ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް، 23، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މުއްދަތު މަޖިލީސް ސިއްރުކޮށްފިއެވެ.

ޝިއާގެ އާއިލާ ބައެއް މެންބަރުންނާއި ހަވާލާދީ އޭނާގެ ގާތް މީހަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ޝިއާއުގެ ދެއަތް ވެސް އުޅަނބޮއްޓާ ހިސާބުން އޮތީ ބުރިކޮށްލައިފައެވެ. އަދި ދެ ފައި ވެސް އޮތީ ބުރިކޮށްލައިފައި ކަމަށް އޭނާ ބުންޏެވެ. ކަރު މުޅިން ބުރި ވެފައި ނުވާ ކަމަށާއި ނަމަވެސް ކަރު ވަކިނުވެ އޮތީ "ކިރިޔަކިރިޔާ" ކަމަށް އޭނާ ކިޔައިދިނެވެ.

މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ. އެކަމަކު، މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޝާހިލްގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން މިއަދު ބޭއްވުމަށް ހަމަޖެއްސި ނަމަވެސް، ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން މިހާރު ވަނީ އެ އަޑުއެހުން ސިއްރު ކުރަން ނިންމާފައެވެ. އަޑުއެހުން ސިއްރުކުރި ސަބަބާއި ގުޅޭ ގޮތުން ވެސް ފުލުހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޝިއާއުގެ ހަށިގަނޑަށް ދީފައި ހުރި ގެއްލުންތަކަށް ބަލާއިރު އޭނާގެ ހަށިގަނޑު ނައްތާލަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެއެވެ. އެކަމަކު، އެކަން ވެސް އަދި ރަސްމީ ފަރާތަކުން ކަށަވަރުކޮށެއް ނުދެއެވެ.

އަންހެން މީހާގެ ހަތަރެސްފައި އޮތީ ބުރިކޮށްލާފައި!

ޝާހިލް އަކީ ރުޅިގަދަ، މީހުންނަށް އަނިޔާ ކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ.

އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައިގެންނެވެ. ނަމަވެސް އެއީ އޭނާ ހައްޔަރުކުރިއިރު ހުރިގޮތް ކަމެއް ނުވަތަ ފަހުން ފުލުހުން އޭނާ ސޫޓަކަށް ލެއްވީ ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ޝިއާއަކީ ލަވަ ކިޔައި މޮޑެލް ކުރުމުގެ މަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަރާ މޯލަޑިވްސް

    ކީއްވެ ސިއްރުކުރަންވީ. ސިއްރުކުމުގެ މަޤުސަދު ހާމަކުރަންޖެހޭ. ރައްޔިތުންނައް އަދިވެސް އޮޅުވާލަންތަ ތިއުޅެނީ

  2. ޖިންނި

    ތިކަހަލަ މީހުންގެ ހުކުން ފާޅު ކުރަންވީ.... ހުކުމެއް ގޮތު ދަން ޖައްސަން ވީ އެންމެން ކުރިމަތީ....

  3. ނަޒީ

    ޝާހިލް އެއީ ކޮންރަށެއްގެ މީހެއްބާ މާލޭގެ ބޭސް ފުޅިއެއް ތޯއްޗެ އާނ އެހެނާ އަތޮޅުތެރޭ މީހެއް ނަމަ ހުވަދުއޭ އައްޑުއޭ ހިނނަވަރޭ މިއުޅޭ ނޫސް ވެރިން ވެސް ނިކަން ފޯރި ހުނނާނެ ކިޔަން ކީއްވެ ފޯއްމޮލަކު މަނޖެއެކޭ ލިއުނުގޮތައް އޭނަގެ ތަފްސީލު ނުލިއުނީ ރަޔިތުން ބޭނުން ވާނީ ވެސްއޭނަ ކާކުތޯބަލަން އަވަސް ކުރޭ ހާމަކޮއްލާ އަވަސް އަވަސް

  4. އަލީ އާދަމް

    އިމުރާނޫ، ހައްލަކީ އިސްލާމީ ޝަރީޢަތް، ކްރައިމް ޕެޓްރޯލްފަދަ ޑްރާމާތަށް ޤަވްމުގެ އެންމެންނަށް ދައްކާ.. އޭރުން މިފަދަ މަރުތައް މުޖުތަމަޢުގައި ނުހިނގާނީ.. މިފަދަ ކަންކަމާމެދު ވިސްނާބަޔަކު ނެތް، ވެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭކަންކަމާ ވިސްނާ މީހުންތިބީ

  5. ޚޮއްޔެ

    ކީއްކުރަން ސިއްރުކުރަނީ. އޭނަ ހަވަރަށް ދޭންވީ. ތީ ޖާލިލެއް ގާތިލެއް.

  6. ހަޖަމް

    މޮޔަ ގެރިޔަކަށް ހަދާފަ ދުވަސްކޮޅަކުން ދޫކޮށްލަފާނެ މީލާދީނީ މުއްސަދި ކުޅި ކުޅޭ ވެރިކަމެއް ދީނަށް ފުރައްސާރަކުރި ރުސްތުމް އެހެރީި ގޭގަ މަގުމަތީގަ ދޫކޮށްލަފަ މިގައުމުގާ ކުއްވެރިންނަކި ޔާމިނާ ސޭހު ނިސާން ހަމައެކަނި ސޭހު ބިޑިއަޅުވަގެން އެގެން ގުޅެނީ ކޮން ކުށެއް އޮވެގެން ﷲ އީ އެއްކައުވންތަ އިލަހޭ ބުނެގެން ސިރުކާ ދެކޮޅަށް އަޑުއުފުލާގެން ދީނުގެ ދިފާއުގާ ބަސްބުނެގެން ޔަހޫދީން ރުއްސަން އިންޑިޔާ ރުއްސަން ތިކުޅޭ މުއްސަދިކުޅި ކުޅެން މިތާ ފުރުސަތެއްނެއް

  7. ދެރަ

    ތިގައްދާ ބަންދު މުއްދަތު ޖަހަން ނެރެންވީ ޖުމުހޫރީ މައިދާނަށް ނެރެ ރައްޔިތުން ގެ ކޯޓުން ވާޖަހާގެން ދެމުނު ވަރަކަށް ދަމާ ވާންކޮށްފަ މުއްދަތުޖަހަންވީ 4ރެސްފާ އިރާލަފަ އޭރަށް އޭނާޔަށްވެސް އިހުސާސް ކުރެވޭނެ 4ފާގެ އަގު

  8. ސާޑޫ

    ހުރިހާ ކަމެއްވެސް ސިއްރުކޮއްގެން އެހެން މީހުން ނައް އޮޅުވާލުން ނޫން ކަމެއް ނުކުރާނެ..ދެން ބުނޭ އެކަން ކުރީ ނަފުސާނީ ބަލި މޭހެކޭ،،

  9. މިތުރާ.

    ކޮންގޮތެއް ނިންމަނީ އެސޮރުގެ ބޮލަށް ށައިތާން ވަނީި، މީގެ ކުރިންވެސް އަނިޔާވެރި އެތައް އެތަކެއްމަރު ފެނިފަހުރިީ، ތަފާތަކީ ކަރާ 4ފައި ހަށިގަނޑުން ވަކި ކުރުން، މުސްލިމުންނާ އައިރު މުސްލިމުންވެސް މިފަދަ އަނިޔާވެރި އަމަލު ކުރާ ގާތިލުން ނަށް ހަރުކަށި އަދަބު ދޭ،... އިންސާފު ގާއިމު ކުރޭ، ޖަލުގަ ތަޅުވާފަ މީހުން ހަނދާން ނެތުނީމަ މިސޮރުވެސް ނޫނެކޭ ބުނަން، މޮޅުލޯޔަރަކު ހޯދީމަ އިންސާފު ލިބުނީ،،،،

  10. މިތުރާ.

    ބަލަމުންދާ މައްސަލައެއް ކުއްލި ގޮތަކަށް މީޑިޔާ ފޮނުވުމުން ތަހުގީގަތް ހުރަސް އެޅޭނެ،،

  11. ކިހާދެރަ

    އަމިއްލައަށް މަސްތުވާތަކެތި ބޭނުންކުރުމުން، ކުރެވޭ އަދި ކުރާކަންކަމުގެ ޒިއްމާ އަމިއްލައަށް ނަގަންޖެހޭނެ. މަރަށް މަރު. ހުކުމް ތަންފީޒްކުރޭ. ނޫނީ ގާތިލަށާ ހުކުމް ތަންފީޒު ނުކުރާ މީހުންގެ މައްޗަށް ހުކުމް ތަންފީޒްކުރަން ބަޔަކު ނުކުމެދާނެ. ވަގުތު ފާއިތުވުމުގެ ކުރިން