މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި ހިންގި ގުރޫޕް މާރާމާރީއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި ގޮތާއި އެރޭ ކަން ހިނގައި ދިޔަ ގޮތް ޝަރީއަތުގައި ދައުލަތުން ތަފްސީލުކޮށް ކިޔައިދީފިއެވެ.

އެ ހާދިސާ ހިނގިތާ ކައިރީގައި އެ ރަށު ބައެއް މީހުން މީޑިއާތަކަށް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވަނީ "ކިންގުން" ކަމަށް ގޮވާ އަޑު އެރޭ ރަށުތެރެއިން އިވުނު ކަމަށެވެ. އެއީ އުދައްޔު އަނިޔާވެރި ގޮތަކަށް މަރާލާފައި އެމީހުން ދިޔަ އަޑެވެ. އެ މާރާމާރީގައި އުދައްޔުގެ ބޭބެއަށް ވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ވެފައެވެ. އެކަމަކު އޭނާގެ ފުރާނަ ވަނީ ސަލާމަތްވެފައެވެ.

އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިން، ތިން މީހުންނެވެ. އަދި 18 އަހަރު ނުވާ ކުޑަކުއްޖަކަށް ވެސް މި މައްސަލައިގާ ދައުލަތުން ވަނީ ދައުވާކޮށްފައެވެ. އެއީ ދައުވާ ލިބޭ މާޒިންގެ ކޮއްކޮއެވެ. ކުޑަކުއްޖެއް ކަމުން އޭނާގެ މައްސަލަ ކުރިޔަށް ދަނީ ޖުވެނައިލް ކޯޓުގައެވެ. އޭނާ ހުރީވެސް ގޭ ބަންދަށް ބަދަލުކޮށްފައެވެ.

"އުދައްޔު ނިޔާވެ އަދި ފިރުޝާން އަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދިޔަ ގަޑީ، މާރާމާރީއަށް ފަހު އެ ސަރަހައްދުގައި ޝަމީމް އާއި މާޒިން އާއި ޝަރަފް މަޑުކޮށްގެން ތިބެ އެމީހުން އުފާ ފާޅުކުރަމުން ދިޔަ،" އިއްޔެ އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ މަރާލުމުގެ ކުރިން ވެސް އެ ގުރޫޕުން އުދައްޔުއާއި ޖައްސާލައިގެން އުޅުނު ކަމަށާއި އަދި ރަށުގެ އެކި ތަންތަނުން އުދައްޔުއާއި ދިމާކުރިތަން ދުށް ހެކިވެރިން އެބަތިބި ކަމުގައެވެ. އެރޭ 10 ޖަހާކަންހާއިރު ހިނގި ހަމަނުޖެހުމުގައި އުދައްޔު ގަޔަށް ވަޅި ހަރާފައިވަނީ ދެ ގުރޫޕުގެ ދެމެދުގައި ހިނގި ހަމަނުޖެހުން ހައްލުނުވުމުގެ ސަބަބުން ކަމަށް އެރަށު މީހުން ބުނެއެވެ.

ގއ.މާމެންދޫ، ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު (17 އ.)

އެގޮތުން އެރޭ އެންމެ ފުރަތަމަ ދައުވާ ލިބޭ ޝަމީމް އަދި ކުޑަކުއްޖާ އެރަށު އުތުރުފަރާތު ހަޓު ކައިރީގައި އުދައްޔު ހުއްޓައި ގޮސް ހަޑިހުތުރު އެއްޗެތި ކިޔައި ހަމަނުޖެހުން ހިންގި ކަމަށެވެ. އަދި އެރަށު ގެސްޓްހައުސްއެއް ކައިރިން އުދައްޔު ދަނިކޮށް ދައުވާ ލިބޭ ޝަމީމް، މާޒިން އަދި ކުޑަކުއްޖާ އޭނާއާއި ދިމާކޮށްލައި ހަމަނުޖެހުން ހިންގި ތަން ލޮލަށް ފެނުނު ހެކިން އެބަތިބި ކަމަށް އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވެއެވެ.

އެންމެ ފަހުން ހާދިސާ ހިނގި ތަނަށް ގޮސް ހަމަނުޖެހުން ހިންގީއެވެ. އުދައްޔުގެ ބުރަކަށްޓަށް ހަމަލާދިނީ ދައުވާ ލިބޭ ކުޑަކުއްޖާއެވެ. ދައުލަތުން އިއްޔެ ފާހަގަކުރި ގޮތުގައި އެ މާރާމާރީގެ ތެރޭގައި ލަޓިބުރިއާއި، ގަލާއި، ކީހާއި، އަދި ތޫނު ހަތިޔާރު ވެސް ބޭނުންކޮށްފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ހެކިބަސް ދީފައެވެ.

މާރާމާރީގެ ތެރޭގައި އުދައްޔުގެ ބޭބެ ފިރުޝާން އަށް ހަމަލާތައް އަމާޒުވެފައިވަނީ އޭނާ އުދައްޔު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުންނެވެ. މި ހާދިސާގައި ފިރުޝާން މަރުނުވި ނަމަވެސް ހަމަލާދީފައިވަނީ ބުރަކައްޓަށް ކަމަށާއި އެއީ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ދިފާއުން ބުނަނީ ދައުވާތައް ސާބިތު ނުކުރެވޭނެ ކަމަށް

އިބްތިދާއީ ބަޔާން އިއްވުމުން ދައުވާ ލިބޭ ތިން މީހުން ވެސް ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށް، އެމީހުންގެ މައްޗަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް ޝަރީއަތުގައި ބުނެފައެވެ.

އެގޮތުން ދައުވާ ލިބޭ މާޒިން ވަނީ ހަމަ އެ މައްސަލައިގާ އޭނާގެ ކޮއްކޮއަށް ދައުވާ ލިބޭކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާ އެތަނަށް ދިޔައީ އެމީޙުން ދުރުކުރަން ކަމަށް އޭނާ ބުންޏެވެ. އަދި ކޮއްކޮއަކު އެފަދަ ކަމެއް ކުރާއިރު އެއްވެސް ބޭބެއަކަށް ނުހުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ހާދިސާ ހިނގީ އޭނާ އުޅޭ ގޭ ދޮށުން ކަމަށާއި އެހެންވީމާ އޭނާ އެތަނުން "ރެކެވޭނެ" ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އުދައްޔުގެ މަރުގެ މައްސަލައިގާ ދައުލަތުން ދައުވާކޮށްފައިވާ ތިން މީހުން

ދެން ދައުވާކޮށްފައިވާ ޝަމީމްގެ ފަރާތުން ވެސް ކޯޓުގައި ބުނެފައިވަނީ ހާދިސާ ހިނގީ އޭނާގެ ކައިރީގައި ކަމުން އެތަނުން ރެކެވެން ނޯންނާނެ ކަމަށެވެ. އެކަމަކު އޭނާ އެތަނުގައި ހުރި ނަމަވެސް އޭނާ ދިނީ ކޮން ހަމަލާއެއް ކަމެއް ނުވަތަ ކުރީ ސީދާ ކޮން ކަމެއް ކަމެއް ހެކިވެރިންނަށް ވެސް ބަޔާން ކުރެވިފައިނުވާނެ ކަމަށެވެ. ހަމައެހެންމެ ރަށުތެރޭ ދެން ހިނގި މާރާމާރީތަކާއި މި މައްސަލައާއި ނުގުޅުވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން މި މައްސަލައިގައި ދެން ދައުލަތުން ދައުވާކޮށްފައިވާ ޝަރަފުގެ ދިފާއި ވަކީލު ވަނީ މިއީ އޭނާގެ މައްޗަށް ކުރެވިގެން ވާނެ ދައުވާއެއް ނޫން ކަމަށާއި ޝަރަފު އަކީ މައުސޫމް މީހެއްކަން މައްސަލައިގާ ހިމެނޭ ހުރިހާ ލިޔެކިޔުމަކުން ސާބިތުވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ޝަރީއަތުން މީގެ ކުރިން ތާވަލްކޮށްފައިވަނީ މިމަހުގެ ކޮންމެ ދުވަހަކު ހެކިބަސް ނެގުމަށް ޝަރީއަތެއް ބޭއްވުމަށެވެ. އެކަމަކު ދީފައިވާ މުއްދަތުގައި ދައުލަތުން ހެކިންގެ ލިސްޓު ޝަރީއަތާއި ހިއްސާކޮށްފައި ނުވުމުގެ ސަބަބުން ހެކިބަސް ނެގުން ވަނީ ފަސްކޮށްފައެވެ.

މި މައްސަލައިގައިި ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަޖާއިބު

    މި ގާނޫނީ ވަކީލުންނަށް ގިޔާމަތްދުވަހުން ހުރި ގެއްލުމާއި ހަލާކެއްގެ ބޮޑުކަމާއެވެ.

    53
    1
  2. އަރީ

    ތިޔަމީހުން ގެ މައްޗށް ޝަރީއަތްކޮއް ނިމްމަންޖެހޭ ދުވަހުން ދުވަހަށް.

    33
    2
  3. ގަލަން ތުނޑު

    މީ 3 ހުދުކަފަކޮޅު..އެހަމަލާ ދިނުމަށް ބިމުއަޑިން ނުވަތަ މަތިން އެހެން ދިމާލަކުން ބަޔަކު އައީތަ އެމީހުން އެއީ އެމަރުވިކުއްޖާ ސަލާމަތްކުރަން އުޅުނު މީހުންނަށްމިވީ...ކިހާފައްކާ..

    40
  4. އަސްލޭ

    މިއަދު ހެކިނެތިގެން ފޮރުވިދާނެ!

    34
  5. ގަންބޫ

    ކިތަންމެ ގިނަ ހެއްކެއް ހުއްޓަސް ސާބިތެއް ނުވާނެ. މާތް ﷲ ތިފަދަ މާރާމާރީ ހިންގާ ރާވާ ފަރާތްތަށް ބަލިކުރަށްވާ ދުނީޔެމަތީގަޔާ އާޙިރަތުގަ ތިފަދަ މީހުން ނިކަމެތި ކުރަށް ވާށި. އާމީން

    54
  6. ޢަޒްރާ

    ތީ ގޮތްނޭނގޭ މަރެއްތާ ޒަހަމެއްވެސް ނެތީތަ އެކުއްޖާ ގައިގަ އެވަރަށް ޒަހަމް ކޮއްފަ އޮތްއިރުވެސް ދުވަހެއް އަންނާނެ އަދި ޖަވާބްދާރީ ވާންޖެހޭނެ

    34
  7. ކިންގު

    ހައްހައްހައް! ކިންގުން؟ ބޮރޯ ހަމަތަ؟

    25
  8. ޑައެލޯގް

    ވަކީލުންނޭވެ. ތިޔަބައިމީހުން ޤިޔާމަތްދުވަސް އަންނާނެކަންބަލައި ޤާނޫނުގެ ލޫޕްހޯލްއިން ޤާތިލުން ސަލާމަތްކުރަންނޫޅޭށެވެ. ފަހަރެއްގައިވެސް މިބުނީ އެތިބި 3 މީހުންނަކީ ޤާތިލުންނެކޭނޫނެވެ. އެހެންނަމަވެސް ބައެއްވަކީލުން މެރިކަން އެގޭއިރުވެސް ފައިސާގެ ބޭނުމުގައި ވަކާލާތުކޮށް ޤާތިލުން މިނިވަންކުރަން މަސައްކަތްކުރާތީއެވެ.

    32
    • ޅޮލް

      ޙާލަަތް މަލިދީވް، އިންޑިޔާ.

      ޢިންޑިއާ އިން!

      5
      8
  9. ގއ.މާމެންދޫ

    އުދައްޔު މަރުވެއްޖެ.. މަރުވީ މާރާމަރީގައި ލިބުނު އަނިޔާއިން.. ޙަޤީޤަތަކީ ފުލުހުން އެތާގައި ތިބެމެ އެތަނަށް ކައިރިނުވެ މާރާމާރީއަށް ފުރުސަތު ދިނީ.. ފުރަތަމަ މާރާމާރީގެ ފަހުން ފުލުހުންނަށް ފުރުސަތު އޮތް އެކަން ހުއްޓުވެން.. ގއ.މާމެންދޫ ޕޮލިސް ސްޓޭޝަންގައި އެރޭ ޑިއުޓީ ތިބި ފުލުހުންގެ އިހުމާލު ބޮޑުކޮށް އެބައޮތް.. ރަނގަޅު ތަޙުޤީޤަކަށް ވާނީ އެ ފުލުހުންގެ މައްސަލަ ބަލައިގެން.. ހަވީރު ފިންޏަށް ބުރު ޖަހަން ނިކުމެގެން ރައްޔިތުންނާ ގާތުން ޚިދުމަތް ނުދެވޭނެކަން އެނގެން ވާނެ..

    21
    5
  10. ޒިހާނިއޯ

    ރައްޔިތުން ނުކުމެ ހުކުމް ތަންފީޒު ނުކުރަނީސް މިކަން ނުހުއްޓޭނެ. ތިހުރިހާ ގޭންގެއް ސައިޒުވާނެ އެދުވަހަކުން!

    12
  11. ގަނޑިޔާ!!!

    މިއަދު ކޮންމެ އެއްޗެއް ކިޔައިގެން ރެކެވިދާނެ... މާދަމާ ޤިޔާމުގެ މައިދާނުގައި ނިކަމެތިކަމާއެކު ތިބޭއިރު ކިންގޭ ސާބިތެއް ނުކުރެވޭނެޔޭ ގޮވޭނެތަ؟؟؟

  12. Anonymous

    މިމީހުން ބުނާގޮތުން ވިއްޔާ، ތި ގަލާ، ކީހާ، ހުރިހާ އެއްޗެއް އަމިއްލައައް އުދުހިފަ އައިއްސަދޯ 2 ފެރެހެނުންގެ ދުވަސް ދުއްވާލާ އެތަނުނުން އެކަކު މަރާލީ؟ އެއީ ހަމަ ވަޔާ ވީ ކާމެއްތަ؟ އަދުލުއިންސާފުގެ ނިޒާމް އެންމެ އަސާސީ ގޮތުންވެސް މިއޮންނަނީ ބޯހަމަ ނުޖެހޭ ވާހަކަ ކޯޓޫގަ ދެއްކޭގޮތައް