ސިޔާސީ ބޭފުޅުން ވައުދު ވަނީ ފުއްދަން ކަމަށާއި ވައުދަކީ މީހަކު ކުށްވެރިވާ ޒާތުގެ އެއްޗެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ސިޔާސީ ހުރިހާ ބޭފުޅުން ވެސް ވައުދުވެވަޑައިގަންނަވާ އިރު، ގިނަ ވައުދުތައް ފުއްދުމަށް އެންމެން ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.
ވައުދު ފުއްދުނު މިންވަރަށް ބަލާފައި ސިޔާސީ ގޮތުން ވަކި ހިސާބެއްގައި ބެހެއްޓުމަށް ރައްޔިތުން ގޮތް ނިންމާ ކަމަށާއި ވައުދަކީ އެހެން އޮންނަ ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"އެހެން އޮންނަ ކަމެއް ވައުދަކީ. ވައުދަކީ މީހަކު ކުށްވެރިވާ ޒާތުގެ އެއްޗެއް ނޫން، ނަމަވެސް އެމީހާ އަށް ވައުދެއް ނުފުއްދިއްޖެ ނަމަ، އެމީހާގެ ކޮންސެކުއަންސް ހުންނާނެ. ސިޔާސީ ކޮންމެ މީހަކަސް،" މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވިއެވެ.
ވައުދު ވަނީ ފުއްދުމުގެ މަގްސަދުގައި ކަމަށާއި އެއީ ރަށެއްގެ ބަނދަރު މައްޗަށް އަރާފައި ދައްކާލާ ވާހަކައެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އެއްވެސް ޒާތުގެ ސިޔާސީ ލީޑަރަކު އެ ޒާތުގެ ކަމެއް ނުކުރައްވާނެ ކަމަށް،" އަސްލަމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ފުއްދަވާ ދެއްވާނެ ކަމުގެ ޔަގީން ކަމާއެކުގައެވެ. އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސް ކަމެއް ދީގެން ކުރަމުން އަންނަ އެއް ކަމަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކިއެކި ކުންފުނިތަކުން 6،187 ހައުސިން ޔުނިޓް މިހާރު ވެސް ކުރިއަށް އެބަދެއެވެ.
މާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދައިދީ، އާންމުންނަށް ފުއްދުންތެރި ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ހުޅުމާލޭގައި ގިނަ މަސައްކަތްތަކެއް އެޗްޑީސީން ކުރެއެވެ.
ވައުދަކީ ބޮޑުދޮގަކަށް ވެއްޖެޔާ 2 ދުނިއިންވެސް އޭގެ ހިތިފެންނާނެ ކަމެއް. އިސްލާމުންނަށް ވީއިރު ތިވިދާޅުވީ ކޮންކަހަލަ ވާހަކައެއް. މީ ހުސް ދޮގު ހަަދައިގެން މަކަރުން އުޅެން އައިސްފަ ތިިބި ތަނެއްތަ؟
ވައުދަކީ އޮޅުވާލާފަ ވޯޓު ހޯދަން ދައްކާ ދަޅައެއް ދޮއްތޯ؟
ވައުދަށް އެއީ ގާނޫނީގޮތުން ފިޔަވަޅު އެޅޭ ކްރިމިނަލް ކުށަކަށް ހަދަން ގާނޫނޫ ހަދާ މަޖިލީހުން ވިސްނަންވެއް ޖެ ނޫންތޯ؟
މިކަހަލަ މަކަރުވެރި ހީއްލަތްތެރީން ސައިޒުކުރެވޭނީ އޭރުން
ވެރިކަަމަކީ އަމާނަތްތެރިންގެ ޙައްޤެކެވެ.
އަސްލަމޫ އިސްލާމް ދީނުގައި އޮންނަނީ ވައުދުވެއްޖެނަމަ ފުއްދުމަށެވެ. ވައުދަކީ ޒާތެއްގެ ހުވައެކެވެ. އެހެންވީމަ ކަލޭމެން ވައުދޭކިޔައިގެން އޮޅުވާލުމާއި ދޮގާއިމަކަރު ހެދީކަންސާފުވީއެވެ. އަދި ކަލޭމެންވި ވައުދުގެ ބޮޑުބައި ނުވެސްފުއްދެއެވެ.
ދީނެއް މިއްލަތެއް ނެތް ބަޔަކު މިކަހަލަ ވާހަކަ ދެއްކީމާ ހައިރާނެއް ނުވޭ. ރާ ބޮއިފަ ވެސް މިކަހަލަ މީހުން ބުނާނީ ރަލަކީ ބޯން ހުންނަ އެއްޗެކޭ. ރާބުއިމަކީ ކުށްވެރިވާ ޒާތުގެ ކަމެއް ނޫނޭ.
އަހަރެމެން ކުޑައިރު ކިޔެވި ޖަމީލު ދީދީ ލިޔުއްވާފައި އޮންނަ މަކާރިމުލްއަޚުލާޤު ފޮތުގައި އޮންނަނީ ވަޢުދަކީ މުއުމިނާގެ މައްޔަށް އޮތް ދަރަންޏެއް ކަމަށް.
ކަލޭގެ ރައީސް ވައުދުވި ދީނަށް ހުރުމަތްތެރި ކޮށް ހިތުމަށާއި ރަށްޔަތުންގެ ހަށްގުތަށް ހިމާޔަތް ކުރުންމަތީ ދެމި ހުރުމަށް ﷲ ގަންދީ ހުވާކުރި ކޮބާތަ ވީ ވައުދު ޕޯޑިއަމް ކީއްކުރަން ބަނދަރުމަތީ ހުރެވެސް ކުރާ ވައުދެއް ނުފުއްދޭ ކަލެޔަކަށްވެސް ކަލޭގެ ރައީސަކަށްވެސް ކޮބާ އަލަމްގިރީގެ ލިވާތު ގުރޫޕު އެތިބީ ޖަލުގަދޯ ވައުދެއްވެސް އެހެންކަމެއްވެސް ކަލޭމެންނަކަށް ނުފުއްދޭ ފޮނި އަނގަ ނުތަޅާ ލެއްގި ބުރިޖު ނަގަންދޭބަލަ.
ތިބޭފުޅުން ނޫން ބައެއްނަމަ ކުއްވެރިވާނެ
ދަންނަމުތަ ދޮގުހެދުމުން ފާފަވެރިވާކަން. ވައުދެއްވެއްޖެ ނަމަ ފުއްދަންޖެހޭނެ. ވައުދު ނުފުއްދުމަކީ ވައުދަށް ހިޔާނާތްތެރިވުން ރައްޔިތުންނަށް ދޮގުހެދުން .ވިވަރުގެ ބޮޑު ކުށެއް ކޮބާ؟
މުނާފިގުންގެ އަލާމާތްތަކުގެ ތެރޭގައި އޮވޭ ވައުދެއް ވެއްޖެ ނަމަ ނުފުއްދުން.
ކަލޭ ދެން ވައުދޭކިޔައިގެން ރައްޔިތުންކައިރިއަށް ނާންނާތި
ވައުދު ވަނީ ފުއްދަން އެހެން މީހުން ކޮއްފަ ހުންނަ ކަންކަން އެއީ ތިމަންނަމެން ކުރިކަމެކޭ ކިޔާކައްނޫން.
ގަސްތުގައި ނަމަވެސް ގަސަތަކާ ނުލައި ނަމަވެސް ވާހަކަ ވަރަށް ރަގަޅު. ވަޢުދަކީ އެއާ ހެދި ކުށްވެރިވާނެ އެއްޗެއްނޫން. އެހެން ވީއިރު މިމީސްމީހުން މި ވަޢުދުވަނީ ރަޢިއްޔަތުން ގަޅަހައްދަން. ވަޢުދަކީ ކުޑަކުދިން ނިންދަވަން ކިޔާ ނާނާ ކަހަލަ އެއްޗެއް . ވޯޓާ ޖެހުނީމާ ކިޔާ ސިޔާސީ ނާނާއެއް. ތިއްތިކޮށް އޮވެ ނިދިއްޔާ މެޓާ ގަނެދޭނަށް. ތިއްތި ހެދުން ހޯދާ ދޭނަށް. ވޯޓްން ހޮވެއްޖެއްޔާ އެވެނި ކަމެއް މިވެނި ކަމެއްް ކޮށްދޭނަށް..
ކޮބާތޯ ދަތުރުފަތުރު ގެ ވައުދު / ނިޒާމު.
އެކަން ހަމައެކަނި ކުރިމީހުން ދަރުވާލީ ސަރުކާރުން އަސްލަންމެން ރައޔިތުންގެ ލާރިކާންވެގެން.
ނުލާހިކު ރަގަޅަށް މީމުފާފުދާލު ގަ ކުރަނިކޮށް އެމްޓީސީސީ ފޭރިގަތީ. ކޮބާކާފު އަތޮޅު ފޮއްތެޔޮ .؟
ކޮންމެރަށަކުން ބިންނަގާފަ ޓްރާންސްޕޯޓު މިނިސްޓްރީ 12 އަހަރުވެއްޖެ ވަޒީފާއުފައްދަންޖެހޭ. ރައްޔިތުންގެ ބިމަށް ބަދަލު ލިބެންޖެހޭ.
ނޫސްވެރިންވެސް މިކަން ނުބެލަނީ ކީއްވެބާ ؟
ވައުދަށްވެސް އަދި ކަލޭކޮށްގެންހުރި ހުވައެއްވެސް ކުއްވެރިނުވޭ، ކުއްވެރިވަނީ ވައުދާއި ދޮގުހުވައިކޮށްގެން ތިބި ތިކަހަލުގެ ކޮހުންކަންވެސް ކަލެއަށްނޭގުނެއްނު،!!!
އެކިއެކި ކުންފުނިތަކުން 6،187 ހައުސިން ޔުނިޓް މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެހެންވީމަ 6187 ގުނަ 8500 =/52589500 ރުފިޔާ ރައްޔިތުންގެބޯހިޔާވަހިކަމުގެ ނަމުގައި އެހެންވީމަ 150 މިލިޔަނެއްހާރުފިޔާ ލިބޭނެތާ ތިޔަ އެޗްޑީސީއައް ރައްޔިތުންނައް ފުލެޓް ކުއްޔައްދީގެން ތީވަރައްފައިދާވާވިޔާފާރިއެއް އަނެއްކޮޅުން ކުލީގެ އަޅުންނައް ރައްޔިތުންވީމަ ފަސޭހަވާނެ ވޯޓްހޯދަން އޭސަހަރޯ މިޔޮއްގައުމެއް
ވައުދޭކިޔާފަ ރާއްޖޭގެ ހުރިހާ އެއްމެނަށް ބަލަފު އަރާ ހުޅުމާލޭގެ 15 މިލިޔަން ރުފިޔާގެ ބިންތަށް ވައުދެއް ވެވިފަ އޮތީމައޭ ކިޔާ ބަހާލުމަކީ ކޮންކަހަކަ ކަމެއްބާ؟ އެނގިހުރެ އެކަހަލަ ކޮސް ވައުދުވަނީ ކީއްވެބާ؟
ވައުދު ވެވޭނީ އަގައިން އެކަން ބުނެގެން، ދިވެހިބަހުގަ އޮއްނާނެ ބުނެފަ ބަސްބުނުމުގެ ކުރިން ބަހަކީ ތިބާގެ އަޅެއް، އަދި ބަސްބުނުމަށް ފަހު ތިބާއަކީ ބަހުގެ އަޅެއް.. އެހެންވީމަ ކަލޭ ތިއޮތީ އަޅަކަށްވެފައި މިހަރަ މޮޔަޔާ....
އަސްލަމަށް އަބަދަކު މިނިސްޓަރުކަމުގައިވެސް ނުހުރެވޭނެ. ބޭރު ގައުމުތަކުގައި ގޯތި ވިއްކަނީ އާންމުންނަށް އެފައިސާ ދެއްކޭނެގޮތަށް ކަންކަން ފަހިކޮށްދީފައި. ފުރަތަމަ ތި އަރަނީ ބޮންތީގަ ހިފަން.