މިތިބީ ހޮޅި ވާހަކަދައްކާ، އަނގައިގެން ހިފަހައްޓާ ދައުރެއްގެ ތެރޭގައި ކަމަށް ވިދާޅުވެ ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ވެރިކަން ކުރަން އެނގޭ މީހުންނާއި ވެރިކަމަށް އައިސް ކަމެއް ނުކޮށް ހޮޅި ވާހަކަ ދައްކާ މީހުން މިހާރު ރައްޔިތުންނަށް އެނގޭ ކަމަށެވެ. ގައުމު އޮތީ ވާނުވާގައި ކަމަށާއި މިނިވަން ބަހުސާއި މިނިވަން ހިޔާލު ފާޅުކުރުމާއި އިންސާފުގެ ވާހަކަދެއްކި މީހުންގެ ހަނދާނުގައި މިހާރު އެވާހަކަ ދެއްކި ހަނދާން ވެސް ނެތް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ބޮޑު މަޝްރޫއެއް ހިންގަން މިހާރު ވެރިކަމުގައި ތިބި މީހުންނަށް ނޭނގޭ ކަމަށާއި ގައުމުގެ ހާލަތާއި ގުޅޭ ގޮތުން ތަޖުރިބާކާރުން ދެމުން އަންނަ ލަފާތައް ވެސް މިސަރުކާރން ގަބޫލު ނުކުރައްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ. ތަރައްގީ އަކީ ކޮބައިކަން އަދި އެގެންނަނީ ކިހިނެއްކަން ދައްކުވައި ދެއްވީ 2013 ވަނަ އަހަރު ރައީސް ޔާމީން ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެން. އެމްޑީޕީ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު ކަންތައްތައް ވެގެން މިދަނީ އެއްގޮތަކަށް. ގައުމު މިދަނީ ބަނގުރޫޓް ވަމުން." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވަނީ ސިނަމާލެ ބުރިޖު ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމައި ބޭނުން ކުރެވޭނެ ކަމަށް ހީފުޅު ކުރެއްވީ ކާކުތޯ ސުވާލު ކުރައްވާފައެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހި ތިން ހަފްތާއިން ހިއްކައި، އެތަނުގައި 25 ބުރީގެ ޓަވަރުތަކެއް އަޅުއްވައި ދަރުމަވަންތަ ހޮސްޕިޓަލް ބިނާ ކުރައްވާ، ރާއްޖޭގެ އުތުރުން ދެކުނަށް ބަނދަރު ހެދުމާއި ތަރައްގީގެ އެތައް މަޝްރޫއެއް ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގޭނެ ކަމަށް ގަބޫލު ކުރެއްވީ ކާކުތޯ ޣައްސާން ސުވާލު ކުރެއްވިއެވެ. އެކަން ބަޔަކަށް ގަބޫލު ނުކުރިޔަސް އެމަޝްރޫއުތައް އެހުރީ ފެންނަން ކަމަށް ޣައްސާން ވިދާޅުވިއެވެ.

"ރުހުނަސް ނުރުހުނަސް އެކަންކަން ޖެހޭނީ ގަބޫލު ކުރަން. އެކަންކަން އެހެރީ ފެންނަން. ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުން ތިބީ ހިނިތުންވެފައި. ހިތްހަމަޖެހިފައި. ފުދިފައި. ގައުމުގެ އިޤުތިޞާދު ދިޔައީ ކުރިއަށް. ރައްޔިތުންގެ އަތާއި ޖީބުގައި ފައިސާ ހުރި." ޣައްސާން ވިދާޅުވިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތައް އިތުރު 1000 މީހުން ގެނެސް މުއްދަތައް ބުރިޖުގެ މަސައްކަތް ނިންމޭނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް އެކަން ގަބޫލު ކުރާނީ ކާކުތޯ ޣައްސާން ސުވާލު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ވެސް މީހުން މަދު ނޫން ކަމަށާއި ނަމަވެސް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލްޖިބްރާ

    ވެރިމީހާ ހުރިހާތަނަކުން ވައްކަން ކޮށްފަ ، އެމީހަކު ހޯދާނެ ގޮތަކަށް ، ވައްކަން ކުރާނެ ގޮތަކަށް ވައްކަން ކުރަން ޤައުމު ހުޅުވާލީމާ ހުރިހާ ވަގުން ތިބޭނީ ހެވިފަ ! ކަލޭވެސް ބޯހަމަނުޖެހޭ ވާހަކަ ދައްކާތީ ތިމާގެ ސިކުޑީގައި އުނިކަމެއް ހުރިތޯ ބަލަން ޑޮކްޓަރަކަށް ދައްކަންވީނު ؟

  2. ސެލެއިމާން

    100 ގެ ވާހަކައެއް..ހަގީާގަތް.ދެނ ްފިއްތާލާ.4 އހަރު މިވަނީ .ކުރެވުނު ކަމެއް ހަރާން.ބައިބައިޔށް ޕީ.ޕީ އެމް އަށް މީހުން ވަންނަނީ ހަގީގަތް އެގުނީމަ.ރައްޔިތުން ވާ ވެއްދޭނީ ގުބޯ ހެއްދޭނީ ވަކި ވަރކަށް،އިންޝާﷲ ގައުމުގެ ޚަޒާނާ ދަވާލާ،އާއިލީ ވެރިކަން ކޮށް ރައްޔިރުންނަށް ވަޒީފާގެ ބިރު ދައްކާ، ޚިޔާލު ފާޅުކުރާ މީހުން ބިޑިއަޅުވާ ފުރޭމްކޮށް ތިދޭ އަނިޔާ އިބޫ އާއި އަރާހަމަކުރާނެ.

  3. އުންޑަސް

    މިސަރުކާރުން ކުރި ކަމަކީ ރައީސްޔާމީންގެ މަޝްރޫއުތަކުގެ ނަންބަދަލުކޮށް އެހެންނަމެއްކިޔައިގެން މަޝްރޫއުތަށް ނިންމުން އެއީ މިސަރުކާރުން ކުރާކަމެއް ރަށްޔަތުންގެ ބޮލަށްޗިޕުޖަހަން.

  4. އަޙުމަދު.

    ޣައްސާން. 2013ގައި ޔާމީނު ގައުމަށް ގެނަސް ދެއްވި ތަރައްޤި އާއެއްވަރަށް ވައްކަންވެސް ގެނަސްދެއްވި ނޫންތޯއެވެ.؟ މިސަރުކާރާބެހޭ ގޮތުން ދައްކަވާނެ ވާހަކެއް ނެތީމަ އެއްޗެކޭކިޔަނީތޯއެވެ. ؟ ޜައްޔިތުންނަށް އަޅާދެއްވިފުލެޓްތަކަށްވެސް ބިޑްކުރިފަރާއްތަކުގެ ތެރެއިން އެންމެ ބޮޑުއަގު ހުށަހެޅިފަރާތަށް ދީގެން އެޅިފުލެޓް ތަށްވެސް މީހުނަށް ލިބުނު އިރު ތަނުގެ ދޮރެއް ދޮރުފަތެއް ތަޅުމުގަ މުށިޖެހުން ފަދައެއްވެސް ކަމެއްނުކުރާގޮތަށް ނިންމެވީމަ އެއީވެސް ތަރައްޤީތޯއެވެ.؟ތިޔަ ޅަސިކުނޑިއަށް މިކަންކަން ހަމަ ނައީތޯއެވެ.؟

  5. Anonymous

    "އަހަނަންނަށް ވުރެ ވަކިން މޮޅުމީހަކީ ނެތް މީހެކޭ ބުނަމުން
    ޖަހަންނަމައިން ތަނެއް ހޯދަން އުޅޭކަންކަން ވެސް އެއީ މޮޔަކަން."

  6. Anonymous

    މިހައިތަނަށް ޤަބޫލުކުރެވޭ ގޮތުގައި ވަގުތު ނޫހަކީ ވަކި ކުލަޔަކަށް ހުސްވެ، އެ އަސަރަށް ތަބާވެގެން ހިންގާ ނޫސް މަޖައްލާއެއް.

    1
    2
  7. ޔުމޫ

    ހޮޅި ތިރީސް އަހަރުގެ ބައްޕާފުޅު މުޅިގައުމު ދަވާލީ

  8. ރަންނަ

    ތިމީހުން ރައްޔިތުންނޭ ކިޔަނީ ކައިރީގަ އުޅޭ މަދު ބަަޔަކަށް. ރައްޔިތުންނަށް ބޮޑެތި ޕްރޮޖެކްތް ހިންގުނުނަމަ ވެރިކަން ނިމުނުއިރު ގާނޫނުއަސާސީން ލިބިދީފައިވާ ބޭސިކް ނީޑް ރައްރަސުގަވެސް ހުންނާނީ ހަމަވެފަ. ތިވެރިކަމެއް ނިމުނުއިރުވެސް އާމު ރައްޔިތުން ބޮލަށް އަޅަނީ ގުއި ފެން