ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދެ މީހަކު ހިފަހައްޓައިފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލު ކުރުމަށް އެއާޕޯޓުން ދެ ބިދޭސީން އެއިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ދެ ބިދޭސީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިނަމަވެސް، އެމީހުން ހާޒިރު ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކޮން ވަގުތަކު ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މިވަގުތު އެމީހުން ދޫކޮށްފައިވާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ވީއައިއޭއިން ދެ ބިދޭސީއަކު ފުލުހަށް ހާޒިރު ކޮށްފައިވާއިރު، އެނގިފައިވާ ގޮތުގައި އެއީ އިންޑިއާ ދެ މީހެކެވެ. އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވަނީ ޖާސޫސް ކުރަން އެއާޕޯޓު ތެރޭގައި ކެމެރާ ހަރުކޮށްގެން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސަނު

    އިންޑިއާއަތަ . ހެހެހެ

  2. ތަކުރު

    މިއަދުގެ ޢިންޑިޔާއަކީ މި ރާއްޖެއަށް ހެޔޮއެދޭ ގައުމެއްނަމަ ޖާސޫސުކުރާނެތަ؟

    ދިވެހިންނޭ ހޭއަރާ!

    11
  3. ޔުނިވާރސަލް ފަރު

    ކީކޭ ކިޔާނީ! ކިޔަންވާއެތި ނުކިޔުމަކީވެސް ގޯހެއް! ޚާއްޞަކޮށް ވަޠަނުގެ ހައްގުގައި، ކިޔަންވާއެތި ކިޔަން އެބަޖެހޭ.

    10