައްސަލާގަވެސް ކެރެފާ އެއްގޮތަކަށްވެސް ޒިންމާ ނުނެގި، މިކަލޭގެ ޒިންމާ ނުނަގާ އެހެންމީހުން ދޯ މި ފިޔަވަޅު އަޅަނީ، މިއޮތީވާ ޤައުމެއް.

  9. 😠😠😠

    ކޮވިޑު ވކސނ ޖަހައިގެން ގެއްލުން ލިބިފަވަނީ އެތައްބަޔަކަށް. އެޖަހަން މަޖުބޫރުކޮށް ޖެހުވިބަޔަކަށް ފިޔަވަޅުއަޅާ!

  10. ސުމަން

    ނާޅާނެ.ތީހުސްވާހަކަ.ތިކަހަލަ ކިތެއްކަން ވަނީ.