ޤައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދާދިފަހުން ޓްރާންސްޕޭރެންސީން ކުރި ދިރާސާއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއީ، ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ދިރާސާއެއް ކަމަށެވެ.
"އެ ދިރާސާއިން އަޅުގަނޑުމެންނަށް ފާހަގަވީ، ޤައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒު. އަނެއް ކަމަކީ ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު. މިއީ ހަމައެކަނި ޖަލުގައެއް ނޫން، މުޅި މުޖުތަމަޢުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ޖަލުތަކުގައި ތިބޭ ޤައިދީންގެ ކަންތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ހުރިކަމެވެ. އެކަންކަން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރޭ ވެސް ރައީސް ދެއްވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ ޙައްލުވީކީ ނޫނެވެ. އެފަދަ ޤައިދީންނަށްވެސް، އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ ކަމަށާއި އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ދެން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށް ފަސޭހަކަމާއެކު ޝަރުޢީ ނިޒާމަށް ވާޞިލުވެވޭނެ ގޮތެއްވެސް އޮންނަންޖެހޭނެ ކަމަށެވެ. ޤައިދީން ކޯޓަށް ހާޒިރުނުކުރެވޭ ޙާލަތްތަކުގައިވެސް، އޮންލައިންކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދެވޭނެ ގޮތަށް، މާލޭ ޖަލާއި، މާފުށީ ޖަލުގައި 8 ކޯޓު ރޫމް ހަދައި މިހާރު އަންނަނީ ބޭނުންކުރަމުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ކަރެކްޝަނަލް ސަރވިސްގެ ހަމައެކަނި ޒިންމާއަކީ، މީހެއްގެ މައްޗަށް އިއްވާ ޙުކުމެއް ތަންފީޒު ކުރުމަށް ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމެއް ނޫންކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ ކުށްވެރިން ކިތަންމެވަރަކަށް ޖަލަށްލިޔަސް، މުޖުތަމަޢުގައި ޞުލްޙަމަސަލަސްކަން ހިފެހެއްޓޭނީ، އެމީހުން އަނބުރާ މުޖުތަމަޢަށް ނެރޭއިރު، އެމީހުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ކަމަށެވެ.
"ކަރެކްޝަނަލް ސަރވިސްގެ ޙަޤީޤީ ޒިންމާއަކީ، ޤައިދީންގެ ޖަލު ޙުކުމްގެ މުއްދަތު ހަމަވުމުގެ ކުރިން، މުޖުތަމަޢުގެ އެހެން މީހުންނާ އެކުގައި އުޅެވޭފަދަ ބަޔަކަށް ޤައިދީން ބަދަލުކުރުން. ހިންމަފުށީ އައްސޭރި ޖަލާއި، މާފުށީ ޖަލުގައި، ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީ އެ ސަބަބަށްޓަކައި." ރައީސް ވިދާޅުވިއެވެ.
ދެނޭވާދޭތެރެއިން ހަރުކައްޓޭ ކިޔާއިރު ލާދީނީ މީހުނަށް މަގާމުތައްދީ ދީނަށް ފުރައްސާރަކުރާމީހުން ހިމާޔަތްކުރީ މިނުބައި މީހާ
ގައިދީން ތިބީ މަގު މައްޗަށް ދޫވެފަ އެވެ. ވައްކަމާ މާރާ މާރީ އާ ގިނަ ވެއްޖެ އެވެ. ތިޔަ ދިރާސާ ކުރި ޖަމްއިއްޔާގެ ނަން ހުރިހާ ނޫސް ތަކުގަ ޖަހާލަ ބަލާށެވެ.
ދެން ކިނބުލެއްހެން ހެވިފަ އަލަންގިރިތަވާންވީ !
"ހަރުކަށި ފިކުރު" މީ މިހާރު މި މީހުންގެ ދުލުގަ އައްސައިގެން އުޅޭ ބަހަކަށް ވެއްޖެ. ބަރާބަރަށް ނަމާދު ކުރިޔަސް އެ ހަރުކަށި ވީ. ވެރި ރައްބަށް ތަކުބީރު ކިޔާލިޔަސް އެ ހަރުކަށި ވީ. މި ދެން ޖޯކަކަށް ހަދައިފި މިކަން ވެސް. ް
ކަލޭމެންނަށް ހުރިހާ ބާރެއް ލިބިފައި ތިއޮތީ. ކުރިންނަމަ ބުނާނެ މަޖިލިހާއި ކައުންސިލް ލިބުނީމައޭ. މާތް ރަސްކަލަނާގެ ކަލޭމެން ފަޟީހަތްކުރައްވަން ހުރިހާ ބާރެއް ދީފައި ތިޔައޮތީ، ގައިދީން ފޯނާއި މަސްތުވާތަކެތި ޖަލުގެ ގައިދީން ގެންގުޅުން ހުއްޓުވައި ހަރުކަށިފިކުރުވެސް ހުއްޓުވަންވީނު، ދެން ކޮންހާ ބަހަނާއެއް ދައްކާކަށް. ހީވަނީ މީ އެހެން މީހުން ހުއްޓުވަންޖެހޭ ކަމެއްހެން. ވަލިއްޔުލް އަމުރަށް ތިކަން ނުވަންޏާ ދެން ކޮން ބަޔަކު ހުއްޓުވާނީ. ލާދީނީ ވާހަކަ ނުދައްކަނީ ކީއްވެ. އެއީ ކަލޭމެންގެ ބައިގަނޑުވީމަތަ
ޙަރުކައްޓޭ މަސްތުވާތަކެއްޗޭ ކިޔާއިރު ދީނަށް ފުރައްސާރަ ކުރުމާ އެއްޖިން ސުން ގުޅުން ހިންގުމުގެ ކަންތައް އިންތިހާއަށް ގޮސްފައިވާއިރު އެވާހަކަ ނުދެއްކީ އެއީ ސަރުކާރުން ސަޕޯރޓް ކުރާ ކަންތަކަށްވާތީ ދޮއްތަ.ޙަރުކައްޓޭ މިކިޔަނީ އިސްލާމީ ރިވެތި އުސޫލު ތަކުގައި ހިފަހައްޓައިގެން އުޅޭމީހުނަށް
ލާދީނީ ކަންތަކާ ދުރުހެލިވެގެން އުޅޭ މީހުނަށް .
ތިޔަބުނާ ޒާތުގެ މީހަކު މާލެއިން ދެކުނު ރަށަކަށް އަރުވާލިކަމަށްވެސް އެބަ ކިޔާ. ކަލެއަށް އެކަން ނޭގޭތަ
އިހަށް ދުވަހު 69 ފުޅި ބަނގުރަލާއި އެތައް މަސްތުވާތަކެއްޗެއް އަތުލައިގަތް ފިހާރަ 'މާނު ޓްރޭޑިންގ' (ރަށްދެބައިމަގު/ ޕިއްޒާބޯނާ ކުރިމަތި) ބަންދު ނުކޮށް އެހުރީވެސް ހަރުކަށި އޮއެވަރު ހަމަ ގަދަކަމުން ދެއްތޯ
ކޮބާ ހަރުކަށި ފިކުރަކީ؟؟؟؟
ނެޓްވޯކް ކަންޑާލީމަ ގައިދީންނައް މޮބައިލްބޭނުން ނުކުރެވޭތީ ނޭޓްވޯކް ޖޭމަރު ބޭނުމެއް ނުކުރޭ.ޖާލުގަ މަސައްކަތް ކުރާ މުވައްޒަފުންގެ މުއްސަނދިކަން އިންތިހާގަ މަނިކްފާނު ކިޑްނީން ވިސްނާފަ ރަންގަޅުގޮތެއް ނިންމަވާ