މިހާރު މިއީ ކުރިން ދަންނަ ރާއްޖެއެއް ނޫން ކަމަށާއި އެއްވެސް މިންވަރަކަށް ގަތުލުގެ މައްސަލަތައް ނުހިނގާ މި ރާއްޖޭގެ ހާލަތު މިއަދު މިއޮތް ހިސާބަށް ވާސިލުވި ގޮތާމެދު ފުންކޮށް ވިސްނަން ޖެހޭކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު އެގޮތަށް ވިދާޅުވެފައިވަނީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖެއް އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި މައްސަލައާ ގުޅިގެންނެވެ.

"ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި މަރާލާފައި ވަނީ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)އެވެ. އޭނާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ.

ޝިއާއަކީ މިއުޒިކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ޒުވާނެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވެސް މިއުޒިކް ކުޅެ، ލަވަ ކިއާފައިވާ ވީޑިއޯތައް ވެސް ފެންނަން އެބަހުއްޓެވެ.

އަންހެން މީހާގެ ހަތަރެސްފައި އޮތީ ބުރިކޮށްލާފައި!

ޝިއާ މަރާލާފައި ވަނީ ޝީރީންވިލާގެ ނުވަ ވަނަ ބުރީގައެވެ. ޝިއާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރިކޮށްލައިފައިވާ ކަން ވަނީ ކަށަވަރުވެފައެވެ.

މިކަމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން ވަހީދު ވިދާޅުވީ ރޭ ޒުވާން އަންހެނަކު މާލޭގައި ގަތުލުކޮށްލުމުން އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ހާއްސަކޮށް އެ އަންހެންމީހާ މަރާލި ގޮތުން ކޯފާވެ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަންހެންމީހާއާއި އޭނާގެ އާއިލާއަށް ހެޔޮ ދުއާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމު މިވަގުތު އޮތީ ސިހުމުގެ ހާލަތެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިއީ ކުރިން ދަންނަ ރާއްޖެއެއް ނޫން ކަމަށެވެ.

"މިއީ ކުރިން ދަންނަ ރާއްޖެއެއް ނޫން. އަޅުގަނޑު ކުޑައިރު ގަތުލުކުރުން އާންމެއް ނޫން. ގައުމަށް ވީގޮތާއިމެދު ފުންކޮށް ވިސްނަން ޖެހޭ. މިހާ ނުބައިކަން ބޮޑު ކަމަކަށް ވާސިލުކޮށްދެނީ ކޮންކަހަލަ އިިޖުތިމާއީ ހާލަތެއްކަމާއި، ކޮން ކަހަލަ ވިސްނުމެއްތޯ؟" އެމަނިކުފާނު ވިދާޅުވިއެވެ.

މުޖުތަމައެއްގެ ގޮތުގައި ހުއްޓި މިކަންކަމާމެދު ފުންކޮށް ވިސްނައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަލީ

    މިއީ އަނެއް ދިވެހިރާއްޖެ.

    18
    2
  2. ރަން ރީނދޫ

    މިއީ އަނެއް ދިވެހިރާއްޖެ. 2008 ކުން ފެށިގެން ހޯދަން އުޅޭ އަދި ކިރިޔާ މި ފެނުނީ.

    18
    2
  3. އަވަށުމީހުން

    ކަލޭ މިރާއްޖެ ޙަލާކުކޮއްލީ ޙަރާމް ބަޢާވާތެއް ކުރުވާގެން.. އެދުވަހުން ފެށިގެން އަދިވެސް ރާއްޖެ ހަމައަކަށްނޭޅޭ..

    14
    37
    • ރަސީދު

      މީވެސްހީވަނީ މީހުންމަރާމީހަކުހެން

  4. ކޮއްޔާ

    މިއީ ކުޑަ އިންޑިޔާ //

    18
    1
  5. ވަހީދުއްދީން

    ރާއްޖެ މި ހާލަތަށް ދިޔައީ ވަހީދު ބަގާވަތް ކުރި ފަހުންނޯ މީހުން ކިޔާ

    10
    31
  6. ޝާ

    މީނަގެ ވެރިކަމުގައި އަފްރާޝީމަށް އެހާ އްނިޔާކޮށްފަ ލާ އިންސާނީކޮން މަރާލިއިރު އޭރު އެއީ ކޮންކަހަލަ ރާއްޖެ އެއްބާ؟

    13
    17
  7. ނަޝީދު

    ވަހީދު ތިވިދާޅުވީ ވ ބޮޑުތެދުފުޅެއް. މިހާރުމީ އެބުނާ އަނެއް ދިވެހިރާއްޖެ.

    27
    3
  8. އަލީމޫސަ

    ލައްބަ ވަޙީދުމެން އިސްވެ ތިބެ ގެންނަން އުޅުނު އަނެއްދިވެހި ރާއްޖެ މިއޮތީ އައިސްފަ. ދެން މީތީގެ ވާހަކަ ކިތައްމެ ގިނައިން ދެއްކިޔަސް ސަލާމަތް ނުވެވޭ ހިސާބުގަ މިތިބީ. ހުރިހާ ކުޅިވަރެއް ކުޅެން ފުރުސަތު އެބަދެވޭ. ނުބައި ކަންތައްތައް އެގޭވަރަށް ވުރެ މާކުރީގަ މިރާއްޖެ މިހާރު.

  9. ސައިންސް

    މިރާއްޖެ ހެޔޮގޮތަށް ބަދަލުވަމުން އަންނަނިކޮށް މުޅި ނިޒާމް ގަޑުބަޑު ކުރިކަލޭގެ ކޮން އަގަޔެއް މިހުޅުވަނީ.

    7
    9
  10. ކަނިރު

    އާން މިހަަރު އުނދަގޫވާނެ ބަޤާވާތް ކުރަން

    3
    9
  11. ޚޮކި

    ކާޅޭ ރާއްޖެ!

    4
    7
  12. ބެއްޔާބެ

    ކޮން ކުރިއެއްގެ ވާހަކަބާ ތިޔަ ވިދާޅުވަނީ. ރާއްޖޭގައި އަނިޔާވެރިކަން އޮތީ އިއްޔެއަކު މިއަދަކު ނޫން. މީގެ ކުރިން ވެސް ރަސްރަސްކަލުން ވެސް އަނިޔާވެރިކޮށް މަރާފައި ވޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް އަނިޔާވެރިކޮށް މަރާފައިވޭ. ރިލްވާންގެ ގުނަވަންތައް ވެސް ވީ ބުރިކޮށްފައޭ ކިޔާ. ޔާމީންގެ މަރު ވެސް އެއީ ކުރީގެ ކަމެއް. ކާށިދޫ ވަލުތެރޭގައި ވެސް ވަރަށް އަނިޔާވެރިކޮށް ކުޑަކުއްޖަކު މެރި. ޝީރީން ކިޔާ އަންހެނަކު ފޮށްޓަކަށް ލާފައި އެއްލާ ވެސް ލި. އެކި ދުވަސްވަރު އެކި ކަންކަން ހިނގާފަ،. އެހެންވީމާ ކުރިން ނުދަންނަ ނުވަތަ ނުވާ ކަމެއް މިހާރަކު ވެސް ނުވޭ،

    6
    5
  13. ލަކީ

    ހެހެ އެއްކަލަ ޑޜ ވަހީދު ބއަލަވާ މިރާއްޖެ ބަދަލުވީ އިއްޔެ އަކު ނޫނޭ

  14. Anonymous

    ޝިރުކާއި ބޮޑު ފާފަކުރުން ވެސް ގިނަ ވެށި ތަޢައްޔަރުވެފައިވާ އަނެއް ދިވެހި ރާއްޖެ ނުންތޯ !

  15. ޖާބެ

    މިއީ މިހާރު ސަދޫމް ހުރިހާކަމެއް ހުއްދަ ރައްޔިތުން ހޫނުވާއިރައް ޑްރާމާކުޅެލާފަ ހިންދާ ބަޔެއް ތިބީ ވެރިކަމުގަ އިމްްރާން ބުނީ ރައްޔިތުންނަކީ ވ.ހަނދާންބަލީ ބަޔެކޭ އެހެންވީމަ ހުރިހާ ކުޅިވަރެއްހުފަވާނެ ސަރީއަތާ އިންސާފަކީ ވަކިބަޔެއްގެ ހައްގެއް މަރުކޮމިޝަން މަރުވެއްޖެ ކޮރަޕްޝަން ބައިއަޅާގެން ކުޅޭ ކުޅިވަރަކައްވެއްޖެ މަސްތުގަ ކުޑަކުދިންނާ ޤައުމުގެ މުސްތަގްބަލް މިއީ ރައްޔިތުން ބޭނުންވާ ގޮތްބާ

  16. ކަނޑުކޮސް

    މިއީ ފައްކާކުރާ އެނެއްދިވެހިރާއްޖެ، ޖަޒީރާ ރާއްޖެ އަދި ބިރަކާނުލާ އުޅޭ ރާއްޖެ ގިރިތަކުގެ ރާއްޖެ، އެމްޑީއެން ކުދިންގެ ރާއްޖެ..

  17. އަލީ

    މީހަކު ބުނިއަޑުއެހިން ތިމަންނާމެންނޭ ރާއްޖެ ބަދަލުކޮއްލީ ؟ ޢެންވީމާ ރާއްޖެ މިއޮތީ މިނިކާރާއްޖެ އަށްބަދަލުވެފަތާ ދޯ

  18. ރަދީފު

    ބަގާވާތްކުރި މީހުން މިހާރުވެސް ތިބީ މި ސަރުކާރުގަ ނަގާކިޔަން. ސޭކު އިމްރާން، ރައީސް މައުމޫން، ބުރުމާ ގާސިމު، ކާނަލް ނާޒިމު، އަބްދުއްﷲ ރިޔާޒު، ސޭކު އިލްޔާސް ފަދަ ކިތަންމެ ބައެއް. ބަގާވާތެއް ކުރިއްޔާ އެކަމެއްކުރި މީހުންނަކީ އެބައިމީހުން. ވަހީދަކީ އެންމެސަހަލުކޮށް މިހާތަނަށް ވެރިކަންކުރި ރައީސް.

  19. ހެ

    މީ އެގެންނަށް އުޅޭ އަނެއް ދިވެހިރާއްޖެ.އެގިނުލެންވި ނަމަވެސް ތިވެސް އެކަން ކުރަން އުޅުނު އެކަމުގެ ބައިވެރިއެން.

  20. އަލްޖިބްރާ

    މިރާއްޖެ ހަލާކުކުރީ ތިކަހަލަ މީހުން މިޤައުމުގައި ބަޣާވާތް ކޮށް ހުރިހާ ކަމެއް ހަލާކު ކޮށްގެން ! ދެން ކޮން ދަންނަ ރާއްޖެއެކޭ ތި ގޮވަނީ ؟ ކަލެއަށް މިރާއްޖެ ނޭގޭ ހާލުގައިވެސް ވެރިކަން ހަވާލުކުރީމާ އެކަމަށް ސަވާރުވާން އެގުނެއްނު ؟