މި ސަރުކާރަށް ހަތަރު އަހަރު ވެގެންދާ އިރު ވެރިކަން ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް ގޭދޮށު އެންމެ މަސް ފެކްޓްރީއެއްވެސް ނުނިމޭކަމަށް ފިޝަޜީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ވަހީދު އެއްސެވީ މިހާތަނަށް ގާއިމު ކުރެވުނު ގޭދޮށު މަސް ފެކްޓްރީގެ އަދަދު ސާފުކޮށްދެއްވުމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ގޭދޮށު ތިން މަސް ފެކްޓްރީ އައްޑޫ ސިޓީގައި ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން ނ. ކެނދިކުޅުދޫގައި ވެސް އެފަދަ ފެކްޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"މިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް ބޭނުންވާ ހުއްދަތައް ދިނުމުގެ އިޖުރާތްތައް ހިމެނޭ އުސޫލުތަކެއް ގާއިމްކުރެވިފައި އެބަހުރި. އެހެންވީމަ އެއްވެސް ފަރާތަކުން އެކަހަލަ ކަމެއް ކުރަން ބޭނުންވަންޏާ އެމީހުންނަށް މަސް ގަނެގެން ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމަށް ބޭނުންވާ އުސޫލުތަކާއި އިޖުރާތްތައް ހަމަޖެހިފައި އެބަހުރި. އެކަަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް ހުއްދަދީ އެކަން އަޅުގަނޑުމެން ކުރިއަށް ގެންދަން" މިނިސްޓަރު ވިދާޅުވި އެވެ.
ގޭދޮށު މަސްފެެކްޓްރީތައް ނިމޭނެ ސީދާ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.
މަސްވެރިންނަށް ސަރުކާރުންވި ގިނަ ވައުދުތައް ނުފުއްދޭތީ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މަހަށް ހަމަ އަގު ހޯދައި ދިނުމާއި މަސްވެރިންނަށް ޕްލެޓްފޯމްތަކެއް ކަނޑުގައި ގާއިމު ކޮށްދިނުމަކީ ވެސް މިސަރުކާރުގެ ވައުދުތަކެވެ. ނަމަވެސް އަދި އެއިން ވައުދެއް ވެސް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.
ފިޝަރީޒް މިނިސްޓަރ އިސްތިއުފާދީފާ ގެޔަށްދޭ ތިޔައީ މިނިސްޓަރަށް އެކަން ކުރުވަން ނޭގުނީމާ ވީގޮތެއް އެ ހިކުމަތެއް ނެން މިނިސްޓަރެއް ތިޔައީ އެހެންތާ ވާނީ ކޯލިޝަނޭ ކިޔާފަ ސަރުކާރަށް ބަތާ ހަރާމް މިނިސްޓަރުން ވިއްޔާ މިތިބީ ގިނައިން، ރައިސަށް ގޮވާލަން ވަގުތުން ވަގުތަށް ފިޝަރީޒް މިނިސްޓަރ މަގާމުން ދުރުކޮށްލާ އެމިނިސްޓްރީ މަނިކުފާނު ހިތް ރުހޭ މީހަކަށް ދިނުމަށް
އައްޑޫގައި ހަދާ ފެކްޓަރީ ދޮންތުއްތު އާއި ސައީދު އަދި ޚަލީލް ވަރަށް ބާރަށް ކުރިޔަށް އެބަގެންދޭ.
އައްޑުގައި އެކަންދަނީ ރަނގަޅު ސްޕީޑްގައި ކަން ފާހަގަކުރެވޭ.
ބައެއް މީހުން ހީކުރީ ސޯބެގެ ރައްޓެހިން އަދި މޑޕ އެކްޓިވިސްޓުންނަށް ނުހައްގުން ދިން ޕްރޮޖެކްޓެއްކަމަށް. ނަމަވެސް މިހާރު ހުރިހާ މީހުންވެސް ގަބޫލުކުރޭ އެކަން ހަވާލު ކުރި ޓީމަކީ އެކަމަށް ގާބިލް ބައެއްކަން.
ލަފާ ކުރެވެނީ އަންނަ ޖަނަވަރީމަހަށް ނިންމާލެވޭނެ ކަމަށް.
މީނަމީ ބޮޑު އަނގައެއް. ސަރުކާރަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަންވެސް މީނައަކަށް ނޭނގެ. ކަންކަން ކުރަން ދިމާކުރަނީ އެހެންމީހުންގެ ތައްޕާހުން.
100 މޭލު ދުރުގައި ކަނޑުގައި އަޅަންބުނި 7 މަސާޖްޕާލާ ، އަޅަންބުނި 4 ބްރިޖް ، 14 ކޯޒްވޭ ، ބަންނަންބުނި ލޯންގްލައިފް 100 މަސްދޯނި ، ހިއްކަންބުނި 17 ރަށް ، ކެންސަރު ހޮސްޕިޓަލް ، ބައިނަލްއަޤުވާމީ 4 ސްޓޭޑިޔަމް ، ގޭދޮށު މަސްފެކްޓަރީތައް ، 800 ޓަނުގެ ކޯލްސްޓޯރޭޖް ( ފެލިވަރު ، ކޫއްޑޫ ތަނަކު 4000 ޓަން ) ، އަލަށް އަޅަންބުނި 10 ޓާސަރީ ހޮސްޕިޓަލް ، ޓާސަރީ ފެންވަރަށް ބަދަލުކުރަންބުނި 10 ހޮސްޕިޓަލް ، އަދިވެސް އަދިވެސް......
މަސްފެކްޓްރީ ނޭޅުނަސް ވަރިހަމައެއްނު. ކޮންމެ އަހަރަކު ތިޔެއް ބަޖެޓްގައި ޖަހައިގެން 800 މިލިއަން ރުފިޔާ ދިރުވާލެވިއްޖެއެއްނު....... ބޭބޭ އޭގެތެރެއިން ބޭބެއަށް ކެވުނީ ކިހާވަރެއްތަ؟
މަސްފެކްޓަރިގެ ވާހަކަ ދެއްކީމަ މަގޭ އައްމަ، ގޭގަ ހަދާފަ ހުރި ދުމަށިވެސް ނަގާ އެތަން ސާފްކޮށްލައިފިތާ 4 އަހަރުމިވީ،
އެކަމަކު މ. އަތޮޅުރަތްމަންދޫގެ 100 ވަރަކަށްމީހުންގެ އާބާދީއަކަށް 100 މިލިއަންހަރަދުކޮށް އިބޫބުނީ ކަންކަން އިބޫމެންކުރާވާހަކައެވެ. އެކަމަކު ވައުދުވީ ގިނަކަންކަންނުކުރެއެވެ. އަދި އަސްލަމްބުނެފައިވޭ ކުރާވައުދެއް ނުފުދޭނެއެވެ. ވީމާދައްކާވާހަކައާއި ޢަމަލެއްދިމަލެއްނުވެއެވެ.