ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، މާލެ އޭރިއާ 1 ( މާލެ ސިޓީ ޕޮލިސް) އަދި ސެންޓަރ ފޮރ އެޕްލައިޑް ޕޮލިސިންގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާނެވެ.

ޝިފާން ކުރިން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 ( މާލޭ ސިޓީ ޕޮލިސް) ގެ މަގާމުގައެވެ. ޝިފާން ކުރިން ހުންނެވި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޯންސްގެ މަގާމުގައި ކުރިން ހުންނެވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރެވެ.

ސަމީރު ކުރިން ހުންނެވި މަގާމަށް އައްޔަން ކުރައްވާފައި ވަނީ، ހެޑް އޮފް ހައި ވިޒިބިލިޓީ ޕޮލިސިންގ ޔުނިޓުގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސަބާހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަގީގަތް

    މުޅި ޕޮލިސް ސަރވިސްގެ އެންމެ މުހިންމު އެއްތަނބު ޝިފާން އަކީ، މި ކަހަލަ ކިޔަވައިގެން ތިބި ރަގަޅުބަޔަކު މަތީފަޑީގައި ތިބި ނަމަ ޕޮލިސް ސަރވިސް ދާނީ ހަރުދަނާ ކޮށް ކުރިޔަށް ކަމާއިމެދު ޝައްކެއް ވެސް ނެތް. މަރުޙަބާ ޝިފާން..

    7
    3
  2. ޖާބެ

    ހަވާލުވާނެމީހަކު ނެތީދޯ ތިޔައީ ރިޓަޔަރމަންޓްދެން 2023 ގެ ފަހުން އެހެންތަނެއް ހޯދާ ނޫނީ ސިޔާސީ ޕާޓީޔަކާ ގުޅެން ފެންނަނޫ އެއްމެ ރަނގަޅުވާނީ އެމް.ޑީ.ޕީ

  3. ހެހެހެ..

    އަނެއް ދޮނގު މިއީ..

  4. ަގުމްރީބެ

    މިސޮރުގެ އަޑި އެނގޭތަ !

  5. ރަން ރީނދޫ

    އިންޑިއާ އައުޓް