ދިރާސީ އާ އަހަރު ފެށޭ ގޮތަށް ބަދަލު ގެނައުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އައިޝަތު ވިދާޅުވީ، ސްކޫލްތަކުގެ ކިޔެވުން ފެށޭ ދިރާސީ އަހަރު މީލާދީ އަހަރާ އެއްގޮތަށް ކުރިން އޮތް އޮތުމަށް ބަދަލު ގެނައީ ވަރަށް ގިނަ ދިރާސާތަކެއް ކުރެެއްވުމަށް ފަހު ކަމަށެވެ. އަދި ކުރިން އޮތް ގޮތަށް ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަން މިނިސްޓަރު އައިޝަތު ފާހަގަކުރެއްވިއެވެ.

''އެކަޑެމިކް އިޔާ އަޅުގަނޑުމެން އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައި މިވަނީ ދިރާސާވެސް ކޮށްފަ. އަދި ކޮވިޑު އާވެސް ގުޅިިގެން އަޅުގަނޑުމެންނަށް އެހާލަތުގަ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ފެނިގެން،'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެެފަދަ ބަދަލުތައް އަވަސްއަވަހަށް ގެނައުމަކީ ދަރިވަރުންނަށް އެކަމުން ލިބޭ ގެއްލުން ވަރަށް ބޮޑުވާނެެ ކަމެއް ކަމަށެވެ.

ސްކޫލުގެ ދިރާސީ އަހަރު ފެށުން އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މި ބަދަލު ގެނެސްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެއް ސްކޫލްތަކުގެ ކިޔެވުން މެެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފެށި އިރުއެވެ.

މިހާރު ދިރާސީ އައު އަހަރު ފަށަނީ އޮގަސްޓު މަހުގެ ތެރޭގައެވެ. މީގެކުރިން ދިރާސީ އަހަރު ނިންމަނީ ޑިސެމްބަރު މަހުއެވެ. އަދި އަލުން ދިރާސީ އަހަރު ފަށަނީ ޖެނުއަރީ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބޫ

    23 ގެ ފަހުން ތިމީހުން ނަށް އެއްވެސް ބާރެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅެން
    ދިރާސީ އަހަރު ކުރިން އޮތްގޮތަށް ބަދަލު ކުރަން ތާއީދު ނުކުރާ އެއްވެސް ބަޔަކަށް ދާއީދު ކުރުމުގެ ވިސްނުމެއްވެސްނެތް

    15
    1
  2. އަޙްމަދު

    އަޅުގަނޑު މިހުރީ ބަލަން ކިތައްމީހުންނަށްތޯ މިސްކޫލް ބަންދުގައި ޗުއްޓީލިބެނީ!!!!

    14
  3. ހާލުފޮޅި

    މިއޮއް ހުރިހާ ދުވަހު އޮތް ގޮތް ( އަހަރު ނިމޭކޮޅު ދިރާސީ އަހަރުވެސް ނިމުން ) މާ ރަނގަޅު.. ވަކި ބަޔަކަށް ފައިދާވާގޮތަށް އަހަރު މެދުތެރެއިން ދިރާސީ އަހަރުނިންމުން ކަމަކު ނުދޭ... ވެރިކަމަށް އައިސް ކުޅެފަ ނުކުޅެން ވަކިއެއްޗެއް ނޯވޭ..

    17
  4. ވަހުތާން

    ޑިސެމްބަރ މަހު ސްކޫލްތައް ބަންދުކޮށް ޗުއްޓީ ދިނީމާ ރިސޯޓް މުއައްޒަފުންނަށް ދަރިންނާއެކު ޗުއްޓި ނުލިބޭތީއޭ ކިޔާގެން މިގޮތަށް ބަދަލުކުރީ. އެހެންވީމާ މިޗުއްޓީއާއެކު ރިސޯޓްތަކުގެ މީހުނަށް ދަރިންނާއެކު ޗުއްޓީ ހޭދަކުރަން ޗުއްޓީ ލިބޭނެ. މިހާރު ރިސޯޓްތަކުގައި އެއްވެސް ގެސްޓެއްނެތް، ރިސޯޓްތައްހުރީ ހުހަށް. ދިރާސާކުރީ ވަރަށްބޮޑަށްވިސްނާފާ.

    2
    1
    • އަބޫ

      ތަޢުލީމީ ދާއިރާ ބައްޓަން ކުރަން ޖެހޭނީ އެދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކިޔަވާ ދަރިވަރުން އަދި ބެލެނިވެރިން އެންމެ ބޭނުންވާ ގޮތަށް. ފަތުރުވެރިކަން އެއީ އަދި ވަކިން އެހެން ދާއިރާއެއް. އަހަރުގެ ޓާރމް ޗުއްޓީއާއި މިޑް ބްރޭކް ފަދަ ޗުއްޓީތައް ތިގޮތަށް ބަދަލު ކުރުން އޯކޭ. އެކަމަކު މުޅި ނިޒާމް ބަދަލުކުރުން ބަލައެއް ނުގަންނަން
      އިންޝާﷲ 2024 ވަނަ އަހަރުން ފެށިގެން މި ބޮލުގަ ރިހުންވެސް ފިލާނެ