ހުޅުމާލެ ބީޗް ސަރަހައްދުގައި ލަކުޑި ފަތިބުރިއަކުން މީހަކަށް ހަމަލާ ދީފިއެވެ.

މިހާރު މީސް މީޑިއާގައި ދަނީ ފުލުހަކު އޭނާ ހިފަހައްޓައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ. އަދި އިތުރު ފުލުހެއްގެ އަތުގައި ލަކުޑި ފަތިބުރިއެއް އޮތްތަން ފެނެއެވެ.

ބެލެވޭ ގޮތުގައި އެއީ އޭނާ ހަމަލާދޭން ބޭނުން ކުރި އެއްޗެވެ.

އަދި އޭނާ ފުލުހުންނަށް ގަދަ ދައްކާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެން ދެއެވެ. އަދި އަވަގުރާނަ ގޮވާ އަޑުވެސް އެ ވީޑިއޯއިން އިވެއެވެ.

އެ ވީޑިއޯއިން ދެން ފެނިގެން ދަނީ ފުލުހުންނަށް ފިލަން ވެގެން އޭނާ ދުއްވައިގަންނަ ތަނެވެ. ނަމަވެސް ފުލުހަކު އޭނާ ހިފަހައްޓައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ހުޅުމާލެ ބީޗްގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރު 13:23 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި މި މާރާމާރީއާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"މި މާރާމާރީއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން".

ކިޔުންތެރިންގެ ހިޔާލު