ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ މަންމަގެ ބޭސްފަރުވާއަށް އެމްއެންޑީއެފުން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި ކަމަށް "ދިޔަރެސް" ގައި ރިޕޯޓް ކުރުމުން އެމްއެންޑީއެފް އިން އެކަމަށް ރައްދު ދީފިއެވެ.

އެނޫހުގައި މިއަދު ބުނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ މަންމަގެ ބޭސްފަރުވާއަށް އެމްއެންޑީއެފުން ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައިވަނީ ފާއިތުވި ތިން އަހަރު އެކި ފަހަރުމަތިން ޝަމާލުގެ މަންމަ އޭޑީކޭގައި އެޑްމިޓުކޮށްގެން ފަރުވާދިނުމަށެވެ.

މިއަހަރުވެސް ދެލައްކައާއި ގާތްކުރާ އަދަދަކަށް އެމްއެންޑީއެފުން ވަނީ އޭޑީކޭއަށް ފައިސާދީފައެވެ. ޝަމާލުގެ މަންމަ އެޑުމިޓްކޮށްފައި އޮންނަނީ އޭޑީކޭގެ އެންމެ އަގުބޮޑު ކޮޓަރީގައި ކަމަށާއި އަދި ޑިއުޓީގައި ބައިތިއްބާފައި ތިބެނީ ސިފައިންްކަމަށް ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

އެ ރިޕޯޓަށް ރައްދުދީ އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ސިފައިންނާއި ސިފައިންގެ މީހާގެ ޢާއިލާގެ މެމްބަރުން (އަނބި/ފިރި، ދަރިން، މައިންބަފައިން) ނަށް ބޭސްފަރުވާކުރުމުގެ ކަަންކަމަކީ ވަކިރޭންކެއް އިސްތިސްނާ ކުރުމެއްނެތި ތަފާތުކުރުމެއްނެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދެވެމުން އަންނަ ޚިދުމަތެއް ކަމަށެވެ.

މީގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި އެޑްމިޓްކޮށްގެންދެވޭ ފަރުވާތައް ހިމެނޭނެ ކަމަށާއި ސިފައިންނާ ސިފައިންގެ ޢާއިލީ މެމްބަރުންނަށް ބޭސްފަރުވާގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ އުޞޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންނުގެންދާ ކަމަށް ވެސް އެމްއެންޑީއެފްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އެމްއެންޑީއެފްގެ އިމާރާތެއްގައި ދުވަސްކޮޅަކު ދިރިއުޅުނު ކަމަށް ބުނެ އެމައްސަލައިގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް މިސަރުކާރު އައިފަހުން ވަނީ ދައުވާ އުފުލާފައެވެ. އެމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބާގީ

    ތިވަރުގެ ލާރި އަރާ ބޭސް ކުރި ކިތައް ސިފައިންގެ އާއިލާ ތިބޭނެބާ … އަދި ކިތައް ސިފައިންބާ ސިފައިންގެ މެޑިކަލް ބޯރޑުން “ރިޖެކްޓް” ކުރަނީ…. މިކަން ހާމަ ކުރަން ކެރޭނެބާ؟

    37
  2. މަކަރެ

    ކަލޭމެން ހަދާނެތަ ތެދެއް

    39
  3. ފިތުނަ

    ސާބަހޭ މިހުންގެ މަސްކައިގެން ދުނިޔޭގައުޅެންދަސްކުރޭ އެމީހާ ބަލިންރަގަނޅު ވެއްޖެއްޔާ ކިތަންމެހާވެސް އުފާކުރަން މައްސަލައެތްއުޅެންޔާ ކޯޓަށްގޮސްގެންބެލޭނެންނު

    5
    23
  4. Anonymous

    ސިފައިންނާއި ފުލުހުންގެ ވަޒީފާއަށް ވަންނައިރު ވެސް އަނބިދަރިންނާއި މައިންބަފައިންގެ ބޭސް ފަރުވާ އޮވޭނު. ކޮބާތޯ މައްސަލަ އަކީ. ތިޔަހާ ޖައްސާ ލައިގެން އުޅޭކަށް ނުވާނެ. ގޯސްކޮށް ކުރާކަންތައް ގޯސް ކުރަނީ. އެއަށްވުރެ ފުލުހުންގެ ޙިދުމަތުގައި ހުރި ކުއްޖަކުގެ ދެކިޑްނީ ފެއިލް ވެފައިވާ މަންމައަކަށް ތިޔަށްވުރެ ބޮޑު ޚަރަދު ކުރި. ހިތުގެ ވެސް ވަރަށް ބޮޑެތި އޮޕަރޭޝަން ކުރި. މިކަން އެނގޭތީ ހާމަ ކޮށްލީ. ވަކި މީހަކާ ޖައްސާލައިގެން އުޅުމަކީ ރަނގަޅުކަމެއް ނޫންވީމަ

    4
    6
    • ފާއިޒް

      ތީގަ އެއްވެސް މައްސަލަ އެއް ނެތް ސިފައިންގެ ވަޒީފާގަ ހުރި ކޮންމެ މީހަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސްފަރުވާގެ ކަންކަން ހަމަޖެހިފަ އޮވޭ އެއީ އަބަދުވެސް އެކަން އޮންނަ ގޮތް ރާއްޖެއިން ފަރުވާކޮށްގެން ރަނގަޅުނުވާނަމަ ރާއްޖެއިން ބޭރުންވެސް ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފަ އޮވޭ. ޢަޅުގަނޑުމީ އެފަދަ މިސާލެއް ޕްރައިވެޓަކައްހުއްޓާ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވާގެން އެތައް ހަރަދެއް ކުރި އެއީސް ރައީސް މައުމޫންގެ ދައުރުގަ.

      7
      3
  5. މުބީނު މާރނީ

    ޝަމާލް ގެ މަންމަ އަކީ މައުމޫނު ގެ ދައްތަ ސަކީނާ ޢަބްދުލް ޤައްޔޫމް ގެ ދަރިއެއް. މައުމޫނު ގެ މުޅި ޢާއިލާ ވެސް އުޅޭނީ ރައްޔިތުން ގެ ލާރީގަ. ޔުމްނާ ވެސް ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް 80،000 ރުފިޔާ މަހަކު ގެންދޭ. މިއީ ޔުމްނާ އެއްވެސް މަސައްކަތެއް ނުކޮށް އަހަރުމެންގެ ޖީބުން މިފައިސާ ގެންދަން އިބޫ އާއި ގުޅައިގެން ހަދާފަ އޮތް މަޤާމެއް! ޔުމްނާއުޅުނީ ބައްޕަ ޖަލުންސަލާމަތް ކުރަން.

    13
  6. އަހްމަދު މާހިރު

    ކޮބާތަ މައްސަލައަކީ އެއީ ގާނޫނަކުން ސިފައިންނަށް ހަމަޖައްސާފަ އޮތް ކަމެކޭ.. ސިފައިން ނަކީ ކިހާ މުހިމު ބައެއްކަން ދެނެގަންނަން ޖެހެނީ ހަމައެކަނި 3 ނޮވެންބަރު ކަހަލަ ދުވަހެއް އައީމަކާ ނޫނޭ.. އެއީ ދީނާ ގައުމައްޓަކާ ފުރާނަ ދުއްވާލަން މާތްﷲ ގަންދީ ހުވާކޮއްގެން ތިބިޔެކޭ އާމުންނާ އެއްވަރެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ލަދުހަޔާތް މިހާރު ހަމަ އެއްގޮތަކަށް ވެސް ނެތީބާއޭ ހިތަށް އަރައެވެ. 3 ނޮވެންބަރުގައި ޖެހިލުމެއްނެތި ފުރާނަ އަތްމައްޗައް ލައިގެން ގައުމު ސަލާމަތް ކޮއްދިން ބަތަލުންނަށް ކޯޓު ތަކުގައި ދައުވާ އުފުލާ... ދެން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ބައްޕަ ސިފައިންގެ ތަނެއްގައި މަޑުކޮއްލައިގެން.. މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މަންމައަށް ބޭސްފަރުވާ ކޮއްގެން ބޮޑު މައްސަލައަކަށް ވެގަނެގެން.. ބަލަ ދުނިޔޭއްގެ ހުރިހާ ގައުމެއްގައި ޗީފް ގެ އަނބިދަރިން ފިރިން މައިންބަފައިން އެއީ ސިފައިންގެ ފުލް ސެކުރިޓީ އާއި ވެހިކަލްސް ދީގެން ބަލަހައްޓާ ބައެކޭ... ދެން ޗީފް އޮފް ޑިފެންސް ފޯސް މަންމަ ބައްޕަ ބަލިވީމަ ކޮންމެވެސް ވިޔަފާރިވެރިއަކަށް ސަލާން ޖަހަންވީތަ؟

    4
    4
  7. the Maldivians

    މިވެެރިން ނަށް.ވަޒީފާ.ދޭ އިރު ބަލަންވީ ސިއްހީ މައްސަލަ ހުންނަ އަބިދަރިންނާ މައިން ތިބިތޯ އެހެން ނޫނީ ރައްޔިތުން ނަށް ހުރިހާ ނުހޮރޮއްޕާނެއް. ށާމާލް އިސްތިއުފާ ދީ!!

    2
    2