މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ސަރަހައްދުން ހަރުފައެއް ފެނިއްޖެއެވެ.
"ވަގުތު" ލިބުނު ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ހަރުފަ ވަރަށް ދިގެވެ. އަދި ހަރުފަ ހިފަން ބަޔަކު މަސައްކަތް ކުރާ ތަން ފެނެ އެވެ.
އެމްޕީއެލްގެ މީޑިއަ އޮފިޝަލަކު "ވަގުތު" މައުލޫމަތު ދެމުން ވިދާޅުވީ. ހަރުފަ ފެނުނީ ލަކުޑި ކޮންޓޭނަރަކުން ކަމަށެވެ.
އަދި އެ ހަރުފަ އެމްއެންޑީއެފްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފެނުނީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް ނޭނގެ އެވެ. އަދި އެއީ ވިހަ ހަރުފައެއް ކަމެއް ވެސް ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ނުލިބުނެވެ.
މީގެ ކުރިން ވެސް ރާއްޖެ އަންނަ ކޮންޓެއިނަރުތަކުން ހަރުފަ ފެނިފައި ވެއެވެ.
ހަރުފަ އަކީ ރާއްޖެ އެތެރެކުރުން މަނާ ޖަނަވާރެކެވެ. ނަމަވެސް ވަގަށް ހަރުފަ އެތެރެކޮށްގެން ގެންގުޅެއެވެ. އަދި ފުލުހުން މީގެ ކުރިން އެފަދަ ހަރުފަ އަތުލައިގަނެފައި ވެއެވެ.
އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ނުލިބުނެވެ. ދެން ހަވާލު ކުރުމުގެ ބޭނުމެއް ނެތެވެ.
ތިގޮތަށް ފެންނަ ހަ ރުފަ ކިނބޫ ފަދަ ޖަނަވާ ރުތަކަށް ހަދާގޮތެއް އެގޭމީހެއް އެބަހު ރިތައް..ދިވެހި ފަސްގަޑަކީ ވަ ރަށް އަމާން ގައުމެއް މިގައުމު ޒުލަކަށް ނުހެދުމަށް މނޑފ އަށް ދަންނަވަން..މިގޮތަށް ފެންނަ ޖަނަވާ ރުތައް ބޭ ރުގެ ގައުމުތަކުގެ ޒޫތަކަށް ފޮނުވާލާ..
ޢަވަހަށް ތިޔަހަރުފަ މަޖިލީހައް ގެންގޮސް ސުވާލު ކުރޭ...
ކަލޯ ޕައިތަން އަކާ ވައްތަރީ.
ބޯލް ޕައިތަން އެއް. މާލޭގަ މީހުން ގެންގުޅޭ ތީތި. ވިހައެއްޗެއް ނޫން.
ބުރޯ...ފޮޓޯގެ ތިރީގަ ލިޔެފައޮތް އެެއްޗެއް ކިޔާލިންތަ!😁
މަހީހީ.....