ރަށް ރަށުގެ އަންހެނުންގެ ކޮމިޓީތަކުގައި ހިމެނޭ ހުރިހާ އަންހެން މެމްބަރުން އެމްޑީޕީގެ ކޮންގްރެސްގައި ހިމަނަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވައިފިއެވެ.

ރޮޒައިނާ އެގޮތަށް ހުށަހެޅުއްވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ރޮޒެއިނާ ވިދާޅުވީ ކައުންސިލްތަކުގެ އެމްޑީޕީގެ ހުރިހާ މެމްބަރުން ކޮންގްރެސްއަށް އާދެވޭ ގޮތަށް އޮތުމުން އެކަށީގެންވާ ވަރަށް އަންހެން ބޭފުޅުން ފެންނާނެ ކަމަށް އުއްމީދުކުރެވުނު ކަމަށެވެ.

ނަމަވެސް ކޮންގްރެސް އިން ފެނުނީ ވަރަށް މަދު އަންހެން ބޭފުޅުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދު އިސްލާހު ކުރަމުން ދިޔައިރު އަންހެން ދެ ކައުންސިލަރުން އަންނާތީ އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ބޭފުޅުން މުހިންމު ނޫން ކަމަށް އޭރު ބެލެވުނު ކަމަށެވެ.

"އެއީ އެކަށީގެންވާ ވަރަށް އަންހެން ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް. އެކަމަކު ފެނިގެން ދިޔައީ އެ މަންޒަރެއް ނޫން. ދަތުރު ފަތުރުކުރުމުގައި އަންހެނުންނަށް ހަމަ ދަތިތައް އެބަ ހުރޭ. ކުދިން ބަލާނެ މީހުން ނެތުމާ އެކީގައި ރަށުން ބޭރަށް ގޮސް ކަމެއްގައި ބައިވެރިވާން ބަލާލާއިރުގައި ގިނަ ފަހަރަށް މި ދަތިތައް އެބަ ދިމާވެ. އެހެންވެ ކައުންސިލްތަކުގައި ހިމެނޭ ގިނަ އަންހެން ބޭފުޅުން ވެސް ބައިވެރިނުވާ މަންޒަރު މި ފެންނަނީ" ރޮޒައިނާ ވިދާޅުވި އެވެ.

އެހެންކަމުން އަންހެނުން ކޮންގްރެެސްގައި ޝާމިލުވާ މިންވަރު އިތުރުކުރަން ޑަބްލިއުޑީސީ ހިމެނޭ ހުރިހާ އަންހެން ބޭފުޅުން ކޮންގްރެސްގައި ވެސް ހިމަނަން ރޮޒެއިނާ ހުށަހެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްރާފު ސަރުކާރު އިސްތިއުފާ

    އެއީ މި މީހުން ހަމަ ބޭކާރު ނަމެއްގައި އުފެއްދި ކޮމިޓީ ތަކެއް މި ރޮޒެިއިނާ މެންގެ މީހުންނަށް ފައިސާ ބަހަންވެގެން. ދައުލަތުން ކުރާ ބޮޑު އިސްރާފެއް. ކައުންސިލްތަކުގައި އަންހެނުން ތިބޭ ދެން ކޮބާ ކޮމިޓީތަކޭ ކިޔާފައި ރުފިޔާ ދޭ ގޮތަށް އެކަން ކުރަން ޖެހޭ ސަބަބެއް. ރޮޒިއިނާމެންގެ ނުފޫޒު ގަދަކުރަން ސިޔާސީ ގޮތުން ކުޅޭ ކުޅިއެއްތީ. މަމެން މިތިބީ ހޭލާ ވާނުވާ އެބަ ފެނޭ ތިޔަ ރޮޒެިއިނާއާ މަވޯޓާ މެންތީ އެމްޑީޕީއަށް ޑީއާރުޕީއިން ލެއްގި ފުޅައަޅާފައި ހުރި ކުނިތަކެއް. ތިޔަ ފުޅަތަކުން މުޅި އެންޑީޕީވެސް އެހެރަ ދަނީ ހަލާކު ވަމުން

  2. މެޔޮނައިސް

    ޢޭރުން އަލަމް ގިރި އައް ވީހެން ވެދާނެ ތިމީހުންނައް...