މި ސަރުކާރުން ވައުދު ފުއްދާ މިންވަރު ތިލަމާލެ ބްރިޖް މަޝްރޫއިން އެނގޭ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ އެންމެ ބޮޑު މަޝްރޫއެވެ.

ޕީއެންސީން ރޭ ގދ. ފަރެސްމާތޮޑާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރިޔާސީ އިންތިހާބެއް ބޯމަތިވެފައި އޮތް މި ދަނޑިވަޅު ގައުމާ ދޭތެރޭ ވަރަށް ބޮޑަށް ފިކުރު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވެސް އަދި ގައުމީ ނަޒަަރަކުން ވެސް ވިސްނާލައިފިނަމަ މި ސަރުކާރު ބަދަލުކުރަން ޖެހޭކަން ޣައްސާން ފާހަގަ ކުރެއްވިއެވެ.

ގދ. ފަރެސްމާތޮޑާގައި އިދިކޮޅުން ރޭ ކުރިއަށްގެންދިޔަ ޖާލްސާ - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން މުހައްމަދު

ޣައްސާން ވިދާޅުވީ ރައްޔިތުން ވޯޓު ދީ ބަޔަކު އިންތިހާބު ކުރަނީ ވައުދުވާ ކަންތައްތައްތަކެއް ކޮށްދޭނެ ކަމަށް ބުނުމުން އެކަން ގަބޫލުކޮށްގެން ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން އޮންނަ ކޮންޓްރެކެޓްކަން ވެސް ޣައްސާން ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ހާލަތު އެންމެނަށް ވެސް އެނގޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

"އެއް ދުވަހުން ދެ ދުވަހުން 100 ދުވަހުން ނޫނީ މުޅި ދައުުރުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި ވެ ވަޑައިގެންނެވި ވައުދުތަކުގެ ހާލަތު އަޅުގަނޑުމެން އެންމެނަށް އެނގޭ. ޖުމްލަ ގޮތަކަށް ބަލާލާނަމަ މި ސަރުކާރުގެ ސިޔާސީ ވިސްނުމާއި ވައްޓަފާޅި މާލެ އާއި ވިލިނގިއްޔާ ދޭތެރޭގައި އަޅާ ބުރިޖުން ފުދޭ. ބުރިޖެއް އަޅާނަމޭ ވިދާޅުވި. ފުރަތަމަ ދެ އަހަރުގެ ތެރޭގައި ވެސް ވިދާޅުވި. ދެން އަންނަ އަހަރު ފައްޓާ ވާހަކަ ވެސް ވިދާޅުވި. އެންމެ ފަހުން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ދުއްވާ އެއްޗިއްސަށް މާލެއިން ވިލިނިގިއްޔަށް ދެވޭނެ ވާހަކަ ވެސް ވިދާޅުވި.". ޣައްސާން ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރުގެ ވައުދުތައް ފެންނަން ހުރި ހިސާބު ލޮލަށް ފެންނަ ކޮންމެ މީހަކަށް ވަޒަން ކުރެވޭނެ ކަން ޣައްސާން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެ ސަބަބާއެކު ސިޔާސީ ގޮތުން ސަރުކާރު ބަދަލު ކުރަން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައްޔިތުންނަކީ އެއްވެސް ބައެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށާއި އަދި ރައްޔިތުންނަށް ވާ ވައުދަކީ ވެސް ފުއްދަން ޖެހޭ ވައުދެއް ކަމަށް މި ސަރުކާރުން ނުދެކޭ ކަމަށެވެ. އަދި އޭގެން އެނގެނީ ރައްޔިތުންގެ އެއްވެސް އަގެއް ވެސް ނެތް ކަން ކަމަށްވެސް ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ އިގްތިސޯދީ ގޮތުން ބެލިޔަސް ރާއްޖެ މިހާރު އޮތީ ވަރަށް ނާޒުކު ބިރުވެރި ހިސާބެއްގައި ކަމަށެވެ.

ބްރިޖާއި ގުޅުވާފައި ޣައްސާން މިހެން ފާހަގަކުރެއްވިއިރު، އެ މަޝްރޫއުގެ މަސައްްކަތް ލަސް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވަމުންދާކަން ފަހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވިސްނާ

    އެންމެ ފަހުން އިންޑިއާޢިން ގެނެސްފައިވާ ސިމެންތި ގަށާ ގްރޫޕްގެ ސަބަބުން ބުރިޖްގެ މަސައްކަތް ވަނީ އެތައްގުނައެއް އަވަސްވެފައެވެ.

    8
    2
  2. އަލީ ހަލިދު

    ބަތްކާތައްޓާ ދޮލަނގު ބޭނުންކޮށްގެން ބުރުޖުގެ ޝީޓް އަޅާ ވީޑިއޯ އަހަރެމެންނަށް މިފެންނަނީ ހިނި ފަރުބަދަ ކަނޑާލެއްވެސް ތިޔަށްވުރެން މާ ފާސްޓް ވާނެ ތިޔަ ބުރުޖަކީ އިންޑިޔާގެ ކޯރުގަ އަޅާ ބުރުޖަކާ ވައްތަރީ ބޯމަތީގަ ދޮލަނގު ބަހައްޓައިގެ ކޮޅުކޮޅު މައްޗަށްދުވާތަަންފެންނަނީ

  3. ޖަސްޓިސް ވޮރިއަރ

    ގްޑް އެގްޒާމްޕަލް

  4. މަސްކް

    ޔާމީން އަހަރެމެންނަށް ދެއްކީ ތަރައްގީގެ ރޮކެޓް ސްޕީޑް، އިބްރާހިމް މުހައްމަދު ސްލޯލިހް އަހަރެމެންނަށް ދެއްކީ ތަރައްގީގެ ދޮލަނގު ސްޕީޑް ތަފާތަށް ބަލާފައި ދިވެހިން ގޮތްނިންމާނެ

  5. ވަނަވަރު

    ގައްސާން ބައްޕަގެ ދިގު މާޒީގަ ވައުދު ފުުއްދިބާ

    1
    2
  6. ވަނަވަރު

    ހޭރި ހޭރި ތިބެން ޖެހޭނި ބުރިޖް ވެސް ނިއްމާނަން 2 ވަނަ ދައުރުވެސް ނަގާނަން ވަރައް ސާފުކޮން މިބުނަނި

  7. ރަބަރޭ

    މީ އަނެއްކާ އަނެއް ގުބޯ މީނާ ހިތުން މީނާމީ މާސިޔާސީ މީހެއް