ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަން ސީޕްލޭނެއްގެ އެއް އިންޖީނު ނިއްވާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޓުވިޓާގައި މީހަކު އާންމުކޮށްފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ދަތުރު ކުރަމުން ދިޔަ ސީޕްލޭނެއްގެ ވާތްފަޅީގެ އިންޖީނު ފްލައިޓުގެ ކެޕްޓަން ނިވާލާ މަންޒަރެވެ.

ވީޑިއޯ ހިއްސާ ކުރަމުން އެ މީހާ ބުނެފައިވަނީ ފްލައިޓު ދުއްވަން އިނީ މުހައްމަދު ޖިލްވާޒް ރަޝާދު ނަމަކަށް ކިޔާ މޯލްޑިވިއަންގެ ކެޕްޓަނެއް ކަމަށެވެ. އަދި އެމީހާ ފްލައިޓް ވައިގެ ތެރޭގައި ހުއްޓާ އެއް އިންޖީނު ނިވާލައި ތެޔޮ ވެސް ކަނޑާލާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެފަދަ ކަންކަން ކުރުމަކީ މަނާކަމެއް. އެވަގުތު ކަމެއް ދިމާވިނަމަ ކާކު ޒިންމާވާނީ" ވީޑިއޯ އާންމު ކުރަމުން އެމީހާ ބުނެފައިވެއެވެ.

ދަތުރު ކުރަމުންދާ ފްލައިޓެއްގެ އިންޖީނު ނިއްވާލުމަކީ އޭވިއޭޝަން އުސޫލު ބުނާ ގޮތުންނަމަ މަނާ ކަމެކެވެ.

އާންމުވެފައިވާ ވީޑިއޯއާއި ގުޅިގެން ބަހެއް ހޯދާލުމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު, އައިޝަތު ޖެނިފާއަށް ގުޅާލުމުން ފޯނަށް ޖަވާބު ދީފައި ނުވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    އެމީހާގެމޮޅުކަންދައްކާލީ

    5
    1
    • ސޮރީ

      ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަން ފްލައިޓެއްގެ އިންޖީނު ނިއްވާލި މައްސަލައެއްޖެހިގެން ....

    • ފަޓުލޫން

      ma adu ehy theee feyku veediyo ekey . Photoa shoppp

      1
      1
  2. މއކ

    ހަމަހުރެބަހައްޓާފައެއް އިންޖީނު ނިވައެއް ނުލާނެ. ކޮންމެސް ސަބަބެއް އޮންނާނެ. އެހެންނަމަވެސް ކަމަކީ ނުރައްކާ ކަމެއް

    10
    2
  3. ޔަހުޔާ

    އޭވިއޭޝަން ކަހަލަ ޕްރޮފެޝަނަލް ދާއިރާގައި މިބާތުގެ ކަމެއް ކުރާނީ އެކަން ކުރާން އޮންނަ އުސޫލާއި އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ. ކޮންމެވެސް މައްސަލައެއްދިމާވީތޯއްޗެއް. ޓެކްނިކަލް މައްސަލައެއްދިމާވެއްޖެއްޔާމު ކަންކުރާން އޮންނަގޮތް އެނގޭނީ އެކަމާއި ގުޅޭ ބަޔަކަށް ނޫންތޯ؟ އެއްވެސް ކަމެއް މެދުވެރިނުވެ، ތެޔޮހަރަދު ކުޑަކުރުމަށް މީހަކު މިބާވަތުގެ ކަމެއް ކޮށްފާނެކަމަކަށް ގަބޫލުނުކުރެވޭ، އެހެން ނަމަވެސް މިއަދު ރާއްޖޭގެ ހާލަތުގައި ހީނުކުރާކަހަލަ ހަމަ ކޮންމެފަދަ ކަމެއްވެސް ހިނގައިފާނެ. މިކަމަކީ އެއްވެސް މައްސަލައެއް ދިމާނުވެ ގަސްތުގައި ކުރިކަމެއް ކަމުގައިވާނަމަ މި ކެޕްޓަން ވަޒީފާއިން ވަކިކޮށް ލައިސަންސް ބާތިލްކުރުމަށް ގޮވާލަން. މިފަދަކަންކަމުގައި ޔާމީނެއް ގާސިމެއް މައުމޫނެއް އިމްރާނެއް ނަޝީދެއް އިބޫއެއް އިންތިހާބަކަށް ބަލައިގެން ތިބެގެން ނުވާނެ.

    8
    1
  4. އަހުމަދުު

    މައްސަލައެއް ދިމާވެއްޖެޔޭ ބައެއްފަހަރު ނިއްވާލާނެ، މައްސަލަ ޖެހިފަ ހުރި އިންޖީނެއް އޮންކޮށްފަ ބެހެއްޓުމަކީ ބަައެއްފަހަރު މާނުރައްކާތެރިކަމެއް.

    10
    1
  5. ކޮލިޓީ ހާދީ

    ޖެނީއަށް ނުގުޅާ މަށަށް ގުޅާލިނަމަ ޖަވާބެއްދިނީމުސް.

    9
    1
  6. މަބުނީ

    ފެދަރ ޓެސްޓް އެ ހަދަނީ.

    5
    1
  7. ޕައިލޯ

    މިހެންވެ ދިވެހިންނައް ރަގަޅު ވަޒީފާ ނުލިބެނީ. އެންމެ ބޮޑައް ތަމްރީން ލިބިގެން ފުރާނައިގެ އަގު އެންމެބޮޑައް ވަޒަންކުރާ އެއް ދާއިރާއިން ތަމްރީންލިބިގެން މަސައްކަތްކުރާމީހެއް. ބޭރުން ޕައިލެޓުން ހޯދާ. މައަރާކައް ބޭނުމެއް ނުވޭ ދިވެއްސަކު ދުއްވާ ބޯޓަކައް.

    2
    5
    • މަހާ

      ޕައިލޯ ދެން އެހެންވީމަ ދަތުރު ނުކޮށް ގޭގަ އޮތީމަ އެންމެ ރަނގަޅު ވާނީ

    • ޢަލިފްބާތާ

      ޖިވާޒް އަކީ ވަރައް ޒިންމާދާރު ސޮރެއް. ވެދާނެ އިންޖިނު ފެއިލު ވެގެން ނިވާލީ ކަމައް. ނޫނީ ޓެސްޓެއް ހެދީ .ނޫނީ ފްރޮސީޖާ ފްރެކްޓިސް ކުރަން ހުސް ފްލައިޓއްގާ ކުރި ކަމެއް . އައި ޓުރަސްޓް މައި ކައްޕި ޖިލްވާޒް

      4
      1
  8. ސަމްސިއްޔާ

    އަހަރުމެންނަކަށް ނުފެނޭ ނިއްވިފައި އިންތަނެއް؟

    10
  9. ބަދި

    ގަމާރު ވިޔަސް ބޮޑުވަރު. ގޫގުލް ކޮށްލިޔަސް ފެންނާނެ އިންޖީން ނިވާލަނީ ނޫންކަން. ހަމަ މީހަކު އެއްޗެއް ޓްވީޓްކުރާއިރަށް ހަބަރެއް ލިޔާތި.

    5
    2
  10. ނިއުޓްރަލް

    ތި ވީޑިއޯއިން ފެންނަނީ ބަރާބަރަށް އެނބުރޭތަން.. މިހާރު ތިއުޅެނީ ކެޕްޓަން ފްރޭމްކުރަންކަން ޔަގީން..

    3
    1
  11. ޅިޔަންބެ

    ކެޕްޓަން ގެ އަގު ވައްޓާލުމުގެ ބޭނުމުގަ މިކަން ކުރުމުގާ ބައިވެރިވި އެންމެހާ ފަރާތް ތަކައް ބުނެލާނީ މީހަކައް ފުރައްސާރަ ކޮއްގެން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ އޭ. ތިމީހުންނައް ވެސް ދުވަހެއް އައްނާނެޔޭ