ސިފައިންގެ ތަމްރީނެއް ހަދަމުން ދަނިކޮށް 2021 ވަނަ އަހަރު ނިޔާވި ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ ކޮއްކޮ ހަސަން ފަރީދު ސިފައިންގެ ހިދުމަތާއި ގުޅުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އެކަން ފާހަގަ ކުރައްވައިފިއެވެ.

ލ.އަތޮޅު މާބައިދުއަށް ނިސްބަތްވާ ލާންސް ކޯޕްރަލް ހުސެއިން ފާރިޝް ނިޔާވީ 2021 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު ހަވީރު އިތުރު ސިފައިންގެ ބަޔަކާއިއެކު މޫދަށް އެރި އުޅެނިކޮށް އޮއެގަނޑެއްގެ ތެރެއަށް ދަމައި ގަނެގެންނެވެ.

ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ ކޮއްކޮ ހަސަން ފަރީދު ވަނީ މިހާރު ސިފައިންގެ ހިދުމަތާއި ގުޅި، ސިފައިންގެ މެރިން ކޮޕްސްގެ ބޭސިކް ކޯސް ފުރިހަމަ ކޮށްފައެވެ.

ސިފައިންގެ މެރިން ކޮޕްސްގެ ބޭސް ކޯސް ފުރިހަމަ ކުރި ސިފައިންގެ ގްރެޖުއޭޝަން ފާހަގަ ކުރައްވާ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ހާއްސަގޮތެއްގައި ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ ކޮއްކޮ ޕްރައިވެޓް ހަސަން ފަރީދުގެ މަންމަ ހަރިއްޔާ އަބްދުލްޤާދިރުގެ ނަން ފާހަގަ ކުރެއްވިއެވެ.

"އޭނާ ވަނީ ފުރަތަމަ ދަރިފުޅު ލާންސް ކޯޕްރަލް ހުސެއިން ފާރިޝް ސިފައިންގެ ތަމްރީނެއްގައި ނިޔާވުމުން، ދެވަނަ ދަރިފުޅު ޕްރައިވެޓް ހަސަން ފަރީދު ގައުމީ ހިދުމަތައް ނެރެދެއްވާފައި. މިއީ އަމިއްލަ އެދުމެއްނެތް އަދި އެހެން މީހުންނަށް ވެސް މިސާލަކަށް ވާފަދަ ނިންމުމެއް. އަޅުގަނޑުމެން އެންމެން ހިތުގެ އެންމެ ފުންމިނުން (އެކުދިންގެ މަންމައަށް) ޝުކުރު އަދާކުރަން." ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މީގެ ކުރިން ވެސް ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ މަންމަ އާއި ބައްޕަ އާއި ބައްދަލު ކުރައްވާ ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ ހިދުމަތުގެ އަގުވަޒަން ކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ލާންސް ކޯޕްރަލް ހުސެއިން ފާރިޝްގެ ގެއަށް ވެސް ވަޑައިގެން އާއިލާ އާއި ކުރިން ބައްދަލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޅާމް

    ޝަމާލު މެންނަކީ މިހާރު ގައުމަށް ވަފާތެރިބަޔެއްނޫންކަން ރައްޔިތުންނަށް ކަށަވަރު ވެފައިތިބި ބަޔެއް.

    44
    6
  2. އަހުމަދު

    ﷲ ގެ އަދުއްވުންނާއި އެކު ގުޅިގެން ރާއްޖޭގެ ސިފައިންނާއި ޕޮލިސް ލަދެއްނުގަނޭތަ؟ ނިކަން މުމްތަހީނާ ސޫރަތުގެ ފުރަތަމަ އާޔަތުގެ ތަރުޖަމާ ބަލާލަބަލަ. ކަލޭމެން ތައުބާވެބަލަ.

    32
    4
    • ހުވަދޫ އަލިބެއްޔާ

      ލަދު ގަންނަން ޖެހޭ ސަބަބެއް ނެތް.. ކަލޭމެން ގޮތަށް މުޅި އުމުރު ހަކުރާއި ތެޔޮ ބޮއެ އުޅެ އުޅެފަ ޖަލަށް ގެންދާތަނުން ދީނީ ޝެއިޚަކަށް ބަދަލުވެ ފަތުވާ ދޭ ބަޔަކަށް އެންމެނެއް ވާކަށް ނުޖެހޭ.. އެހެންނުނަސް ޤުރުއާން ތަފްސީރު ކުރުމުގައި އެންމެ އާޔަތަކަށް ބަލައިގެން ނުވާނެކަން ހަމަ ކޮންމެ މީހަކަށްމެ އެނގޭނެ..

      2
      5
  3. އުގުރި

    މަންމާއެވެ.. ދީނަށްޓަކައި ގައުމަށްޓަކައި ގުރުބާންވާފަދަ ދަރިން މިހާރު މިގައުމަށް ބޭނުންވަނީ ކޮންމެކޮންމެ ކަމަކަށް ޓަކައި ވިކިފައި ނުވަތަ އަޅުވެތި ވެފައިވާ މީހުންނެ މިގައުމަކަށް މިހާރު ބޭނުމެއްނޫން..
    ޔާ ﷲ އަޅުގަނޑުގެ ސަލާމަތީ ބާރުތަކަށް ހެޔޮ ވިސްނުން ދެއްވާށި އާމީން..

    47
    3
  4. ހުވަދޫ

    އޭ އީމާން ވެއްޖެ މީސްތަކުންްނޭވެ.ތިމަންﷲގެ އަދުއްވުން ބައިވެރިންކަމުގައި ނުހަދާށެވެ. އެމީހުންނަކީ ތިޔަބައި މީހުނާއި، ރަސޫލާ ވަޒަނުން ބޭރުކުރި މީހުންނެވެ..... ކަލޭމެން އެންގި ކަންކަމާއި، ނާންގާ ކަންތައް ﷲ ދެނެވޮޑިގެން ވެއެވެ.
    މިވަރުން ވެރިކަމުގަ ތިބީ ކޮންބައެއްކަން ބުއްދި ކުރެވޭނެ.
    މުމްތަހަނާ ސޫރަތު 1އ.

  5. އަލީ

    ތިޔަމައްމަ އެދަރިފުޅައް ދަސްކޮންދިންބާ އިސްލާމްދީނާ މިގައުމާ ރައްޔިތުންގެހިމާޔަތުގައި މަސައްކަތްކުރުމައް.

  6. އަލީ

    ތިޔަމައްމަ އެދަރިފުޅައް ދަސްކޮންދިންބާ އިސްލާމްދީނާ މިގައުމާ ރައްޔިތުންގެހިމާޔަތުގައި މަސައްކަތްކުރުމައް. ދިވެހިރައްޔިތުން ގައުމީދިދަޔާއެކު ތިއްބާ ފަހާދުވަންބާ ދަސްކޮއްދިނީ.

  7. ކޮވިޑް

    ބަލަ ސަމާލޫ އެ ފެންނަނީ ޤައުމުދެކެ ލޯބިވާ ޤައުމީ މައިންނާއި ދަރިން. ސަލާމު ކަހަލަ ޤައުމާ މިނިވަންކަން އަމިއްލަ މަންފާ އަށް ކުވިއްކާނެ ދިވެހި ދަރިންނާ މައިން ބަފައިން ތިބިކަން ސަމާލު އަށް އެ ސާބިތު ކޮށްދެނީ. ސަމާލު އަޅެ ލަދެއް ހަޔާތެއް ނެތެއްނު .

  8. އަހަންމަދު

    ބޭސްކޯސް
    ފުރިހަމަކުރީމަ ބޭސްކުރުމުގެ ހުއްދަ ލިބޭނެތަ!