ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ދާއިރާއަށް ބޭނުންވި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ) ގަތުމަށް ހެލްތު މިނިސްޓްރީން އިތުރަށް ފައިސާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
ކޮވިޑް އާއި ގުޅިގެން ހަރަދުކުރުމަށް ކަނޑައެޅުނު ބަޖެޓާއި، އެ ފައިސާ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2020ވަނަ އަހަރުގެ ސެމްޕެޓެމްބަރު މަހާއި ހަމަޔަށް ހެލްތު މިނިސްޓްރީން ހަރަދުކުރި ގޮތުގެ ބަޔާން ހިމެނޭ، ކޮވިޑް އާއި ގުޅޭ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
އޭގައިވާގޮތުން މިނިސްޓްރީން ވަނީ އަމިއްލަ ފަރާތަކާއި ދެމެދު 2020ވަނަ އަހަރުގެ މާރިޗު ނުވަ ވަނަ ދުވަހު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން، 8.9 މިލިއަން ރުފިޔާގެ ތަކެތި ހަތް ދުވަސްތެރޭ މިނިސްޓްރީ އާއި ހަވާލުކުރުމަށް އެއްބަސްވެފައެވެ.
އެކަމަކު، މުއްދަތުގައި އެއްވެސް އެއްޗެއް ލިބިފައެއް ނުވެއެވެ. އޭގެ އެއް މަސް ފަހުން ބައެއް ތަކެތި ވަނީ ލިބިފައެވެ.
އެހެންނަމަވެސް، މުއްދަތުގެ ފަހުން، ތަކެތި ހަވާލުކުރުމުންވެސް، އެކަމުން ދައުލަތަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިކުއިޑޭޓެޑް ޑެމޭޖުގެ އެއްވެސް ފައިސާއެއް ނުކަޑައި އެތަކެތީގެ އަގަށްވާ ޖުމްލަ 4.5 މިލިއަން ރުފިޔާ މިނިސްޓްރީން ވަނީ އެކުންފުންޏަށް ހަވާލުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ސަރުކާރުން 517،915 ރުފިޔާ އިތުރަށް، އެކުންފުންޏަށް ވަނީ ދީފައެވެ. އެހެންވެ، އެފައިސާ އަނބުރާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަމުރުކޮށްފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާތީ، އެމައްސަލަ ބެލުމަށް “މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީއަށް ހުށަހެޅުމަށް އަދި މިކަމުގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީގެ އެޗްއާރްއެމްޑީ ކޮމެޓީއަށް ހުށަހެޅުމަށްވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް ތެރޭގައި ވެންޓިލޭޓަރުތައް ގެނައުމުގައި ވެސް ސަރުކާރުން ވަނީ ކޮރަޕްޝަން ހިންގާފައެވެ.
ބޮޑު އަގުގައި ދުބާއިން ގެންނަން އުޅުނު ވެންޓިލޭޓަރުތައް މިހާތަނަށް ވެސް ލިބިފައެއް ނުވެއެވެ. އެ މައްސަލައިގާ އޭރުގެ ހެލްތް މިނިސްޓަރ އަމީން ވަނީ އިސްތިއުފާވެސް ދެއްވާފައެވެ. އެކަމަކު، މާބޮޑު ފިޔަވަޅެއް ސަރުކާރުން އަޅާފައެއް ނުވެއެވެ.
ކޮވިޑަކީ ވައްކަންކުރަން ސޯލިހުގެ ސަރުކާރައް ލައްވާލި ފެނުގެ އީދެއް ވައްކަންނުކުރަ ހަމަ އެއްދިމާލެއްވެސް ނެތިއްޔޭ
މިނާގާބިލް ނަހަލާލު ސަރުކާރު ފެށުނީއްސުރެން ކުރަމުން އައީ ވައްކަން!! ހިންގަމުން އައީ ކޮރަޕްޝަންގެ ޢަމަލުތައް!! މިހެން އުޅެނިކޮށް ކޮވިޑް ލައްވާލީ!! ދެން ވައްކަމާއި ކޮރަޕްޝަން ހިންގުން މެކުހަށް ޖަހާލީ!! ކައިރި މީހުންގެ ރިސޯޓްތަށް ކޮރަންޓީން ފެސިލިޓީތަކަށް ބަދަލުކޮށް މިލިޔަނުން އެމީހުންނަށް ފައިސާ ދެމުން އަދި އޭގެެތެރެއިން ވަކި ބައެއް ކަޓްނަގައިގެން ދިޔައީ ޖީބުތައް ފުރަމުން!! އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ގާތް ކުންފުނިތަކަށްދީ ބާޒާރުން ތަކެތި ގަނެ އެތައްގުނައެއް ބޮޑުކޮށް ސަރުކާރަށް ބިލުކުރަމުން ކޮރަޕްޝަނާއި ވައްކަން ހިންގަމުންދިޔައީ!! އޯޑިޓް ރިޕޯޓަކުން ފެނުނު ހަކުރު ކިލޯ ގަނެފަ އެވަނީ -/18 އަށް ކަމަށް ބުނެ ބިލްކޮށްފައިވަތަންވެސް!! މިކަހަލަ އެތައް ވައްކަމެއް!! ވެންޓިލޭޓަރުގެ ވައްކަން!! ވަގުތީ ތަންތަ ހަދަންކުރި އެތައް މިލިޔަން ރުފިޔާއަކުންވެސް ކުރީ ހަމަ ވައްކަން!! ބަލާލި ކޮންމެ ދިމާލަކުންވެސް ކުރަމުން އެގެންދަނީ ވައްކަން!! ހިންގަނީ ބޮޑެތި ޖަރީމާތައް!! ނިކަން ބަލާ ރާއްޖެއިން ބޭރުގައި ހުންނަ އެންބަސީތަކަށް މިސަރުކާރުގެ އިސް އެތައް ބައެއްގެ ދަރިންނާ ގާތްތިމާގެ ނާގާބިލް މީހުން ލައިގެން ހިންގަމުންގެންދާ ޖަރީމާ!! ކޮންމެ މީހަކަށް އަހަރެއްގެ މައްޗަށް 1.7 މިލިޔަން ރުފިޔާ އެގެންދަނީ ޚަރަދުކުރަމުން!! ބައެއް ނޫސްތަކުން އެޚަރަދުތަކުގެ ތަފްސީލް އެގެންދަނީ ހާމަކުރަމުން!! ނުބައި ނުލަފާ ބައެއްގެ އަތްމައްޗަށް މިއޮތީ ވެރިކަން ހަވާލުކޮަށްފަ ކޮރަޕްޝަނާ މަކަރާ ހީލަތުގެތެރެއިން! މިއީ ޝަރީފް ކިޔާ މީހަކު އިސްވެ ހުރެ ހިންގި ބޮޑު ޖަރީމާއެއް!!
މިއީ އެންމެ ބޮޑު ހިޔާނާތް ހިންގި ސަރުކާރު އަދި ރައްޔިތުން ހާލުގަ ޖެހުނު ދުވަހު.
* ވެންޓިލޭޓަރުން،
* ޕީޕީއީން،
* ޓޫރިޒަމް މިނިސްޓްރީން ހިންގި ޖަރީމާ
ހުރިހާ ޖަރީމާއެއް އޮއްބާލީ
ސޯލިހާދެކޮޅަށް ވެރިކަން ނިމުނުދުވަހަކުން ދައުވާކުރެވޭނެ މިއީތޯތޯވާހަކައެއްނޫން އެންމެބޮޑުހިޔާނާތް ހިންގިވެރިއަކަށް ސޯލިހުވެއްޖެ ރަށްޔަތުން ހާލުގަޖެހުނު ދުވަހު ފައިސާއަށް ހިޔާނާތްތެރިވެ ވެރިކަން ނިމުނު އިރުވެސް ގައުމަށް ކޮށްދެވުނު ކަމެއްނެތް.
ހާދަހާ އޭ ދެން ވައްކަންގަޑު ބޮޑީ.!! ރައްޔިތުން އަތުން ގިނައިން ޓެކްސް ނަގާ.