ހުޅުމާލެ ސަހަރާ ސާފް ކުރަނިކޮށް އެތަނުގެ ވިނަގަނޑުގެ ތެރެއިން ސިހުރު ލިޔެފައިވާ ކެޔޮ ވަކެއް ފެނިއްޖެއެވެ.

ހުޅުމާލެ ސަހަރާ ތެރެއިން ސިހުރު ލިޔެފައިވާ މި ކެޔޮ ވައް ފެނިފައި ވަނީ މިއަދު ހެނދުނު 6:15 ހާއިރު ހުޅުމާލެ ސަހަރާ ސާފް ކުރަން އުޅުމުގެ ތެރޭގައެވެ.

އެ މައުލޫމާތު އެނގޭ މީހަކު "ވަގުތު"އަށް ބުނީ، އަރަބި ބަހުން އެއްޗެހިތަކެއް ލިޔެފައިވާ ކެޔޮ ވަކެއް ހުޅުމާލެ ސަހަރާ ސާފް ކުރަން އުޅުމުގެ ތެރޭގައި ފެނިފައިވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި، މި ކެޔޮ ވައް ފެނިފައި ވަނީ ވަޅުލާފައި އޮއްވާ ނޫނެވެ. އަދި ފެނިފައި ވަނީ މަހާނަތަކުގެ މަތިން ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

"ލިޔެފައި އިނީ ކޮން އެއްޗެއް ކަމެއް ނޭނގެ، އަރަބިން ލިޔެފައި އިނީ، އެ ސާފް ކުރަން އުޅުމުގެ ތެރޭގައި، ސަހަރާ ތެރޭގައި އުކާލާފައި ކަހަލަ ގޮތަކަށް އޮތީ، ވަޅުލާފައެއް ނެތް". އޭތި ފެނިފައި ވަނީ ފާރު ކައިރިންކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.

މިކަން އެއްވެސް ބައެއްގެ ސަމާލުކަމަށް ގެނެސްފައި ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭތި ކުންޏާއެކު އުކާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފަންޑިތަ

    ދޮންކެޔޮ ވަކެއްގައި ލިޔާނީ ލޯތްބައްޓަކާ ހަދާ ފަންޑިތަ

    28
    2
  2. ސިހުރު

    އަރަބިން ލިޔާ ކޮންމެ އެއްޗެއް އެއީ ސިހުރެއްތަ؟

    29
    16
    • އަލީ

      އަރަބިން ލިޔާ ކޮންމެ އެއްޗަކީ ސިހުރެއް ނޫނެވެ. އެކަމަކު ދޮންކެޔޮ ވަކުގަޔާ ކުރުނަބަލާ އެނޫންވެސް ޒާތްޒާތުގެ އެއްޗެހީގަ އަރަބިން އަދި އެނޫން އެހެން ބަހުރުވަޔަކުންވެސް ލިޔެފަ ގަބުރުސްތާނައް އުކާ ތަންތާ ވަޅުލާ މީހުނައް ކާންދީ ހަދާނީ ހަމަ ގައިމުވެސް އަރަބިން ލިޔުނެއްކަމަކު ހަދީސެއް ނޫނީ ގުރުއާން ނޫންކަން ޔަގީނެވެ.

      54
      4
      • ތިޔާ ދޮގެއް

        އެއީ ހަމަ ލޯބީގެ ސިޓީއަކަށްވެސް ވެދާނެ. . ސިހުރެއްކަމާއި މެދު ޝައްކު.

        1
        3
      • ނަން

        އަރަބިން ސިހުރު ނޫން އެއްޗެއް ލިޔެފައިވާތަނެއް ނުފެނޭ.

    • އަރަބި ބަސް

      އަރަބި ބަސް ލިޔަން އޮންނަނީ ދޮންކެޔޮ ވަކުގަތަ.. ވާނުވާ

      23
      4
  3. އަލިފުޅު

    ކިހިނެއް ކަލޭމެންނަށް އެނގުނީ އެއީ ސިޙުރެއްކަން

    11
    19
    • ބ

      ބެލީމަ އިންގޭނު. ބުއްދިސަލާމަތުން ހުރިއްޔާ

    • ޢާރިފު

      ޢަލިފުޅަށާ ކެޔޮވަށް ހޯދި މީހާއަށް އަރަބިބަސް ނޭންގުނަސް ފޮޓޯއިން ފެންނަވަރުންވެސް އަރަބިބަސް އެނގޭމީހުންނަ އެނގެ އެއީ ސިހުރެއްކަން.

  4. ނޭގެ

    ނޫން. އެކަމަކު ދޮންކެެޔޮވަކެއް ފަދަ އެއްޗެއްގައި ލިޔެފައި އާންމުކޮއް ހުންނާނީ ސިހުރު

    38
    1
  5. ސަލީމްބޭ

    އަރަބިބަސްބޭނުންކޮށްގެންލިޔާކޮމްމެއެއްޗެއްސިހުރަކަށްނުވާނެ
    ތިވެސްވާނީމިހާރުދީނާޙިލާފަށްކުރަމުންދާކަންތަކުގެއަޑުކަޑުވާލަންއަބުރާލަގޭސްގަޑަކަށްވާނީ
    ބޭކާރު

    13
    13
    • ޔ

      ތިގޮލައި އަންދާލާނެ ކިހިނެއްބާ؟

  6. ދިވެހި ޒުވާނުން

    ތީގަ ލިޔެފަ އޮތް ގޮތަށާއި އަދި އަމުރުތަކުން ތަރުތީބު ކުރާއިރު ތިޔައީ ހަމަ މީހުން ސިއްސުވަން ކަން ނުދަންނަ މީހުންކުރާ ކަމެއް ކުޅޭކުޅޭ އެއްޗެއްތީ ސިހުރަކަށް އަދި.ފަންޑިތައްވެސްނޫންތިއަކި

    14
    8
    • ޢަލީބެ

      ތިޔާގަ ލިޔެފަ ތި އޮތް އެއްޗެއް ލިޔުނު މީހަކަށްވެސް ދޭހައެއް ނުވާނެ. ވަރަށް ރަނގަޅު އަގެއް ނަގާފަ އޮންނާނެ ކަމަށް ހީވޭ. ކޮންމެވެސް ޒުހުދާއެއް ސެޓްކުރަން ބޭނުންވެގެން އަގެއް ދައްކާފައި ތިއޮތީ

  7. ސަމަންދަރު

    ގޮޓަބެއްޔާ ރާއްޖެގެންނަން އާންމުރަށްޔަތުންނާއި ލަންކާރަށްޔަތުން ރުއްސަންހެދިފަންޑިތައެއްތީ.

    32
    2
    • ނ

      ހާދަ މަޖަލޭދޯ؟

      2
      1
  8. މުޙައްމަދު123

    އޭގައި ލިޔެފައިވަނީ ސޫރަތުއްލަހަބު. (ތައްބަތު) ލިޔެފައިވަނީ ކަލިމަތައް އެކޮޅުކޮޅުން. ސޫރަތް ނިމޭ ކަލިމަ (مسد) އިން ފަށާފައިވަނީ. އެއީ ސިހުރުހާދާ މީހުން އާންމުކޮށް ކުރާ ކަމެއް. ތިންވަނަ ފޮޅުވަތުގައި ޒުހުދާ ބިންތު ... (ذهدة بنت ... ) ލިޔެފައިވޭ.

    4
    1
  9. ކޮކާ

    ކުދިންނޭ ލޯހުޅުވާގެން ރަނގަޅަށް ކިޔޭތޯ މަސައްކަތް ކޮއްބަލަ.މަސަދު ސޫރަތް ތިރިން ފަށާގެން ލިޔެފަ އެއޮތީ. استغفرالله

  10. އިބްރާހިމް

    ރާޖަޕަކްސަ ރާއްޖެއިން ބޭރުކުރަން ކުރިކަމަކާއި ވައްތަރު

  11. އަނދޭ

    މަވެސްހީކުރީ 2023ގެ އިންތިހާބު ކަޓުވާލީ ކަމަށް ... އެކަމަކު
    ފޮޓޯގަނޑު ބަލާއިގެން އަހަރެން އެކިޔާލި އިރު އޭގަ ލިޔެފަހުރީ އޭގެ ބަރުދަނާ ހަކުރު ހުރި މިންވަރާ، ކެލްސިއަމް މިންގަޑު، ދެން އޮތީ މިއީ ދިވެހިރާއްޖޭގެ ޕްރަޑަކްޓެކޭ. އެންމެފަހަތަށް އިނީ އެކސްޕަޔަރީ ޑޭޓް އާއި އަގު - ޖީއެސްޓީ އާއިއެކު

  12. ކޮކާ

    އެވަކުގަ ލިޔެފައެ އޮތީ މަސަދު ސޫރަތް .އެކޮޅުކޮޅުން. ދެލޯހުޅުވާގެން ބަލާރަނގަޅައް

  13. Anonymous

    ތިއީ އިސްލާމްދީނާއި އަރަބި ބަހަށް ފުރައްސާރަކުރަން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ. ތީގައި ލިޔެފައި ތިއޮތީ އަލްމަސަދު ސޫރަތް އެކޮޅުކޮޅުން. އަދި ލިޔެފައިވަނީ ވެސް ނުބައިކޮށް. އެހެންވީމާ ތިއީ ސިހުރަކަށް ވިޔަސް ތި ސިހުރެއް ނުޖެހޭނެ. ތިއީ އިސްތިރިއަކަށް ވިޔަސް ތިޔަކުން ލޯބި ކާމިޔާބެއް ނުވާނެ.

    2
    1
  14. ބޮޑު ފަރަންޖީ

    ތިވާނީ ކާނަލް ނުވަތަ އަލަމްގިރި ސްޓައިލަށް މީސްމީހުންގެ ހިއް ލަންބުވަން ހަދާފައިން ޖާދުލެއް ކަމަށް

  15. މަންމަން

    އެއީ ދޮންކެޔޮ ވަކެއްނޫން، އެއީ މާޅޮސްކެޔޮ ވަކެއް. ފެނު ކައްކާގެން ވަރަށް މީރުވާނެ.

    1
    1
  16. ޢަލަމް ގޮރު

    މަށަށް ފެނުނު ސިހުރު ގައި ހުރީ އަރަބި އަކުރު ލިޔެ ދަނޑިމީހުން ކުރަހާ ހަތަރެސް ކަން ގޮޅިތަކެއް ކުރަހާފަ އެކަމާ ބެހޭ ސައިންޓިސްޓުން ބުނަނީ އެޔީ ފޮތިން ރޫފިލުވާ އެއްޗެކޯ ޔަޣުނީ އިސްތިރި ވަރިތޮޅި ލިޔެފަ އޮތީ ނޫކުލައިގެ ކާބަން ޕޭޕާރ ފާޑުގެ އެއްޗެއްގައި އެދުވަސް ކޮޅު މަށަށް އަބަދު ފެންނަނީ ގޮތަބަޔާ މަށަށް ލަނޑު ދޭން އުޅެން ހަދައި ގެން ލަނޑުލިބުނީ އެހެދި މީހުންނަށް

  17. ޢަލަމް ގެރި

    މަށަށް ފެނުނު ސިހުރު ގައި ހުރީ އަރަބި އަކުރު ލިޔެ ދަނޑިމީހުން ކުރަހާ ހަތަރެސް ކަން ގޮޅިތަކެއް ކުރަހާފަ އެކަމާ ބެހޭ ސައިންޓިސްޓުން ބުނަނީ އެޔީ ފޮތިން ރޫފިލުވާ އެއްޗެކޯ ޔަޣުނީ އިސްތިރި ވަރިތޮޅި ލިޔެފަ އޮތީ ނޫކުލައިގެ ކާބަން ޕޭޕާރ ފާޑުގެ އެއްޗެއްގައި އެދުވަސް ކޮޅު މަށަށް އަބަދު ފެންނަނީ ގޮތަބަޔާ މަށަށް ލަނޑު ދޭން އުޅެން ހަދައި ގެން ލަނޑުލިބުނީ އެހެދި މީހުންނަށް