ރާއްޖެއަށް ގެންނާނެ އެންމެ ބޮޑު އިޖުތިމާއީ އަދި އިގްތިސޯދީ އިންގިލާބު ގެނެސްދެއްވާނެ ހަމަ އެކަނި ވެރިއަކީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ކަމަށް އެޕާޓީގެ ނައިބު ރައީސް، ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ނ.ކުޑަފަރި ރައްޔިތުންނާއި ސިޔާމް ބައްދަލުކުރެއްވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ރަފިއްޔާ ވިދާޅުވީ، އެމްޑީއޭއިން މަސައްކަތް ކުރަމުން އަންނަނީ އިގްތިސޯދީ އެޖެންޑާއެއް ގެންނާކަށް ނޫން ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަނީ ރެވެލިއުޝަނަރީ، އިންގިލާބީ، އިގްތިސޯދީ އެޖެންޑާއެއް ރާއްޖެއަށް ގެނައުމަށް ކަމަށެވެ.

ރަފިއްޔާ ވިދާޅުވީ، އިގްތިސޯދީ އެޖެންޑާގެ ނަމުގައި ވެރިކަމަށް އައި ފަރާތްތަކުން ވައްކަންކޮށް، ކޮރަޕްޝަންގައި ޖެހި މުޅި ގައުމު ފަސާދަ ކޮށްލާފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމުން ދުރުވެފައިވާ ސިޔާމް ވެގެން ވާނީ މިގައުމަށް އިޖުތިމާއީ އިގްތިސޯދީ އިންގިލާބެއް ގެނެސްދެއްވާނެ ރައީސަކަށް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ކުޑަފަރީގައި ބޭއްވި ޖަލްސާގައި ރަފިއްޔާ ވާހަކަ ދައްކަވަނީ

"އިރާދަކުރެއްވިއްޔާ މިގައުމަށް ގެންނާނެ އެންމެ ބޮޑު އިޖުތިމާއީ، އިގްތިސޯދީ އިންގިލާބު ގެނެސްދެއްވާނީ އަޅުގަނޑުމެންގެ ޕާޓީން، އަޅުގަނޑުމެންގެ ރައީސް، ރައީސް އަހުމަދު ސިޔާމް މުހައްމަދު" ރަފިއްޔާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް އަސާސީ ހުރިހާ ބޭނުންތަކަށް ފުއްދައިދޭތޯ ދިވެހިން ވަރަށް ބޮޑު ގުރުބާނީއެއް ވެފައިވާކަން ފާހަގަ ކުރައްވަމުން ރަފިއްޔާ ވިދާޅުވީ، ރައްޔިތުން މިހާރު ގޮވަމުން އަންނަނީ އެކަންކަން ބަދަލުކޮށްދިނުމަށް ކަމަށެވެ. "މި ބަދަލަކީ ތާރީހީ ބަދަލަކަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ހަދާނަން" ރަފިއްޔާ ވިދާޅުވިއެވެ.

"މި ބަދަލުގެ ތެރެއިން ތިބޭފުޅުންނަށް އުފާވެރިކަމާއި ހިތްހަމަ ޖެހުމާއި އަދި އޯގާތެރިކަމާއި އިރާދަކުރެއްވިއްޔާ މިގައުމުގެ އިސްލާމް ދީނުގެ ރިވެތި ގޮތްތައް އަޅުގަނޑުމެން ސާބިތު ކުރާނަން" ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ، އެބޭފުޅުން މިއަދު ނިކުންނަނީ މިހާރު ރާއްޖޭގައި އޮތް ރޭސިޒަމް އާއި ފޭވަރިޒަމްގެ އިތުރުން ނެޕޮޓިޒަމް ނައްތާލުމަށް ކަމަށާއި އެކަން ކުރެވޭނެ ހަމަ އެކަނި ރައީސަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ސިޔާމް ކަމަށެވެ.

"ސިޔާމްއަކީ ތިބޭފުޅުންނަށް އެކަކު އަނެކަކު ދައްކޮށްލާ، މަތިކޮށްލާ ފޭވަރިޒަމް ގެންގުޅުއްވާނެ ބޭފުޅެއް ނޫން. މިއަދު އަޅުގަނޑުމެންގެ ގައުމަށް ބޭނުން ވަނީ މިކަހަލަ ވެރިއެއް. އެއީ އަޅުގަނޑުމެންގެ މިތިބި އަޅުވެތިކަމުގެ ދަށުގައި ކަމަށްވާތީ." ރަފިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒަރީރު

    ކޮބާތަ ތި ޕާޓީގަ އުޅޭ އުމަރުގިރި މީ އެކަހަލަ މީހުން ހިމާޔަތް ކުރާ ޕާޓީޔެއް

    17
    • އުމަރު

      މިޕާތީގައި ގިރިއެއް ފަޅެއް ނެތް އެހެންޕާޓީތަކުގައި އެތިބީ މިއީ އެމްޑީއޭ އެމްޑީޕީ އެއްނޫން

  2. ޒާ

    ޝިޔާމްގެ އެވާރ ގާލް ތިވާހަކަ ދެއްކިޔަސް ކާކު ގަބޫލް ކުރަނީ؟

    19
    2
    • އަލީ

      ހެހެހެ..ރަފީ އެވިދާޅުވީ ހަމަތެދެއް. މިހާތަނަށް ވެރިކަންކުރެއްވިބޭފުޅުން އެބޭފުޅުންގެ އަމިއްލައެދުން އިސްކުރެއްވީ އެހެންވެ އިޖްތިމާއީ އިގްތިސާދީ ފޭރާން ނެތިގެން މިދަނީ،، އަގުވައްޓާލަން ތިހެން ކޮމެންޓްރުރެއްވިޔަސް ރައްޔަތުން ތިބީ މިފަހަރު ސަން ސިޔާމަށް ވެރިކަމަށް ގެންނަން ކެތްމަދުވެފައި ސާބަހޭ ރަފީ ތިކަހަލަ ދެތިންމީހުން ބޭނުންވަނީ.

  3. Anonymous

    އެއްވެސް ވިސްނުމެއްނެތި ކޮންމެ ވާހަކައެއްވެސް ތަންތަނަށް އަރާފަ ދައްކާލީމަ ނިމުނީ ދޯ،

    17
    1
    • ސަމީރު

      އަދި އެއްފަރު ކިޔާލަބަލަ.. ރަނގަޅު ވާހަކަތަކެއް ވިސްނާ ފިކުރުކުރާބަޔަކަށް އިބްރަތްތެރި ވާހަކަތަކެއް. ރަފީ ފަހަތަކަށް ނުޖެހޭތި މީހުން ފާޑު ފާޑު ވަހަކަ ދައްކާނެ އެމީހުން އެތިބީ އަދިވެސް އަނެއް ދިވެހި ރާއްޖެ އަށް އިރުއަރާތޯ ގުބޯ ހެދިފައި އަނެތްބައިމީހުން އެތިބީ އަދިވެސް ކުންފުންޏެއް ހަދާފައި މޮޅު ގޮތަކަށް ދަވާލެވޭތޯއެވެ. މީމީހުންގެ ފަހަތުން އުޅުނު މީހުން މަދުވާތީ މޭކަރަނީ.

      2
      1
  4. ހެެެހެ

    ކޮން އިރަކު؟ ކިހިނެތް؟ ކޮށް ގޮތަކަށް؟

    11
  5. ނަޒީ

    ހޭވެރިކަންހުރެގެންތާ ކަމެއް ވާނީ؟ 24 ގަޑީގެތެރެއިން ހޭވެރިކަމުގައި ހުންނަނީ ކިތައް ގަޑިއިރުތޯ ބަލާބަލަ!!!!!!

    14
    • މުރުޝީދު

      ރަށް ދޫލައިގެ މަރުހަބާއެއް ކުޑަފަރީގެ ކައުންސިލުން ކީމަ ހަމަ ހަޖަމްނުވެގެން ދޯތިއުޅެނީ... ބިލިޔަނަރ ސިޔާމްގެ ވިސްނުން ތެރިކަމާއެކު މުޅި އަތޮޅު އެމްޑީއޭ އާއި އެގުޅުނީ ދެން އެހެން ޕާޓީއަށް އެތަނަކުން ޖާގައެއް ނެތް ސޮރީ ނަޒީ.

      2
      1
  6. ކުޑަފަރީ މީހާ

    ތިޔައަންހެނާގެ ސަބަބުން އިންތިޚާބުގައި ސިޔާމުވާނީ ބަލި! ރަފިއްޔާއަކީ އަމިއްބޮޑި ބޮޑުކުރާ މީހެއް! ރަފިޮއްޔާގެ ފަރާތުން ސިޔާމަށް ލިބުނު އެއްވެސް ސިޔާސީ ފައިދާއެއް ފެންނާކަށް ނެތް!

    18
    1
    • އަހުމަދު

      ކުޑަފަރީ މީހާ ޖޭވިޔައަސް ތިއީ ބޮޑުވަރެއް. ތިބޭފުޅާގެ ދެލޮލަށް ނުފެންނަ ނުވަތަ ނުވިސްނޭ ކޮންމެ ވާހަކައެއް ދެންތިބި ވިސްނޭމީހުންވީ ގަބޫލުކުރަންތޯ؟ ތިޕާޓީ އުފައްދާގެން މިއަދާހަމަޔަށް ދެގޮތެއްނުވެ ހުރި ހަމައެކަނި މީހަކީ ރަފިއްޔާ ބުނުމަކުން ދޮގަކަށް ނުވާނެ ރައްފިޔާއެއް މިހާތަށް ސިޔާމް ނޫންމީހަކު ޕޮރޮމޯޓެއް ނުކުރޭ ރަނގަޅަށްބަލާ! މާއްޓޭމެން އާމިރުމެން ޒިޔާދުމެން ދުވީ އެހެންޕާޓީތަކުގެ މީހުން ޕޮރޮމޯޓްކުރަމުން 2018ގަ ރަފިއްޔާ ހުރީ ސިޔާމާއެކު ސާބިތުކަންމަތީގައެވެ. ރަފިއްޔާގެ ހިދްމަތް މުޅިރާއްޖެއަށް ވަނީ ފޯރާފައި މީހުން ހޭލުންތެރި ކުރުވުމަށް އެތަކެއް މަސައްކަތެއްވަނީ ކުރައްވާފައި އަދިވެސް ދަނީ ކުރައްވަމުން މުޅިކުޑަފަރީ ސިޔާމާއި ގުޅުމުން ތިބޭފުޅާއަށް އެކަން ނުހުއްޓެވުނީމަ.. ދެންހަޖަމް.

  7. ރީހާ

    ކަލޯ ބިލިޔަނަރު މުޅި އަތޮޅު ނަގައިފި ވަރަށް އަވަހަށް ފެންނާނެ މަޖިލިސް މެންބަރުން ވެސް ބިލިޔަނަރުގެ ފަހަތުން އުޅުއްވާތަން. މަގޭ ހިއްސާ މަގޭ ގައުމަށް މިހަފަރު ސާބަހޭ ރަފީތިކުރައްވާ ހިތްވަރަށް ވަރައް އިބްރަތްތެރި ވާހަކަކޮޅެއް ތި ހިސާކުރެއްވީ.

    2
    1