އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަކީ ދަރަނި ބޮޑުނުކޮށް ތަރައްގީ ގެނެސްދެއްވާނެ ބޭފުޅެއް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގައްސާން އެގޮތަށް ވިދާޅުވީ ގއ. ނިލަންދޫގައި މިއަދު ބޭއްވި ޕީއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގައްސާން ވިދާޅުވީ މި ސަރުކާރުން ވަނީ ރައްޔިތުންނަށް އިހުމާލުވެފައި ކަމަށާއި އެހެންކަމުން ރައްޔިތުންނަށް އިހުތިރާމް ނުކުރާ އަދި އިހުމާލުވެފައިވާ ބަޔަކު ވެރިކަމުގައި އިތުރަށް ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ, އެންމެން ވެސް އުއްމީދުކޮށްގެން ތިބީ ރައީސް އަބްދުﷲ ޔާމިން ވެރިކަމަށް އަލުން ވަޑައިގެން ރާއްޖެ މި އޮތް ގިލަންވެރިކަމުން ސަލާމަތް ކޮށްދެއްވާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް ކަންވީ އެގޮތަށް ނޫން ކަމަށާއި އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުވާލައްވާފައިވާ ކަމަށެވެ.

އިދިކޮޅު ރަނިންމޭޓް, ސެމްބެ ގއ. ނިލަންދޫގައި-- ވަގުތު އިމޭޖެސް: އިބްރާހިމް ރައްޔާން

އެކަމަކުވެސް ރައީސް ޔާމީންއަކީ ރައްޔިތުންނަށް އިހުތިރާމްކުރައްވާ ބޭފުޅެއް ކަމަށާއި އަދި އެމަނިކުފާނު ނެތް ނަމަ އެހެން ބޭފުޅަކު ބަދަލުގައި އޮންނާނެ ކަމަށް ކުރިން ވައުދެވެ ވަޑައިގަތް ކަމަށާއި އެ ވައުދު އެމަނިކުފާނު ފުއްދެވި ވެސް ކަމަށެވެ.

ރައީސް ޔާމިން ދެއްކެވި ކެންޑިޑޭޓް ޑރ. މުއިއްޒުއަކީ ހިދުމަތްތެރި ވަރަށް ގާބިލު ބޭފުޅެއް ކަމަށް ގައްސާާން ވިދާޅުވި އެވެ.

"ޑރ މުއިއްޒަކީ މަސައްކަތުގެ ވައްޓަފާޅި ދެނެވަޑައިގަންނަވާ ބޭފުޅެއް. ޑރ. މުއިއްޒަކީ ރައީސް ޔާމީންގެ އަރިހުން ދަރިވަރު ވެގެން ،މަސައްކަތްތައް ރާއްވަވައި އެކަންކަމަށް ބޭރުން ފައިސާ ހޯއްދަވައިގެން ރައްޔިތުންނަށް ދަރަނި ބޮޑުނުކޮށް ރައްޔިތުންގެ ޖީބަށް ލުއިވާނެ ފަދައިން ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވާނެ ލީޑަރެއްކަން އަޅުގަނޑަށް ޔަގީން" ގައްސާން ވިދާޅުވިއެވެ.

ގައްސާާން އިތުރަށް ވިދާޅުވީ ޑރ. މުއިއްޒުގެ އަރިހުގައި ނުކުންނަވާ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އަކީ ވެސް ހުވަދު އަތޮޅަށް ނިސްބަތްވާ ކިޔަވައިގެން ހުންނެވި ޒުވާނެއް ކަމަށެވެ.

ހަމަ އެހެންމެ ސެމްބެއަަކީ ވެސް މަޖިލީހުގައި ވަރަށް ބޮޑަށް ތަޖުރިބާ ހުންނެވި އަދި ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ގާތް އަދި ފުރިހަމަ އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންއ އެދިވަޑައިގަންނަވަނީ އަންނަ މަހު ބާއްވާ އިންތިހާބުގައި ޑރ. މުއިއްޒު އާއި ސެމްބެއަށް ވޯޓު ދެއްވުމަށް ކަމަށް ވެސް ގައްސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައްބަރޭ

    ކިހިނެއް އެނގެނީ. ތީ އެކޮނޮމިސްޓަށްވެސް ހާސިލްނުވި ލަނޑުދަނޑިއެއް.

  2. ޢަހޫތަ

    ކަދުރުއްތަށް ފެނިފަތިކަންއެގޭ އަހަރެމެނަށް

  3. އިބޫ

    .ކިހިނެއް؟؟ މުއިޒު އަމިއްލަ ޖީބުން ތަރައްގީ ގެންނާނީ އަމިއްލަ މިލްކިއްޔާތައް

  4. ހާލު

    ޔާން ދެއްކި ކެނިޑޭޓޯ؟ ސޯސޮރީ ޔާން ދެއްކި ކެނޑިޑޭޓެއް ނޫން މުއިއްޒަކީ، އެއީ ޕީއެން ސީ ބޭހުޅެއް. ޔާން ބޭނުންވީ އިންތިޖާބް ބޮއިކަޓްކުރަން.

  5. ދިލަދޫން

    ގައްސާން ވެންޓިލޭޓަރު ގަންނަން ހަވާލުވި ބޭރު ކުންފުންޏައް ދިންގޮތައް ދޮއްތޮ އެކަން ކުރާނީ. ބޭފުޅާއަށް އިގޭނެ އެކަހަލަ ކަންތައްތައް.

  6. ޒުރާރު

    ތީކިނެތް ވާނެ ކަމެއް ބައްޕާފުޅު 30 އަހަރު ވެރިކަން ކުރި އިރު ބުނާ އަޑު އިވޭ ގަށްސާނު ބޭރުގަ ކިޔަވައި ވިދާޅުވާން ހުންނެވި އިރު ބޮއެގެން ކާރު ދުއްވަމުން ގޮސް ބަޔަކު މަރާގެން މައުމޫނު ދަރި ސަލާމަތް ކުރަން ވެގެން ރާއްޖޭގެ ބޭތުލްމާލު އެއްކޮށް ބޭރަށް ފޮނުވި ވާހަކައެއް