ސާނަވީ އާއި މަތީ ސާނަވީއަށް ހާއްސަކޮށްގެން ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުހެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި ދުުނިޔެ ގަބޫލުކުރާ ފެންވަރުގެ އިންޖިނިއަރިން އާއި މެޑިސިންގެ ކޯސްތައް ހިންގާ ކަމަށެވެ. އެހެންކަމުން އޯ ލެވެލް އާއި އޭ ލެވެލްއަށް އަމިއްލަ އިމްތިހާނެއް ފަރުމާ ނުކުރެވެންވީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ނެެޝެނަލް ކަރިކިއުލަމްއެއް އޮންނައިރު ރާއްޖޭގެ އެގްޒޭމް ބޮޑީއަކުން ހެދޭ އިމްތިހާނެއް ދަރިވަރުންނަށް މާ ގުޅޭނެ ކަމަށާއި އަދި ދަރިވަރުންނަށް ވެސް މާ ފަސޭހަ ވާނެ ކަމަށެެވެ.

"އޭރުން ރާއްޖެއާ ގުޅޭ، ކޮންޓެކްސްޓް ރިލަވަންޓް ޕޭޕަރުތަކެއް އަޅުގަނޑުމެންނަށް ފަރުމާ ކުރެވޭނެ. އެ މަސައްކަތްތައް ވެސް ކޮންމެވެސް ވަރަކަށް ފަށާފައި އަޅުގަނޑުމެން ވާނީ. އެކަމަކު އެއީ އަދި ކުރެވެމުންދާ މަސައްކަތެއް. އުއްމީދަކީ އެކަން އެގޮތަށް ހާސިލްވުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ސުވާލަށް ޖަވާބު ދެއްވައި ނިންމަވާލެއްވި ތަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ ރާއްޖެއާއި އަވައްޓެރި ގައުމުތަކުން އޯ ލެވެލްއާއި އޭ ލެވެލް އިމްތިހާން ވެސް ހަދަމުންދާ ކަމަށެވެ.

ނަމަވެސް އޭގެ ސަބަބުން އެހެން ގައުމުތަކާ ގުޅުން ކުޑަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ހާއްސަކޮށް ބޮޑުކޮށް ވެގެން ދިޔަ ގޮތަކީ ދުނިޔެއާއި އެ ގައުމުތައް ވަކިވެގެން ދިޔައީ. އެ ގައުމުތަކުގެ މަދަރުސާތަކާ ދުނިޔޭގެ އެހެން ތަންތަނުގައި ކަން ހިނގަމުންދާ ގޮތާ ވަރަށް ބޮޑަށް ގުޅުން ކުޑަވެގެން ދިޔަ ކަަމށް އަޅުގަނޑަށް ފެނިފައި ވަނީ" ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ތިޔެއް ރަގަޅުވާނީ ނެހެދިއްޔާ. ސަބަބަކީ ތި އިމްތިހާނު ހަދާއިރަށް ކަމާ ގުޅުންހުރި ބޮޑުންގެ ދަރިންނަށް އޮންނާނީ ސުވާލުތައް އެނގިފައި. ވައްކަންކުރުން މުޅިން އާ މަރުހަލާއަކަށް ދާނެ. މިހާރު ބޭރު އިމްތިހާނެއް ހަދާތީވެ އެ ވައްކަން އެބަ ހިފެހެއްޓޭތާ

    26
    2
  2. ދިވެހި ޒުވާނުން

    ތިޔައީ ތައުލީމީ ހަޔާތަށް އަންނާނޭ އިންގިލާބީ ހެޔެ ބޮޑު ބަދަލެއް ދެމެހެއްޓެނެވި ނިޝާނެއް، ބައިނަލް އަގުވާމީ ގަބޫލުކުރެވޭ މިންވަރަށް ފަރުވާ އަމާޒުވެފަވާ ދިވެހި އަމިއްލަ އިމްތިހާނަށް މަރުހަބާ! މި ސަރުކާރަކީ ދުރަސް ވިސްނާ އަދި އަމިއްލަ ފައިމައްޗައް ތެދުވެވޭގޮތްށް މިސްރާބު ހިފާފައިވާ ސަރުކާރެއް. މަރުހަބާ ރައީސް އަދި މިނިސްޓަރ އަދި ތިޔަ ޓީމުގެ އަރުތަވެރި އުސްތާޒުން.

    4
    23
  3. ބުރު

    އަންނި އެ ވީދީގަތީ ކޮން ފަތިވަރެއް؟ ނޭނގޭކަންކަމާވެސް ފޮށެއް ޖެހޭނެ އޭނާ

  4. ކެޔޮފަތްސެޓްފިކޭޓު

    ކޭމްބުރިޖް ސެޓްފިކޭޓާއި އެއްވަރު ރެޕިއުޓޭޝަންނެއް ނޯންނާނެ ތި އިމްތިހާނަކަށް ތި ބަލައިގަންނާނީ ކިތައް ގައުމުންބާ މިއީ ފަހަތައް އެޅޭ ފިޔަވަޅެއް މިއީ ކުދިންގެ މުސްތަގުބަލު ހަލާކު ކޮއްލުން މުއްސަނދިންގެ ދަރިންނެއް ނުހަދާނެ ތިޔެއް އެމީހުން އިމްތިހާނު ހަދަން ދާނީ ލަންޑަނަށް އަގެއް ނެތް ބަނބުކެޔޮފަތް ސެޓްފިކޭޓް ދޭނީ ރާއްޖެތެރޭ މީހުންގެ ދަރިންނަށް

    7
    2
  5. Anonymous

    ތީތި ހަދަންޏާ ހަދަން ވާނީ ދިވެހި ބަހުން

    3
    1
  6. ފިޔަވަޅު

    މިހާރުވެސް ދިވެހި އިސްލާމުން އިމްތިހާނަށް އަންނަ ސުވާލު ކަރުދާސް ހުރި ގޮތައް އެބަދޭ ޓީޗަރުން ބޭނުންވާ ކުދިންނަށް . ދެން ޢޭރުން ނޭނގެ ވާނެ ގޮތެއްވެސް .
    ލާރި ހުރި މީހާގެ ދަރި ކާމިޔާބު ކުރާނީ .

  7. ހެ

    ހެއުނުވާނެ މި މީހުން ބޭރުކުރޭ.އެއުޅެނީ ނިކަމެތިން މަތީ ތައުލީމުން މަހުރޫމު ކުރަން.ތިޔަ އިމްތިހާނު ގަބޫލު ކުރާނެ ދުނިޔޭގެ އެއްވެސް ގައުމެން ނޯންނާނެ.ބޮޑުންގެ ދަރިން ދާނީ ލަންޑަނަށް އޯލެވެލް އާ ޢޭލެވެލް ހަދަން.

  8. ހެ

    އެކަމަކު ފެންނަނީ އިންޑިޔާގެ އަޅުވެތި ކަމުގެތެރަށް ދާތަން.މި އުޅެނީ ނިކަމެތިން ނިކަމެތިކަމުގަ ބައިތިއްބަށް.މީ ވަރަށް މަކަރު ވެރިބައެއް.

  9. ހެ

    މީ މަކަރުވެރި ބައެއް.އެ އުޅެނީ ނިކަމެތިން ނިކަމެތި ކުރަން.ތިޔަ އިމްތިހާނު ގަބޫލު ކުރާނެ ތަނެއް ނޯންނާނެ.މުއްސަދިންގެ ދަރިން އޯލެވެލް ޢޭލެވެލް ހަދާނީ ލަންޑަނުން.