މިމަހުގެ ހަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލޭ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު 22، (ޝިއާ) މަރާލަން ބޭނުން ކުރި ހަތިޔާރު ފުލުހުން ހޯދައިފިއެވެ.

ފުލުހުން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މި ހާދިސާ އާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހާމަކޮށްފައި ވަނީ ޝިއާ މަރާލުމަށް ބޭނުންކޮށްފައިވާ ހަތިޔާރު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު, ވިދާޅުވީ ރޭގެ ހާދިސާގައި ޝިއާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުޤީޤު މިވަގުތު ކުރިޔަށްދާތީ ތަފްސީލީ މަޢުލޫމާތުތަކެއް ހާމަކުރުމަށް ނިންމާފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"ތަހުޤީޤަށް މައުލޫމާތުތަކެއް އެބަހުރި ލިބިފަ. އިތުރަށް ބަލަންޖެހޭ ކަންކަން" ޝިފާއު ވިދާޅުވިއެވެ.

ރޭ ހާދިސާގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މި ހާދިސާ ހިނގި ޝީރީންވިލާގެ ނުވަ ވަނަ ބުރިއަށް ފުލުހުން ދިޔައިރުވެސް ޝިއާ ވަނީ ނިޔާވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ޝިއާގެ ކަރާއި ކަނާތު އަތް ކޮނޑު ހުޅުން ބުރިކޮށްލާފައިވާއިރު، އެކި އެކި އަނިޔާތައް ވަނީ ޝިއާއަށް ދީފައެވެ.

ޝިއާގެ ހަށިގަނޑު އެމްބިއުލާންސް އަށް އަރުވައިގެން ގަލޮޅު މޯޗަރީ އަށް ގެންދިޔައީ ވެސް ދެ ބޮޑީ ބޭގަކަށް ލައިގެންނެވެ.

ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާ މަރާލި މައްސަލަ އާއި ގުޅިގެން ފ. ނިލަންދޫ ޝާހިލް ނަމަކަށް ކިޔާ މީހަރު ރޭ ވަނީ މި ހާދިސާ ހިނގި ސީނުން ހައްޔަރުކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާފަބޭ2020

    ތިޔަހަތިޔާރު ފިލާއޮތީމަ ކުށްވެރިނުވާނެބާ؟

    13
  2. ސޯބެ

    މިހާ ބޮޑު ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު މައުލޫމާތުދޭން އަރާ ޕޮލިސް އޮފިސަރު އަބަދު ރަކިހިނޏެއް އައުސްފަ އިނީމަ ވަރަށް ހަޑި.އޭނަޔަށް ހީވާކަހަލަ މާ މޮޅުކަމެއް ހިނގައިގެން އުޅޭކަހަލަ. ވެދާނެ އެބޭފުޅާ އަވަދުވެސް ވާހަކަދައްކާއިރު ހުންނަގޮތްކަމަ ވެސް، އެހެންވީރު އެހެންމީހަކު އެތަނަށް އެރުވުން ރަނގަޅުހެން ހީވަނީ.

    30
    2
  3. އިއްބެ

    މި އުޅެނީ ކޮންކަހަލަ ހަތިޔާރެއްތޯ ނުބެލިގެންތަ ކަންކުރި މީހާ ކަންތަކާ ކޯޓު މައިތިރި ކޮއް ގައުމު ހައްލުކޮއްދެއްވާ

    15
  4. Anonymous

    ފ. ނިލަންދޫ އަކީ ހާދަހާ ނުބައި މީހުން އުޅޭ ރަށެކޭ ދޯ.

    24
    9
    • ލޮލް

      މީހުންގެ އަނބިން ޖަހައިގަންނަންވެސް ފ. ނިލަންދޫ ވަރެއްނުވާނެ. ޢަދި އެވެސް ދަރިންތިބި މަންމައިން

    • ނިލަންދޫ

      ފިރިހެން ހަށްޓަށް އަޅުކަންކުރި ބައެއް އެއީ، ދެން ރަނގަޅު ވާނެތަ.

  5. ހާލުފޮޅި

    ތަހުޤީޤް ކުރިއަށް ދާއިރު، މައްސަލައަށް 24 ގަޑިއިރު ވެސް ނުވަނީސް އެއްވެސް ސުވާލަކަށް ޖަވާބުދެވެން ނެތްއިރު ކީއްކުރަން ބޭއްވި ޕްރެސް ކޮންފަރެންސް އެއް؟؟؟؟؟