އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ޕީއެސްއެމްގެ ކެމެރާމަނަކަށް ބިރުދެއްކި މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

އެ މައްސަލާގެ ތަހުގީގަށް ފުލުހުން މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ، މ. އައްސިދަ، މުހައްމަދު ސައީދު ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވައިފައެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 9:00 އަށެވެ.

އޭނާއަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕީއެސްއެމްގެ ކެމެރާމަނަކު މ. ކުނޫޒު ކައިރިން ދަނިކޮށް، ބަޔަކު އޭނާ ހިފަހައްޓައި އޭނާއަށް ބިރު ދައްކާފައިވާ ކަމަށެވެ.

އޭނާއަށް ފޮނުވި ޗިޓްގައި ބުނެފައިވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕީއެސްއެމްގެ ކެމެރާމަނަކު މ. ކުނޫޒު ކައިރިން ދަނިކޮށް، ބަޔަކު އޭނާ ހިފަހައްޓައި އޭނާއަށް ބިރު ދައްކާފައިވާ ކަމަށެވެ.

އެ ނޫސްވެރިޔާއަށް ބިރު ދައްކައި އިންޒާރު ދީފައިވަނީ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒު ކައިރިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދުއްލާ

    ޖޭޕީ އުވާލާ ތިޔަ ވާނީ ގާސިމްގެ ޕަޕެޓުނަށް

  2. ޒަޢީމު

    ޖުމްހޫރީޕަޓީގެނަމުގައި ތިބި އިސްމީހުންނަކީވެސް ޙަޤީޤަތުގައި ޤާސިމަށް ހެޔޮގޮތްތަކެއް ހޯދަދޭން އުޅ ބަޔެއްނޫނެވެ. ޤާސިމުގެފަރާތުން ލިބިދާނެ މާލީ ފައިދާއަކަށްޓަކައި އުޅޭ ބަޔެކެވެ. ސަމީރުމެންގެ ރިޔާޟުމެންގެ ވާހަކަތަކުން މިކަން ސާފްކޮށް ެގެއެވެ. ޤާސިމު އެހެން އަތަކަށް ޖެހިދާނޭކަމުގެ ބިރު އޮންނަތީ މިހާރު ކުރާކަމަކީ ޤާސިމަށް ކުރާ އިހްތިރާމްދެއްކުމަށް އޭނަލައްވާ އިންޓަވިޔުތައް ގެނެސްދިނުމެވެ.