ގދ. ތިނަދޫ އިން ގެއްލިގެން ހޯދަނިކޮށް ފެނުނު އަންހެން މީހާ އަަށް ފަރުވާ ދެނިކޮށް ނިޔާވެއްޖެ އެވެ.

ހައްވާފާނު (ހައްވަހަންތަ) ގެއްލިގެން ހޯދަނިކޮށް ރޭ ފެނުނީ ތިނަދޫ މިއުޒިއަމް ޕާކު ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިންނެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ހައްވަހަންތަ ނިޔާވީ ސިކުނޑިއަށް ލޭ އެޅި ފަރުވާ ދެމުންދަނިކޮށް މީގެ އިރުކޮޅެއް ކުރިންނެވެ.

އުމުރުން 80 އަހަރުގެ ހައްވަހަންތަ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޑޮކްޓަރުންނާއި ހަވާލާދީ ހައްވަހަންތަގެ އާއިލާއިން ރޭ ބުނީ ހައްވަހަންތަ އަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި ވެއްޓުނު ގަޑީގައި ބޯ ޖެހުމުގެ ސަބަބުން ބޮލު ނާރެއް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި ގިނަ އިރުތަކެއް ވުމުގެ ސަބަބުން ސިކުޑިއަށް ލޭއެޅިފައިވުމުން ހާލު ސީރިއަސްވީ ކަމަށެވެ.

ހައްވަހަންތަ ގެއްލުނީ ބުދަ ދުވަހު މެންދުރުފަހު 15:45 ކަންހާއިރުއެވެ. އޭނާ ފެނުނީ ރޭ އިރުއޮއްސި 20:20 ކަންހާއިރުއެވެ.