ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ޖޭޕީ މޯގަންއިން ދީފައިވާ އިންޒާރަކީ އިގްތިސާދީ ގޮތުން އޮއްޓަރެއް ހުރި ވާހަކައެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެންމެ ފުންނާބުއުސް އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަންއިން ބުނެފައިވާ ގޮތުގައި ރަޝީޔާ ޔޫކްރެއިން ހަންގުރާމަ ފަދަ ކަންކަމުގެ ސަބަބުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ އެއްގައުމަކީ ދިވެހިރާއްޖެ ކަމުގައެވެ.

އަދި 2023 ވަނަ އަހަތުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް މުޅިން ހުސްވެދާނެ ކަމުގެ އިންޒާރު ވެސް ޖޭޕީ މޯގަން އިން ވަނީ ދީފައެވެ. އެހެންނަމަވެސް އެވާހަކަތަކާއި ގުޅިގެން "ރާއްޖެ ޓީޥީ"ގެ ޕްރޮގްރާމެއްގައި މިނިސްޓަރ މައުސޫމް ވިދާޅުވީ އެއީ އިގްތިސާދީ ގޮތުން އޮއްޓަރެއް ހުރި ވާހަކައެއް ނޫން ކަމުގައެވެ.

ރާއްޖޭގެ މިހާރު އޮތް އިގްތިސާދީ ހާލަތުން އަރައިގަތުމުގެ ވިސްނުމާއި ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމާއި، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ޖޭޕީ މޯގަންއިން ހާމަކުރި ތަފާސަކީ އެ އިދާރާގެ ރިސެޕްޝަނިސްޓަކު ބުނި ވާހަކައެއް ކަމަށް ވިދާޅުވެ މައުސޫމް ވިދާޅުވީ އެފަދަ ވާހަކައެއް ނޫސްތަކުގެ ފަލަ ސުރުހީއަށް ލައިގެން ދެއްކުމަކީ ސިޔާސީ ކަމެއް ކަމަށެވެ.

މިނިސްޓަރ މައުސޫމްގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރުވެސް ދާދިފަހުން މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިތަފާސް ހިސާބަކީ ޖޭޕީ މޯގަންއިން ރަސްމީކޮށް ނެރުނު ތަފާސްހިސާބެއް ނޫންކަމަށާއި، މިއީ އެ އިދާރާގެ ރިސާޗަރަކު ނެރުނު އެއްޗެއް ކަމަށެވެ.

އަދި އެއީ އެ ފަރާތުގެ ރަސްމީ ބަހެއް ނޫން ކަމަށާއި ރާއްޖެ ބަގުރޫޓުނުވާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ޖޭޕީ މޯގައިން ދިން އިންޒާރަށް ސަރުކާރުން މާބޮޑު ސަމާލުކަމެއް ދީފައިނުވާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި އިތުރު ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދިއުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުސެން

    މިކަލޭގަ މިދައްކަނީ ކޮންކަހަލަ ވާހަކަ. ހަނދާން އެބަހުރިތަ އަައްޑޫރައިޔަތުން ކުރިމަތީގަ ހުރެ ދެއްކި އޮއްޓަރު ހުރިވާހަކަ! އައްޑޫ ރައިޔަތުން ޖީބަށް ދެންވަންނާނީ ޕައުންޑޭ ، މިދިޔަހަފުތާގް ބުނީ ޝަންގިރިއްލާ އެއްވެސް މިއަހަރަކު ނުހުޅުވޭނެ ކަމަށް. ކޮބާ އޮއްޓަރުހުރުވާހަކައަކީ !!!

    21
  2. ސަނހަރޯ

    މި ފޮނިވާހަަކައަށް އެެއްމެން ވިސްނައި ބަލައިގެންތިބޭ/ ދުނިޔޭގެ ފައިނޭންޝަލް އިދާރާތަކަށްވުރެ މިމީހުން މޮޅު/.

    21
  3. އަލީ

    މީނަމީ ބުރާންތިވެފަހުންނަ ރޯނުއެދުރެއް.

  4. މާސްކު

    ރަތްއިތުންގެ އޮއްޓަރު ކޮޅު އޮތީ ގާސިމުގެ އުގުގަ

  5. Anonymous

    ޖޭޕީ މޯގަންއިން ދައްކަނީ އޮއްޓަރު ހުރި ވާހަކައެއްކަން ޑރ މައުސޫމްއަށް އެނގޭއިރު 200000 އެއްހަ މީހުން ބަނޑަށް މަރުވެދާނެ

  6. އހ

    ހަމަ ހިނި އަންނަނީ

  7. އަހަރެން

    ހަމަ ހިނި އަންނަނީ

  8. ދަރަނި ދަންތުރަ

    ލަންކާޔަށް ވީހެންވީމަ މައުސޫމް ބުނާނީ ކީކޭބާ ؟ ރޯނު އެދުރު

  9. އަބްދޫ

    ރުފިޔާ ޗާޕްކުރުމަކީ ގައުމަށް ހުރި މަންފައެއްތަ ؟ ބުނެދީބަލަ. ރުފިޔާ ޗާޕްކޮށް އެތައް ބިލިއަނެއްގެ ދަރަނިނަގާ ގާތްމީހުނާ ރައްތެހިންނާ ޕާޓީ މީހުނާ އާއިލާގެ މީހުން ގެ ޖީބު ފުރުން ހުއްދައީ ކޮންގާނޫނަކުންތޯ ބުނެދީބަލަ. އެމީހުންއެބުނަނީ ދިވެި ދަވްލަތުން ފައިސާއަށް ހިޔާނާތް ވާކަމަށް ކުރެވޭ ތުހުމަތުގެ ސަބަބުން ދިވެހި ދަވްލަތް ބަގުރޫޓް ވެދާނެކަމަށް މިހާރުވެސް ދިވެހި ދަވްލަތް ވަނީ ބަގުރޫޓްވެފާ. އެމްއެމްއޭ ިން ދަރަނި ނެގިހިސާބުން ގައުމު ބަގުރޫޓް ވެއްޖެ.

  10. ހަނާ

    މިކަލޭގެ ވަޒީފާއަށް ބިރުން ހުރެ ދަށްކާވާހަކައަކުން ގައުމުއިތުރަށް ބަނޑަށް ޖެހިފައިވާކަން ހާމަވޭ މިކަލޭގެ މިއުޅެނީ ބިރަކުން ސަލާމަތް ނުވެވިގެންބާ ދޮގާއިމަކަރުވެރިކަން ދޫކޮށްފަ މައުސޫމުވެބަލަ.

  11. އަލީ ހާށިމް

    ސަރުކާރުގެ މަތީ މަގާމުގަ ހުރި މީހަކއް ވިޔަސް މިކަހަލަ ހަމަނުޖެހޭ ވާހަކަ ދައްކާމީހުން ގެ ހަބަރު ނުލިއުން އެދެން މީނަ މީ މާ މޮޅު މީހެއް