ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މި އަހަރު ތެރޭގައި ހުޅުވިދާނެހެން ހީނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނަރީފް ރިސޯޓު ބަންދު ކުރިއެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކެނަރީފް ރިސޯޓު ވަނީ އަލުން ހުޅުވައިފައެވެ.

ރާއްޖެ ޓީވީން ރޭ ގެނެސް ދިން ޕްރޮގްރާމެއްގައި މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭނެ ތާރީހުތައް ނުރަސްމީކޮށް ލިބިފައިވާ ކަމަށެވެ. އެކަމަކު ސީދާ ކަށަވަރު ނުވަނީސް އެގޮތަށް ލިބޭ ތާރީހުތައް ނުދެންނެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އަދި ޝަންގްރިއްލާ ހުޅުވޭނެ ތާރީހު ދޭން އެންމެ ރަނގަޅު ވާނީ އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކަމަށާއި މިހާރު ކުރަން ހުރި މަރާމާތުތައް ކޮން ނިންމާފައި ރިސޯޓު މިއަހަރުގެ ތެރޭގައި ހުޅުވިދާނެ ކަމަށް ނުފެންނަ ކަމަށް ވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

"މި އަހަރުތެރޭ ޝަންގްރިއްލާ ހުޅުވުމުގެ ފުރުސަތު ކުޑަ." މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އެ ރިސޯޓު ހުޅުވުމުގެ މަސައްކަތް ފަށާ ހިސާބުން ފެށިގެން އެކަމުގެ ހެޔޮ އަސަރު އައްޑޫގެ އިގްތިސާދަށް ކުރާނެ ކަމަށާއި މިހާރު ވެސް އެ ރިސޯޓު ހުޅުވަން މަސައްކަތް ކުރާތީ ކޮންމެވެސް ވަރަކަށް އެކަމުގެ ފައިދާ އައްޑޫގެ އިގްތިސާދަށް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޝަންގްރިއްލާ ބަންދު ކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. އޭގެ ފަހުން ޝަންގްރިއްލާ އާއި މަޝްވަރާ ކުރުމަށްފަހު ސަރުކާރުން މީގެ ކުރިން ވަނީ ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ބުނެ އެތައް ތާރީޚްތަކެއް ވެސް ދީފައެވެ.

ޝަންގްރިއްލާ އާއެކު ރިސޯޓް ހިންގަން ދިވެހި ސަރުކާރުން އުފައްދާފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާ އެއްކޮށް ޝަންގްރިއްލާ އިން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރިސޯޓަށް ގެއްލުންވާ ހާލަތުގައި ގެއްލުމަށް ފައިސާ ހޯދުމަށް ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ކޮބާ ދެން އައްޑޫ މީހުން އަތް ޖަހާ. 2023 ގަ ޑޮލަރާ، ޕައުންޑް އަދި ޕޮރޮޖެކްޓް ތަކުން އައްޑޫމީހުން ހިތްތައް ފުރާލާނެ. އައްޑޫ މީހުން ތިބޭނެ ޅޮސް އުންދޯލި ހެއްލާލަ ހެއްލާލާ. އަޅެފަހެ އައްޑޫމީހުން ހޭއަރާކަށް ނުވޭތަ؟

  2. މަ

    މިއަހަރު ނޫނިއްޔާ ދެން އޮންނާނީ 2023. ނޫނޭ މަކަރާއި ހީލަތް އެބަ ހުރި! ވޯޓަށް ކަޑަ ޖަހަން ތައްޔާރުވަނީ!!!

  3. އަހްމަދު

    ކުރިން ބުނީ ދާދި އަވަހަށް ހުޅުވިދާނެއޭ! މިއަހަރު ވެސް ނުހުޅުވޭނެކަމަށް ތިޔަވިދާޅުވީ! ހިތަށް އަރާ ކީއްވެހޭ ނުބުނީ 2023 ގައި ތިމަންނަމެއްގެ ސަރުކާރު ހޮވާދޭށޭ! އޭރުން 2028 ހިސާބަށް ބަލާ ދޭނަމާ ނުނީ އެއަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެއިޔާ ޔަޤީންނުންވެސް އެތަން ހުޅުވޭނެޔޭ!!!!!!!! މިއީ އައްޑޫގައި ކަންކުރާ އުސޫލު!

    11
  4. ހަވާސާ ހާދިސާ

    ތިޔަތަން އިންޑިޔާގެ ބީޖޭޕީއާއި ހަވާލުކުރެ އޭރުން ހުޅުވެދާނެ އެތަން ހުޅުވާފައި އިންޑިޔާގެ ރޭޕިސްޓުން ހަނީމޫނަށް އަންނަތަނަކަށް އެތަން ބަދލުވީމާ އޯކޭވާނެ!

  5. އަލީމޫސަ

    މީ ކިއްކުރާ މީހެއް. ތިހެން ބުނެގެން އަޢްޑު ރައްޔިތުން އަދި ތިކަމެއް ގަބޫލްނުކުރާނެ. އައްޑޫ މީހުންނަށް ދޭން ބުނި " ޕައުންޑް " ތިވާގޮތުނުން ނުލިބޭނެތާ. 2023 ގައި ވީ ވައުދު ބޮލާޖަހާލީ ދޯ. ބުނަން އައްޑޫ މީހުން ހެޔޮވިސްނޭ ބަޔަކަށް ވާނީ ކޮންދުވަކުތޯ ހތިައްއަރާ.

  6. ހުސެން

    ހުޅުވޭނީ ވޯޓް އާދިމާކޮށް، އައްޑޫމީހުން އެދުވަހަކުވެސް އައްޖަހާނެ. މައުސޫމް ދެއްކިވާހަކަ އަށްވެސް އަތްޖަހަނީ !!!!!

  7. ރަން ރީނދޫ

    އެ މަނިކުފާނަކީ ވައުދު ރަނުން ރަނަށް ފުއްދާ ބޭފުޅެއް. އަންނަނީ ނުލަފާ ހިނި.