ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސަރުކާރާ އިދިކޮޅު ކޯލިޝަންގެ އޮފިޝަން އެޖެންޓުގެ ގޮތުގައި މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިން ހަމަޖައްސައި، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފިއެވެ.

ކޯލިޝަނުގެ އޮފިޝަލް އެޖެންޓުގެ ގޮތުގައި ހިސާން ހަމަޖެއްސެވިކަން ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް (ޢިބޫ) އިޢުލާން ކުރެއްވީ ކޯލިޝަނުން ބ.ހިތާދޫއަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިބޫ ވިދާޅުވީ އޮފިޝަލް އޭޖެންޓަކަށް ހިސާން ހަމަޖެއްސެވީ ހިސާން އަކީ ކޯލިޝަންގެ އިސްލާހީ މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ފަރާތަކަށް ވާތީ ކަމަށެވެ.

" ހިސާނަކީ ރެއެއް ދުވާލެއް ނެތި އިދިކޮޅު ކޯލިޝަންގެ އިސްލާހީ މަސައްކަތުގައި ވަރަށް ބުރަކޮށް ވަރުބަލި ކަމެއް ނެތި މިއަދާ ހިސާބަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އެ ސަބަބުތަކަށްޓަކައި އަޅުގަނޑުމެން ވާނީ އިދިކޮޅު ކޯލިޝަންގެ އޮފިޝަލް އެޖެންޓެއްގެ ގޮތުގައި ހިސާން އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައި." އިބޫ ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސާ ޤާނޫނީ ވަކީލް ހިސާން ހުސައިން އެ ޖަލްސާގައި ވިދާޅުވީ، ހިތާދޫގެ ރައްޔިތުންނަކީ ފެށުނީންސުރެވެސް ދަތި އުނދަގުލުގައި އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި ބައެއް ކަމަށާއި، މިކަމުގައި އެރަށުގެ ރައްޔިތުން ފާހަގަކޮށްލެވޭ ކަމަށެވެ.

" އަޅުގަނޑަށް ޔަގީންކަން އެބައޮތް ހިތާދޫ ރައްޔިތުން ކުރިން މަސައްކަތް ކުރިހެން ފޯރިއާއެކު ޖޯޝާއެކު އިންތިހާބުގެ ކެމްޕޭންގައި ވެސް ދެމިތިބޭނެކަން. މިއަދު އަޅުގަނޑުމެން އައިސް ރަށު ޖެޓީ ކައިރިން މި ހިސާބަށް އައިއިރު ހިތާދޫން އެދިން ހޫނުގަދަ މަރުހަބާއިން މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެތް ނެތް" ހިސާން ވިދާޅުވިއެވެ.

ހިތާދޫގައި ކޯލިޝަނުން ބޭއްވި ޖަލްސާގައި އިބޫ އިތުރަށް ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ކޮށްފައި ހުރި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން ބަލާ އެކަންތައްތަކަށް ޖަވާބު ދާރީ ކުރުމުގެ މަަސައްކަތް ކުރައްވާނެ ކަމަށާއި، ވެރިކަމުގެ ފުރަތަމަ ހަމަސް ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށެވެ.

ކޯލިޝަނުން ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުގެ ގޮތުގައި އިބޫ އަދި ރަނިންމޭޓް ފައިސަލް ނިކުންނެވިއިރު، މި ދެބޭފުޅުންގެ ކެންޑިޑަސީ ވަނީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ. އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ކުރުމުގެ ފަހު ވަގުތަކީ އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާޅު ބޯއީ

    ހުރިހާ ބާރެއް އެމްޑީޕީއަށް. ޖޭޕީ އަދާލަތު މީ ކީއްކުރާ ބަައެއް. އިދިކޮޅު ސްޕޯކްސް ޕާސަނަކަށް މާރިޔާ އެޖެންޓަކަށް ހިސާނު. ޑިމޮކްރަސީ ވަލް ކޯލިޝަން.

  2. ައަބުދުއްލޯ

    އިދިކޮލެއް ނޫން ކޮންމެ އެޖެންތަކައް ކުޓަސް ކޮން ކަމެއް

  3. ޝިފާގު

    ކޮބާ މަހުލޫފު؟