22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ގާތިލް އިންސާފުގެ ކުރިމައްޗަށް ގެނެސް އަވަހަށް އޭނާއަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ޝިއާގެ މަރާއި ގުޅިގެން "ވަގުތު" އާއި ވާހަކަދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ ރޭ މާލޭގައި އަނިޔާވެރިކޮށް ޝިއާ މަރާލި ޚަބަރު ލިބުނީ ކުއްލި ސިހުމަކާއި އަސަރުން ފުރިންގެން ދިޔަ ބިރުވެރި ހާދިސާއެއްގެ ގޮތުގައި ކަމަށެވެ. ޝިއާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތައް އަމަލުތައް ބަހައްޓައި ގާނޫނުތައް ތަންފީޒު ކޮށްގެންނެވެ.

ޝިއާގެ ގާތިލަކީ އޭނާގެ ލޯބިވެރިޔާ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް އެވެ. 23 އަހަރުގެ ޝާހިލް ރޭ ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

ޝިއާގެ މަރާއި ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވީ އަންހެނެއްގެ މަރާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލުން ވިދާޅުވީ ޝިއާގެ މަރާއި ގުޅިގެން މީޑިއާއަށް އިތުރު މައުލޫމާތެއް ދެވޭވަރު އަދި ނުވާކަމަށެވެ.

ޝިއާގެ މަރާއި ގުޅިގެން ވަރަށް ގިނަ ދިވެހިން ރެއިން ފެށިގެން އަނެއްކާވެސް އަންނަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް މިދިޔަ ޖޫން މަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލީހުގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ނުކުރަން ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތު މިސަރުކާރުން ވެސް ދަމަހައްޓާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަގުރާ

    ހޯމް މިނިސްޓަރު އިސްތިއުފާ ދެއްވާ

    3
    1
  2. ހަހަހާ

    އަގަ ހަޑިކޮއްވާހަކަ ދައްކާމީހުންވެސް އެބަ ޖެހޭ އިސްލާހު ވާން ،،

    3
    1
  3. ޔަހުޔާ

    ހައްގު އަދަބަކީ ކޮބައިތޯ. ކީރިތި ގުރުއާނުގެ ބަގަރާސޫރަތުގެ 178 ވަނަ އާޔަތުގައި އެއޮތީ ހައްގު އަދަބު. މަތިވެރި އިލާހުގެ ފަރާތުން ހައްގު އަދަބު ސާފުކޮށް ފެންނަން އެއޮތީ މިރާއްޖޭގެ ގާނޫނުގައި ވެސް ލިޔެވިފައި ވަނީ މިގޮތަށް.
    އެހެން ނަމަވެސް ހުކުމް ތަންފީޒު ކުރާ ހިސާބަށް ދިޔައިމާ މިވެރިން ބަލަން ޖެހެނީ އދ އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ލަފަޔައި އިރުޝާދާއި އެމީހުން ނިންމާފައިވާ ނިންމުންތަކަށް. އަޑަށް ބާރުލާފައި މިބުނަނީ މީގެ އެތަކެއް އަހަރު ކުރިން މިރާއްޖޭގައި މަރަށް މަރުހިފުމުގެ ކަންކަން އޮތީ ހުއްޓިފައިއޭ. އަދި ބައިނަލް އަގުވާމީ ޖަމާއަތްތަކާއި މިރާއްޖޭގެ ވެރިކަމުގެ ފަރާތުން އެއްބަސް ވެފައިވަ ގަރާރުތަކުގައި މަރަށް މަރުހިފުން ތަންފީޒުނުކުރާން އެބަގޮވަޔޭ.
    ކަން މިހެން އޮތަކަށް މާދަމާވެސް ބޮޑުރާޅެއްނަގައި ނުވަތަ ބޮޑު ބަލިކަމެއް ލައިގަނެ މުސީބާތަކައި ކުރިމަތިވެއްޖިއްޔާމު އެކަމަކުން ސަލާމަތް ވަންދެން އެންމެން ހުދުތާކިހާ ބޮލުގައި އަޅައިގެން މިސްކިތަށް އަރައި ރޮއިހޭރޭރި އާދޭސް ދަންނަވާނެ، އެކަމުން ސަލާމަތްވީ ހުރިހާ ކަމެއް ހަނދާންނެތިދާނެ.
    ރޯދަމަހު މުހައްމަދުއް ރަސޫލުﷲ ގެ ނަމުގައި އެދައްކާ ފިލްމްގެ މޫސާގެފާނުގެ ބައިގައި ފިރުއައުނުގެ ގައުމަށް މުސީބާތް މެދުވެރިވީހިނދު އޭނާ އަމަލުކުރި ގޮތާއި މިރާއްޖޭގެ ވެރިކަމުގެ ފަރާތުންނާއި ގިނަމީހުން ކަންމިކުރާގޮތް ދާދި އެއްގޮތް. މުސީބާތް މެދުވެރިވީމައި ފިރުއައުނު މޫސާގެފާނު އަރިހުން މާތްﷲ ގެ ހަޒްރަތުން މުސީބާތުން ސަލާމަތް ކުރުމަށްއެދޭ، މުސީބާތުން ސަލާމަތްވާއިރަށް އެނާގެ ބޮޑާކަމާއި ކިބުރުވެރިކަން ކުރިޔަށްނެރެގަންނަނީ.

  4. ނުދޭނެ

    ހައްގު އަދަބަކީ މަރު..ދޭނެބާ🤔🧐