ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި ކަހަލަ އަނިޔާތައް ލިބިވަޑައިގަތް ކަމަށް ވިދާޅުވެ، ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ޖާބިރުގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ނިމިދިޔަ ވެރިކަމުގައި އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ބޮޑެތި އަނިޔާތައް ކޮށްފައިވާ ކަމަށާއި އަދި އޭނާ ކުރަމުންދާ ބޮޑެތި ވިޔަފާރިތަކަށް ވެސް ހުރަސް އަޅުއްވާ ފޫނުބެއްދޭވަރުގެ ގެއްލުންތައް ދީފައިވާ ކަމަށެވެ.

މިގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ޓޫރިޒަމާ ބެހޭ ވަޒީރު ކަމުގައި ހުންނެވި އިރު ފައިސާއަށް ހިޔާނާތްތެރިވާ ކަމުގެ މައުލޫމާތު ޔާމީނަށް އެރުވުމުން ޖާބިރު ޖަލަށްލާ އަނިޔާ ކުރި ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި، ސީދާ އޭނާއާއި އޭނާގެ ވިޔަފާރި ފުނޑާލަން ސަރުކާރުން މަސައްކަތް ކުރި ކަމަށް ވެސް ސިޓީގައިވެއެވެ.

ރާއްޖެ އިން ބޭރުގައި 2017 ގައި ހުންނަވަނިކޮށް އޭނާގެ ޕާސްޕޯޓު ހިފަހައްޓާ އަނިޔާ ދީފައިވާ އިރު، އެ އަހަރުގެ ޖޫން މަހުން ފެށިގެން 2018ގެ ފަހު ކޮޅާ ހިސާބަށް އޭނާ ދިރިއުޅެން ޖެހުނީ އިނގިރޭސި ވިލާތަށް އަރުވާލެވިގެން ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ އަތުން އެތައް ހަރަދެއް ގޮސް، ކުރަމުންދިޔަ ވިޔަފާރިތަކަށް ފޫނުބެއްދޭ ވަރުގެ އެތައް ގެއްލުމެއް ވެފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ، ގދ. އަތޮޅުގައި އޭރު އޭނާ ހަދަމުންދިޔަ ވަޓަވައްރެހާ ރިސޯޓުގެ މަސައްކަތް ވެސް މުޅިން ނިމެމުން ދަނިކޮށް ސަރުކާރުގެ އުނދަގުލާ ހެދި ހުއްޓާލަން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން އޭނާއާއި އޭނާއާއެކު ވިޔަފާރި ކުރާ އެހެން މީހުންނަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންވެ، އެ މައްސަލަތައް ތަހުގީގުކޮށްދެއްވާ އެ ކަންކަމުގައި އިންސާފު ހޯއްދަވައިދެއްވުމަށް ޖާބިރުގެ ފަރާތުން ވަނީ ޕީޖީގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި، އެ މައްސަލަތަކުގައި ޔާމީން ކޯޓަށް ހާޒިރު ކޮށްދިނުމަށް ވެސް އޭނާގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ޖާބިރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅެކެެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙ ތިމާ

    ހިނބަޅަދޫ ގޮޑުދޮށުގަ ހިއްޕަވާގެން ދޮންވެލި ބައްލާގެން އެތާ ގަ ބިސްްޅަން އަރާ އޮވާ ވެލަ ފޮރޮޅި ވާހަކަ ދެއްތޯ

    32
    • ލުޓޭރުންގެ ސަރުކާރު

      ޖާބިރަށް ވެރި ކަން ލިބިދާނެ ކަމަށް ޖާބިރަށް ހީވާންއޮތް ހަމައެ ކަނި ގޮތަ ކީ ރޔާމީން ބޮޑުމަންޒަރުން އެއްފަރާތް ކޮއްގެން ކަމަށް ޖާބިރަށް ހީވާތީ ދެން އެގޮތް ހެދުމަށް އެދެނީއެވެ...އހ....

      12
  2. އަލިބެ

    މީހަކު އަނިޔާކުރީކީ ނޫނެވެ. ކަލެއަށް ކަލޭއޮޅި ސިކުނޑި ހަމައިންނެއްޓޭތީ ކަލޭ ކަލެއަށް އަނިޔާކުރީއެވެ. ކަލޭގެ އަނިޔާވެރިއަކީ ހަމަ ކަލެއެވެ.

    29
  3. މޮޔަސޮރު

    މިސަރުކާރުންވެސް ކަލޭގެ ޕާސްޕޯޓް ހިފެހެއްޓި. އެހަނދާނެއްނެތްދޯ. މިހާރު ސަރުކާރުން ކޮންކަމެއް ކޮށްދީގެން ތިއުޅެނީ. ޖާބިރު ފޮނުވާ ސީޓީތައް ޕީޖީއަށް އެހާމުހިމެއްނުވާނެ. ސީދާ ކުނިވަށިގަނޑަށް

    28
  4. ރެޓޭ

    މީނައަށް ޖެހިފަ މިހުންނަ ބައްޔަށް ކިޔަނީ ކޮން ނަމެއްބާ؟

    29
  5. ފަޒުނާ

    ހޕޑައިދޫ ބީޗުންވެސް ފިނިގެން ދިޔައީ ޔާމީނުދިން އަނިޔާއެއްތޯ! ލަދުހަޔާތްކެޑި ގޮތްހުސްވެފައިވާ ޖާބިރު! ރައްޔިތުންގެ މަޖިލިހުގެ ގޭޓުކުރިމަތީ އޮތްއޮތުމަކީވެސް ޔާމީނުދިން އަނިޔާއެއްތޯ! ކުށްކުރާ ފަރާތްތަކަށް އަދަބު ކަޑައެޅުމަކީ ކޯޓުތަކުގެ ކަމެއް!ކާށިދޫ ރައްޔިތުންނޭވޭ މިކަލޭގައަށް ދެންވޯޓު ނުދޭތީ!ފ

    22
  6. ޅޮލީ

    ޙޮޑައިދޫ ގޮނޑުދޮށުގައި ވާނުވާގައި އޮތީ ޢަނިޔާކުރީމަދޯ؟ ލޮލީ

    25
  7. ހުސޭނުބޭ

    މި ސަރުކާރު އައިފަހުން ޖާބެއަށް އެއްވެސް ބިރަކާނުލައި ބޭނުންވަރަކަށް ކަރުދިގުފުޅި ހިއްޕެވޭނޫންތޯ.

    27
  8. Anonymous

    މިއާޓިކަލްގެ ޚުލާސާ : ޖާބިރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅެކެެވެ.

    8
    4
  9. ޅަހުއްތު

    މި އާރޓިކަލްގެ ޚުލާސާ: ޖާބިރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅެކެެވެ.

    މިޔަށްވުރެން ރަގަޅީ އަދި ބޮޑަށް އެކަށޭނެ ޚުލާސާއެއްކަމަށް ފެންނަނީ: މިއީ ރާއްޖޭގެ ކޯޓުތަށް މެދުވެރިކޮށް މީހުންގެ އަތުން ގިނައިން ފައިސާހޯދާ އަދި ހޯދުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ހީލަތް ހައްދަވާކަމަށް އާންމުވެފައިވާ ބޭފުޅެއްކަމަށެވެ.

    23
  10. ނަޒީ

    ޢަބުދުﷲ ޖާބިރު ހ. ތިމާވެށި ދެން ހަނު!!!!! ކެކެކެކެ

    14
  11. އަލިމުތް

    ޕީޖީގެ ޖަވާބު: ކެތްކޮށްލާ! ގިޔާމަށް ދުވަހުން އިންސާފު ލިބޭނެ!

    15
  12. ޖާ

    ކޮބާ ކަލޭ މަށަށްކުރި އަނިޔާ. ދޭންޖެހޭ ލާރި.

    13
  13. ޖަލުޕަރީ

    މީނާއަކީ މީހުންގެ އަތުން ނުހައްގުން ފައިސާ ހޯދަން ދުވާ މީހެއް. މައުމޫން އަތުންވެސް ފައިސާކޮޅެއް ހޯދަން އެއްއިރެއްގައި އުޅުނު. މިއީ ބޮޑު މޮޔައެއް. ޖޯކަރެއް. ދިވާނާއެއް.

    14
  14. Anonymous

    މެންޓަލް ޑިސްއޯޑަރ

    14
  15. Anonymous

    މީ ބޮޑު ކޮހެއް. ގޮސް ގޮވަ ގޮވާ އަބަދު ދުނިޔެއިން މޮޔަވެފަ ހުންނަމީހަކު އުޅޭހެން އުޅޭމީހެއް. މަގުމަތީގަ އުޅޭ ގުންޑާއެެއްގެ ފެންވަރަށް ވެއްޓި މަގުމަތީ ޗަކަސް ބުރުވަން ފެންފުޅިހިފައިގެން ތިބޭމީހުން ގެ އެއްވެސް ގަދަރެއްނެތް.

    14
  16. ދިވެހި ޒުވާނުން

    ލޮލީ ވިއްކަން އުޅެފަ ރިސޯޓަކަށް ގޮސް އެތާގައި އުޅެމުން ބޭރު މުއްސަންޖަކާ އިދެ އެމީހާގެ މުއްސަދި ކަމުގެ ނާޖާއިޒު ނެގުމަށްފަހު ދެން އެމީހާ ދޫކޮށްލީ ނުވަތަ އެމީހާއަށް ދެންވީ ކިހެއްނެއްތޯ ސާފުކޮށްދިނީމާ ތިޔަ ވީގޮތް އަސްލު އަމިއްލަޔަށް އިނގޭނެ ޖަވާބު އޮންނާނީ ހަމަ ފެނިފަ

    12
    1
  17. އަހްމަދު

    ޖާބިރުތިޔަވިދާޅުވާ މައްސަލަތަކަށްވުރެކުރިން ތަހުގީގުކުރަންޖެހޭ މައްސަލަޔަކީ އޭރުގައޮތްސަރުކާރުބަދަލުކުރަން ޖާބިރުފައިސާޚަރަދުކޮށްފައިވާތީ އެކަން އެއީޖާބިރުގެ އިޢުތިރާފުން ސާބިތުވާންއޮތްކަމެއް އޭގެރިކޯޑުތައް މަޖިލިސްގެ ޔައުމިއްޔާތަކުން ލިބެންހުންނާނެ

    11