އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް، ޗީފް އޮފްޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އިއްޔެއިން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ މިދަތުރުފުޅުގެ ތެރެއިން، އޭނާ ވަނީ މިއަދު އިންޑިއާގެ ނޭޝަނަލް ވޯރމެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިހްތިރާމް އަދާކުރުމުގެ ގޮތުން އެމެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފައެވެ.

އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޗީފްއޮފް ޑިފެންސް ފޯސް ޒިޔާރަތްކުރެއްވުމުން، އޭނާގެ ޝަރަފުގައި އިންޑިއާ ސިފައިންގާޑް އޮފް އޮނަރއެއް އެރުވިއެވެ.

މި ދަތުރުފުޅުގައި، ޝަމާލް ވަނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްޖެނެރަލް މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި،ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލްއާރް. ހަރީ ކުމާރު އަދި ޗީފް އޮފް އެއަރ ސްޓާފް، އެއަރ ޗީފް މާޝަލް ވީއާރް ޗައުދަރީގެއަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވާ، އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތަކާއި އަދިއެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާއެހީތެރިކަން ޝަމާލް ފާހަގަކުރެއްވިއެވެ.

އަދި، ކުރިމަގުގައި ވެސް، ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާއި މެދުއެބޭފުޅުންނާ މަޝްވަރާކުރެއްވި ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައި ވއެވެ. މީގެއިތުރުން، ސަރަހައްދުގެ ސަލާމަތާއިރައްކާތެރިކަން ކަށަވަރު ކުރުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށްހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯވ އަށްވެސް މިއަދު ޒިޔާރަތް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ގައުމަށް ގައްދާރުވި ހުރިހާ ގައްދާރުން ގެރިމޯދީގެ ފައިދަށަށް ޖަމާކުރަނީ ހަލާކުހުރި

    15
  2. Anonymous

    ރިޕޯޓު ކުރަން ދޯ މައި ސަރުކާރަށް

  3. މޕ

    ރީލޯޑު ކުރަން