މާލޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި ކަމަށް އޭނާގެ ގާތިލު އަލީ ޝާހިލް އަދިވެސް އިއުތިރާފް ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝިއާ މަރާލާފައި އޮއްވާ ފެނިފައިވަނީ ހ. ޝީރީން ވިލާގެ ނުވަ ވަނަ ފަންގިފިލާއިން މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ. ޝިއާގެ މަރާ ގުޅިގެން އެރޭގެ ވަގުތެއްގައި ސީނުން ވަނީ ފ. ނިލަންދޫއަށް ނިސްބަތްވާ ޒުވާން ސްކޭޓަރު އަލީ ޝާހިލް ހައްޔަރު ކޮށްފައެވެ.

މި މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

މިއަދު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، ޝާހިލްގެ މައްޗަށް ކުރެވޭ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފު ވެފައި ނުވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ޝާހިލް ވާހަކަ ވެސް ދައްކާފައި ނުވާ ކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ. އެ މައްސަލަ އަދި ވެސް އޮތީ ފުރަތަމަ މަރުހަލާގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝިއާއުގެ މަރު: ޝަރީއަތް ސިއްރުކޮށްގެން އާދީއްތައިގައި ފަށަނީ

ޕީޖީއިން ވަނީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން އިތުރު 4 ދައަވާއާއެކު, އެކު ޖުމްލަ ފަސް ދަޢުވާ ކުރުމަށްކޯޓަށް ހުށަހަޅައިފައި ވެއެވެ.

އެ މައްސަލައިގެ ޝަރީއަތް މިދިޔަ މަހު ފަށާފައިވާއިރު އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެނެވެ. މި އަޑުއެހުންތައް ސިއްރުކޮށްފައި ވަނީ ދައުލަތުން އެދިގެންނެވެ.

ޝިއާ މަރާލި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވިދާޅުވީ، ޝިއާ މަރާލަން ޝާހިލް ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް އެގެއިން ފެނިފައިވާ ކަމަށެވެ. އަދި އެހާދިސާ ހިނގިއިރު، ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ޙެއްކާ އެކީ އަތުލީމަވެސް އަދި އިއުތިރާފްއަށް އަހަންޖެހޭތޯ

    35
  2. Anonymous

    ތި މުޖުރިމުކާރިން އެއްޗެއް ބުނެގެން ހަގީގަތް ސާފުކުރަންތަ ޕޯސްޓްމޯޓަމް ހެދީ، އަދި އެއިގެ ނަތީޖާ ހާމަނުކޮށް ބަހައްޓައިގެންތިބެ އޭނަ އެއްބަސްނުވެޔޭކިޔާފަ ފަތިވަރުގުނަނީ މިޖާހިލު ފިރިހެނާއަކީ ސާފުހުދު ކާފޫރަށް ހަދާފަ ވަރަށް އަވަހަށް މިނިވަންކޮށްލަން އުޅެނީހެން ހީވެއްޖެ، އެއަންހެނާ މަރާލާފަކޮށާލީ އެހެންމީހެއްކަމަށް ހަދަންހެންވެސް ހާދަ ހީވެޔޭ##

    28
    • މިނި

      ދެން ޖޯއްޔެއްގަައި މަރުވެފައި އޮވެދާނު

  3. ހުސޭނު

    ޖިންނި އަވަލާފަ ހުރިނަމަ ފަހުން ކުރެވުނު ކަމެއް ހަދާނެއް ނުހުންނާނެ.

    13
    1
  4. ހަސަނު

    ތަށި އަނބުރައިގެން ޖިންނި ގެނައުމަކީ ދިވެހި ޒުވާނުން ތެރޭގަ މިހާރު ކުރަމުން އަންނަ ވަރަށް ނުރައްކާ ތެރިކަމެއް.

    12
    • ހުވަދޫ އަލިބެއްޔާ

      ކިހާ ވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކައެއް.. އިހު މީހުން ޖިންނި ގެންނަނީ ކިޔެވެލި ކިޔަވައިގެން..

  5. ޕީޖޭ

    މިއީ ޝައިތޯނުންނަށް އަޅުކަން ކުރާ ބަޔަކާއި ވައްތަރީ... މަރާލައި އަތްފައި ބުރިކުރާނީ ޝައިތޯނާއަށް އަޅުކަން ކުރާ ބައިގަނޑު ނުވަތަ މަރާލައި ހެކި ފޮރުވަން އުޅުނީ..
    ޝަރީޢަތް ސިއްރުކުރާ ސަބަބެއް ނުވިސްނޭ..

    17
  6. އަލިމުތް

    ކަލޭ ޔާމީނަށް މަތި މައްޗަށް ދައުވާ ތި އުފުލަނީ އިއުތިރާފް ވެގެންތަ؟