ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަޒީފާއިން ވަކިކުރީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ބުނެ، އޭނާއަށް ބަދަލުދޭން ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.
ސުލޫކީ މިންގަނޑުތަކާއި ހިލާފުވުމުން ކަމަށްބުނެ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ޕެންޝަންގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ ވަނީ، ވަޒީފާއިން ވަކިކުރީ އިންޒާރެއް ނެތިކަން ފާހަގަކޮށް، ވަޒީފާ އަނބުރާ ހޯދުމަށާއި ހަ މަސް ދުވަހަށް ވާ މުސާރަ ނަގައިދިނުމަށް އެދި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައެވެ. އަދި، އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުމަށް ނަމަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
އެ މައްސަލައިގާ ޓްރައިބިއުނަލުން މި މަހުގެ އެއް ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި އޮތީ ޖޯން މަގާމުން ވަކިކުރީ މައުލޫއީ އަދުލުވެރިކަން ގާއިމްކޮށްފައި ކަމަށްވާތީ، އޭނާއަށް އެ ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދޭން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
އެކަމަކު، އޭނާ މަގާމުން ވަކިކުރުމުގައި ގާއިމްކުރަން ޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ، އޭނާ އެ ވަޒީފާގައި ހުރިއިރު އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 14،000 އެމެރިކާ ޑޮލަރު (215،880ރ.) އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.
އޭނާ މަގާމުން ވަކިކުރައްވާފައިވަނީ އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވަމުން ދަނިކޮށެވެ. އެހެންނަމަވެސް އޭނާއާ ދެކޮޅަށް މިފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާކަމަށާއި، އަދި މިފަދަ މައްސަލައެއް ބަލަމުން ވެސް ނުދާކަމަށް ބުނެ ޕެންޝަން އޮފީހުން އޭރު ބުނެފައި ވެއެވެ.
ކޮބާ ރާކަނި މަސް ކެވިއްޖެތަ.....
މަ ގޮލާ ހިނި ގަޅާގަޅާ ހަލާކު.
އަބަދުވެސް ބަދަލުދޭންޖެހެނީ .. ދެންފަހަރަކުން ބަޖެޓުތައްޔާރުކުރާއިރު ބަދަލުދޭން ބޮޑުއަދަދެއް ބަޖެޓުގާ ހިމަނަންފެނޭ !!
ތިކަމަށްވެސް ލޯނުނަގަންވީ ...
ރައްޔިތުންގެ ފައިސާހިތުހުރި ގޮތަކައް ބައިމީހުންނައް ބެހުން ބަލަޖެހޭތަ ބޭރުމީހުންނައް މިގަދަ ވަޒީފާތައްދޭން މިގައުމުގައި ކޮންމެ އަހަރަކު މިތެއްހާސް ކުދިން މަތީތައުލީމް ހާސިލް ކޮއްގެން މެޑެލްތަކާއިނާމުތަކާ ދީފައި އެކުދިންނައް ވަޒީފާނުދީ ތިމާމެންގެ އަމިއއލަމަސްލަހަތައް އެހީތެރިވާމީހުނއނައް ވަޒީފާދީފައި ކަނޑާލާފަ އަނެއްކާބަދަލް ހަމަ އެމީހާޔައް މީތަންފުކެއް ބޮޑު ވަރު ރައްޔިތުން ގަމާރު ހައްދަންވިޔަސް ބަލަ މީ1950 ގެއަހަރުތަކެއްނޫނޭ އެންމެންނައްވެސް އެނގެޔޭ ތީރާވައިގެން ކުޅޭޑާމާއެއްކަން
ތިއިޖުރާތުތައް ފުރިހަމަ ނުކޮށް މީނާ ވަޒީފާ އިން ވަކިކުރި މީހުން އަތުން ތިލާރިގަނޑު އަތުލާ . ކޮންމެ ހެން ރައްޔަތުންގެ ޓެކްސް ފައިސާއިން ތިބައި ހަމަކުރާނޭކަމެއްނެތް. ކޮބާތަ މައުލޫއީ އަދުލުވެރިކަމަކީ. ހާދަ ބޮޑެތި ބަސްތައް ކިޔާލައޭ ބަދަލުދޭންޖެހޭއިރު
މީވެސް އަންނި އިނގިރޭސި ވިލާތުގައި ހުރިއިރު އެހީވިމީހެއް.
އަހަރެމެންގެ ޕެންސަން ފައިސާކޮޅުވެސް މިސަރުކާރުން ދޮންމީހުނަނަށްދީ ހުސްކުރަނީ!
ބްޑުވަރު އެއްމަހުގެ މުސާރަ 14 ހާސް ޑޮލަރު.އަދިވެސް މަދުހެން ހީވަނި.
ތިޔަދެނީ ކާކައްތޯ ބަލާތި
މީނަ އަށް މަހަކު 14000 ޑޮލަރު ދީފަ ހުރީ އެ ވަޒީފާގަ؟ ނޫނޭވާ ސާބަސް! މި މައްސަލަ އެޕީލް ކުރުމަށް ގޮވާލަން!