ޔޫރަޕުގެ އިއްތިހާދު އޮތީ ދިވެހި ސަރުކާރާ އެކު ކަމަށާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދުސްތޫރީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އެހީތެރިވެދެއްވުމަށް އީޔޫގައި ދިވެހި ސަރުކާރުން އެދިއްޖެ އެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެކަން ފޮރިން މިނިސްޓްރީގެ ބަޔާނުން ސާފުވާ ކަމަށާއި އެ ބަޔާނުގައި، ދިވެހިސަރުކާރުން ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާއިއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވައި، ޔޫރަޕިއަން ޔޫނިއަނުން، ދައުލަތުގެ ހިންގުމުގެ ނިޒާމާއި، ދިމިގްރާތީ ނިޒާމް ވަރުގަދަކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމާ އެއްބާރުލެއްވުން ސަރުކާރުން ފާހަގަކުރައްވާ ކަމަށެވެ.

މިހާރު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާއިރު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށްވެސް މިހާރު ވަނީ ދަޢުވަތު ދެއްވާފައެވެ.

"މިދަނޑިވަޅުގައި ދިވެހިސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ޤާނޫނު ނަގަހައްޓައި، ޤައުމީ ސަލާމަތާއި ޤައުމުގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅުތަކެކެވެ. ޤައުމީ ސަލާމަތަށް ނުރައްކާވެފައިވާ ޙާލަތު ނެތިދިޔަހާ އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ފެއްޓެވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ، ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައި ކަމަށާއި ރާއްޖޭގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް އަންނަ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް މަގުފަހި ކުރުމަށްޓަކާއި ސަރުކާރުން ވަނީ ކަމާގުޅުން ހުރި ފަރާތްތަކަށް ވެސް މިކަމުގައި އެއްބާރުލުން ދެއްވުމަށް ގޮވާލާފައި ކަމަށްވެސް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަޖުމަލް

    ކޮންމެ މީހަކުވެސް އެބަކިޔޭ ސަރުކާރަށް ވަރަށް ޕުރަޝަރު ބޮޑޭ.އެކަމަކު އީޔޫ އިން ބުނީ ރާއްޖޭގެ އިދިކޮޅު ޕީޓީ ތަކުގެ ޕުރަޝަރު ތިމަންނަމެންނަށް މާބޮޑޭ.

  2. ނުރަބޯ

    އިދިކޮޅުބާޣީން ވެރިކަން ގަދަބާރުން ހޯދުމުގެ ބޭނުމުގައި ކެނޑިނޭޅި އީޔޫއާއި އެހެނިހެން މުޝްރިކު ބައިބައިގަނޑުގެ ނުފޫޒު ރާއްޖެއަށް ފޯރުވުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރަށް އިންޝާﷲ ނަޞްރު ލިބޭނެ.....!!!

    • ޔޫސުބު

      އިންޝާ ﷲ

  3. ނިއުމާ

    ދެން ކީކޭ ބުނާނީ އެއޮތީ ފަރަންޖީން ނެރުނު ރިޕޯޓު އާންމު ކޮޢްފަ، އީ،ޔޫ އިން ނޫޅޭ ވަކި ކޮޅަކަށް ތާއީދު ކުރަން. މިހާރު އެންމެން ވެސް ފަރަންޖީ ބަސް ދަނޭ

  4. އަންތަރީސް

    މުޝްރިކުންނަށް ބައިއަތު ހިފީދޯ! ތިޔައްކިޔާ އުޅެނީ ލާދީނީ

  5. ބުރުގާ

    އީޔޫ އޮތީ ސަރުކާރާ އެކު، ސަލާންޖަހަން ބޭނުން - ސަރުކާރު. ދެން ޕޮޕޮޕޮޕޯ

  6. ހުސައިން

    ރާއްޖޭގެ ކަންކަން ރާއްޖެ އަށް ހައްލު ކުރެވޭނެ ކަރަ ކަރަ ނުވައްދާ

  7. ދަވޭ

    އީޔޫގެ ވަރުގަދަ އިންޒާރެކޭ މިއީ ކުޑަ ކަމެއް ނޫން ކަމަށް ނޫސްވެރިންނަށް ހީވިނަމަވެސް މިހާރު އީޔޫ އެއް ނޯންނާނެއޭ އީޔޫގެ ޕާރލަމެންޓް މެމްބަރުން ދައްކާ ވާހަކަ ތަކަކީ އެއީ އީޔޫ ގާތު ހައްޕުނޭ އީޔޫ ޕާރލަމެންޓް އިން ނިންމާ ނިންމުން ތަަކަށް އަމަލު ނުކުރާނެއޭ ޔޫރަޕްގެ އެއްވެސް ގައުމަކުން ބިކޮޒް އީޔޫގެ އެއްވެސް ގައުމެއްގެ ސަރުކާރަކުން ބޭނުން ނުވާނެއޭ އެގައުމުގެ ވިޔަފާރި ވެރިން ފުނޑާލަން. މިސާލަކަށް ޖަރުމަނުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރު ކަމަށްވާ ޓީޔޫއައިގެ އަމިއްލަ އިންވެސްޓްމެންޓް ރާއްޖޭގައި ހުރި އިރު އެމެން ޖަރުމަނުގެ ސަރުކާރުން އަޅާ ޓްރެވެލް ބޭން އަކަށް އަމަލު ނުކުރާނެއޭ އަދި ޖަރުމަނު ރައްޔިތުން ވެސް އެއަށް ބޯ ނުލަނބާނެއޭ. ޖަރުމަނު ރައްޔިތުން ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލަން ބޭނުން ނަމަ އެމެން ބޭނުން ނުވާނެއޭ ބަަދަލު ގައި ލަންކާ އަދި ޕުކެޓް އަށް ދާން އެމެން އަންނާނީ ރާއްޖެ އަށޭ އެކަން ނުހުއްޓުވޭނެއޭ ޖަރުމަނު ސަރުކާރަށް. ކެޕިޓަލިޒަމް އަކީ މިއީއޭ. ވިޔަފާރީގެ މިނިވަން ކަމަކީ މިއީއޭ. އީޔޫ މަހަށްދޭ.

  8. އަޙުމަދު

    ތިކަން ވާނީ ތިހެން ގިނަދުވަސް ވާވަރަކައް ބޭރުގެ ފަރާތްތަކައް އިދިކޮޅޭމެންގެ މަކަރާއި ހޭލަތްތެރިކަން ފާޅުވެގެން ދާނެ. މި ފެންނަނީ އެމަންޒަރު

  9. ވިލުފުށި

    ބަލަ އެކުނުވެ ކީއްކުރާނީ މީ ޑިމޮކްރެޓިކް ބައެކޭ މިފަހަރު ރީދުލޭމެންގެ ދުވަސް ދާނެ