މިދިޔަ ޖޫން މަހު ދިވެހި ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ އައްޝައިހް އާދަމް ނިޝާން މިއަދު ބަންދުން ދޫކޮށްލައިފިއެވެ.

ޝައިހް ނިޝާން ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ޝައިހް ނިޝާން ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.

ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ދޫކޮށްލަން ނެރުނު އަމުރުގައި ވަނީ އޭނާގެ މައްޗަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި މާލެ އިން ބޭރަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އޭގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވުމަށް ވެސް ކޯޓުން ވަނީ ޝައިހް ނިޝާނަށް ޝަރުތުކޮށްފައެވެ.

ޔޯގާ މައްސަލައިގައި ޝެއިހް ނިޝާން ހައްޔަރުކޮށްފައި ވަނީ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު އޭގެ ފަހުން ވަނީ ހަތަރު ފަހަރެއްގެ މަތިން އިތުރުކޮށްފައެވެ.

ޝައިހް ނިޝާންގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. އެއީ ޔޯގާ މައްސަލައިގައި ހައްޔަރު ކުރި ހުރިހާ އެންމެންގެ މައްޗަށް ވެސް ފުލުހުން ކުރާ ތުހުމަތެވެ.

ޔޯގާ ހަރަކާތް ހުއްޓުވި ދުވަހުގެ އެސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި ހަމަނުުޖެހުން ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތު ފުލުހުން ޝައިހް ނިޝާންގެ މައްޗަށް ކުރި ނަމަވެސް އޭނާ ވަނީ އާއްމުން ހަމަނުޖެހުން ހިންގިޔަ ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ސްޓޭޑިއަމްގެ އެތެރެއަށް ވަދެގަތް މީހުންގެ ތެރޭގައި ވެސް ޝައިހް ނިޝާން ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަންބަލާ

    الحمد لله

  2. ކޮރަލް

    ހިޔާލު ތަފާތު ވިއަސް ޔޯގާ މައްސަލައިގާ ޝެއިހުންގެ އެއްބައިވަންތަ ކަން ފެނިއްޖެ އެވެ.

    16
    1
  3. އުތުރާއި ދެކުނު

    އަލްހަމްދުﷲ
    ޝޭޚުން ހައްޔައްޔަރުގައި ބެހުއްޓުމަކީ ވަރަށްނުރައްކާތިކަމެއް
    އެއީހެޔޮވިސްނޭ ސަރުކާރަކުންކުރާނެކަމެއްނޫން
    ޝޭޚުން ހައްޔަރުކުރުމުގާޝާމިލްވާއެއްމެން އިސްތިޤްފާރުކޮއް ތައުބާވާންޖެހޭނެ
    އެއީ އެބަޔަކު މަތިންނާއިތިރިން ކުދިކުދިވެހަލާކުވާނެކަމަކަށްވާތީވެ

    11
  4. ޖކ

    ވެލްކަމްބެކް ޝެއިކް.

    15
    1
  5. ޢަލީ

    އަލްޙަމްދު ﷲ

    15
  6. ސާބަހޭ ލޮބުވެތި ޝޭޚް

    އަލްޙަމްދު ލިﷲ. ﷲ އަކްބަރު. އުފާވެރި ދުވަހެއް. ☺️

    18
    • އަހުމަދުވަގާރު

      ކޮންކަމަކާ

      • ލޮލް

        ކަލޭ ބަލަން ޖެހޭތަ؟

  7. އަލީ

    އިސްލާމްދީނަށް ފުރައްސާރަކުރާމީހާ ، މިސްކިއްތަށް ނަޖިސްކުރާމީހާ ، ގައުމުގެ މަސްލަހަތު ނަގާލާމީހާ ، ވެރިންގެ ލެވަލްގައި ބޭނުންގޮތަކަށް މަގުމަތިގައި، ސިރުކާދެކޮލުހަދާ އިލްމުވެރިން ބަންދުކޮށް ގަދަފަދަ އަނިޔާގައި،،،،،،،،،،،،،،،،،،،،،

  8. Anonymous

    މަރުހަބާ. ދީން ކުރިއެރުމުގައި ފަސްޖެހި ނުލައްވާ.

  9. Anonymous

    ޝިރުކަކީ ޓެރެރިޒަމް އަމަލަށް ވުރެންވެސް ބޮޑު ޓެރެރިޒަމް އަމަލު، ޔޯގާ ޝިރުކަކީ ބިންމަތީގައިވާ ބޮޑު ޓެރެރިޒަން އަމަލެއް ނުންތޯ ؟