ރާއްޖޭގެ އެންމެ އުތުރުގައި ސުވަދީވް ނަމުގައި ވަކި ދައުލަތެއް ގާއިމުކޮށްގެން އޮތް އޮތުން ނިމުމަކަށް ގެެނެސް ދިނީ އިނގިރޭސިން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެ ގައުމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން މިއަދު މަޖިލީހުގައި ގެނައި ސުކޫތަށް ފަހު ދެއްކެވި ވާހަކައިގައެވެ.

އަސްލަމް ވަނީ އިނގިރޭސިންގެ ހިމާޔަތުގައި އޮތް ދުވަސް ވަރު ރާއްޖެއަށް އައި ކުރިއެރުން ތަކަށް އަލި އަޅުވާލައްވައިފައެވެ.

އެގޮތުން ރާއްޖޭގައި ވިރާސީ ރަސްކަމެއް އޮތް ދުވަސްވަރު ރާއްޖެއަށް ގާނޫނު އަސާސީ އުފަންވީ އިނގިރޭސިންގެ ސަބަބުން ކަމަށާއި އެއީ ދެބަސް ނުވެވޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި އައްޑު އަތޮޅު ގަން އިނގިރޭސިންނަށް ދޫކޮށްފައި އޮތް ދުވަސްވަރު ގަމުގައި އެތައް ވަޒީފާތަކަކާއި ތަމްރީންތައް ދެކުނުގެ ރައްޔިތުންނަށް ވެސް ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ރާއްޖެ މިހާރު މިދެކޭ ގައުމު އެއްބައިވަންތަ ގައުމެއްގެ ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އަސްލަކީވެސް އިނގިރޭސިންކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި ދެކުނުގައި ހިނގައިދިޔަ ވަކިވެ ގަތުމުގެ ހަރަކާތަށް ނިމުމެެއް ގެނެސްދިނުމުގެ އެންމެ ބޮޑު ބާރުވެރިއަކަށް އިނގިރޭސި ދައުލަތްވާ ކަން އަޅުގަނޑު ފާހަގަކުރަން. އަދި އެ ބަޣާވާތަށް ނިމުމެއް އައުމުގެ ސަބަބުން އަޅުގަނޑުމެން އެއް ދިދައެއްގެ ދަށުގައި އެއް ބައިވަންތަކަމާއެކު އެކު އެކީގައި އުޅުމުގެ ޖާގަ އަޅުގަނޑުމެންނަށް ލިބިފައި މިވަނީ. " އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް އިނގިރޭސި ދައުލަތަށާއި އަދި އިނގިރޭސި ރާނީއަށް ޝުކުރުވެރިވާން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ފެޓޭ

    ސްވާދީވް ދައުލަތް ގެނައީ އިގިރޭސިންގެ ރޭވުމަކުން. އެމީހުންގެ ބޭނުމަށް . އަސްލަމް ބުނަސް ތީހޮޅިވާހަކަ

    32
    2
  2. ސަމްސިއްޔާ

    އިނގިރޭސިންނަނީ މުޅި ދުނިޔެއަށް އަތްގަދަކުރަމުން އައި ބައެއް. އެއީ އެމީހުންގެ އަމިއްލަ މަންފާއަށް. އެންމެ ކައިރިން ބަލާލާނަމަ އިންޑިއާ އަދި ސްރީލަންކާއަށްވެސް އެމީހުން އަތްގަދަކޮށްގެން ތިބި.

    27
    2
  3. އައްލާގެ އަފީފު

    އަސްލަމުގެ ވާހަކަ ގޯސް. އިނގިރޭސިން އެމީހުންގެ އަމިއްލަ އެދުމާއި ބޭނުން ފުއްދަންވެގެން ސްވާދީވް ދައުލަތް އުފެއްދީ. އެމީހުންގެ މަގުސަދު ހާސިލުވީމަ ދިވެހި ސަރުކާރާއި ހަވާލު ކުރީ. ތާރީޚް އޮޅުވާ ނުލައްވާ އަސްލަމް ކަމުގައި ވިޔަސްވެސް. އެމީހުން އަފީފުއަށް ހިމާޔަތް ދިނީވެސް އެމީހުންގެ މަގުސަދު ޙާސިލުކުރަމަށް ވެވުނު އެއްބަސް ވުމުގެ ދަށުން. އަފީފަށް ހިމާޔަތްދީ ސީޝަލްސްއަށް ގެންދިޔައީވެސް ހަމަ އެމީހުން. ތިހެން އަދި ހިތަށް އަރާ ކޮންމެ ވާހަކައެއް ނުދައްކާ. އައްޑޫ ރައްޔިތުންނަށް ލިބުނު މާބޮޑު ކުރިއެރުމެއް ނެތް. ގަމުގެ ހޮސްޕިޓަލްގެ ވާހަވެސް ދައްކާ. އެއީ އެމީހުންގެ މީހުންނަށް ހަނގުރާމައިގައި އަނިޔާވީމަ ބޭސްކުރަން ހެދި ތަނެއް. އައްޑޫ މީހުންނަށް ހޮސްޕިޓަލްގެ ބޭނުން ކުރެވުނީ ވަކި ކޯޓާއެއްގެ ދަށުން. ދެން ކިޔެވުމުގެ ފުރުސަތު ދިނީ ހަމަ އެކަނި އެމީހުންގެ މަސައްކަތައް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް.

    28
    2
  4. ބުއްޅަބޭ

    ބަލަ އޮޅުވާނުލާ ތާރީހު....ތި ބަަގާވާތުގެ މޭސްތިރިންނަކީ އިނގިރޭސިން...އަސްލަމް ހޭބަލިވީތޯ؟

    31
    1
  5. އިންޑިޔާ އައުޓު

    ކަލޭކޯންޗެއް އެނގިގެން ތިއުޅެނީ ސްވަލްދީބު އުފެއްދި ބަޔަކީ ތިއިގިރޭސިން ނޮވެމްބަރު ތިނެއްގެ ނައީކޮންބައެއް؟

  6. Anonymous

    އަސްލަމް ތިޔަހާމަކުރި މައުލޫމާތްތަކަށް އިތުރުމައުލޫމާތުކޮޅެއް ހިމަނާލާނަން، އިނގިރޭސިން އައްޑޫ ގަމުގައި އުޅުނުއިރު އެމީހުން ހިންގި ހޮސްޕިޓަލަކީ މިރީޖަންގެ އެއްމެފުރިހަމައަށް ބަލި ދަނެގަނެވޭ ނިޒާމާއިއެކު ލަންޑަނުގެ މޮޅެތި ޑޮކްޓަރުން ގެ ފަރާތުން ބޭސްފަރުވާދެވުނު ހޮސްޕިޓަލަށްވާތީ މިގައުމުގެ ހުރިހާ އަތޮޅުތަކުގެ ރައްޔިތުން މާލެ މީހުންވެސް ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ހޯދައި ބަލިތަށް ރަނގަޅު ކުރެވުނު ހޮސްޕިޓަލެއް އަދި އައްޑޫ ރައްޔިތުންގެ އަތްމަތީގައި ތިޔާގެވި ސްޓާލިންޕައުންޑު މިގައުމުގެ ހުރިހާ ކަންކޮޅުތަކުގައި ފެތުރިގެންދިޔަ ޚާއްސަކޮށް ކެޕިޓަލްސިޓީ މާލޭގައި، އެއިރު އައްޑޫ ވިޔަފާރިވެރިން ޕައުންޑު ހިފައިގެން މާލެއަށް މުދާގަންނަން އަންނަނީ، މާނައަކީ އެއިރު އިނގިރޭސިންގެ ފަރާތުން ފައިދާލިބުނީ ހަމައެކަނި އައްޑުއަށްއެކަނި ނޫނޭ، މުޅި މިގައުމަށާއި ގައުމުގެ ހުރިހާ ރައްޔިތުންނަށޭ، މިއީ ހަގީގަތް ގަބޫލުކުރަން ބޭނުންނުވާބަޔަކު ގަބޫލުނުކުރިޔަސް.

    6
    5
  7. މާހިރާ

    ރާއްޖޭގެ އެންމެ އުތުރަު މީހުންނެއްނޫން ވަކިވެގަންނަން އުޅުނީ. އެންމެ ދެކުނުގެ އަތޮޅުތަކުން. ފުރަތަމަ ޕެރެގްރާފު އިސްލާހު ކޮށްލާ.

  8. ސަލާމް

    ގައްދާރުން މަތިވެރިކޮށް ވާހަކަ ދައްކާނީ ދިވެހިންގެ ތެރޭގައި ތިބޭ ހާއިނުން

    7
    1
  9. އާތިކާ

    އަސްލަމް ދެން ތިހާ އަންސިވިލައިޒް ވާހަކަ ދައްކަން ފެށީމަ އަންނަނީ ހިނި!!! އެންމެން އުޅޭނެ ނިކަން އައްޑޫ ލައިގެން މަސްހުނި މޮޑެވޭތޯ...މި ކީއްވެ؟؟ އާބާދީ ބޮޑު ތަނަކަށް ވެފަ ފަސޭހައިން ބޮލަށް ސަވާރުވެވޭކަހަލަ މީސް ކޮޅެއް ވީމަ ޔޯލަ....ލޮލް

    8
    2
  10. ފަލަކު

    އަސްލަމޫ ތާރީހް އޮޅުވާލައްވަން ނަހައްދަވާ، ކަންތައްތައް ވެނިމިދިޔަގޮތް އެނގޭ ދުަވަސްވީ މީހުން އަދި ދުނިޔޭ ކަންމެވެސް ވަރަކަށް އެނބަތިބި އިގެރޭސިންގެ ކިބައިން ސުވަދީވް ސަލާމަތް ކުރީ އެއިރު ދިވެހި ސަރުކާރު ހިންގުމާ ހަވާލުވެހުރި ވެލާނާގޭ އިބްރާހިމް ނާސިރުގެ ހިކުމަތް ތެރިކަމުން, ސުވަދީވް އުފެއްދީ އިގެރޭސިން އަޑީގަ ތިބެގެން،

  11. އިބްރާހިމް

    ރާއްޖޭގެ އެންމެ އުތުރުގައި ސުވަދީވް (އެންމެ ދެކުނު) ރަގަޅު ގޮތަކީ

    • އަލީ

      "ރަގަޅު" އެއް ނޫން "ރަނގަޅު"

  12. އަހްމަދު

    އެހެންވެގެންތާ އިނގިރޭސީން އަފީފް ޝިޝެލަށްގެންދިޔައީ. މަށަށްފެންނަނީ ރާނީ އަށް ޝުކުރު ދަންނަވަން މަޖިލީހުގެ ވަފުދެއް ރާނީ ވަޅު ނުލަނީސް ރާނީގެ އަރިހަށް ފޮނުވަން.

  13. ދިވެހި ޒުވާނުން

    އަސްލަމު އަށް ތިކަމާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭގެ އެ އޮތީ ނުން ބުނެފަ ރާއްޖޭގެ އެންމެ އުތުރުގައި ސުވަދީވް ނަމުގައި ވަކި ދައުލަތެއް އޮތް ވާހަކަވެސް އުތުރާއި ދެކުނުވެސް ނޭނގޭ މީހެއް އަދި އައްދައުލަތުލް ސުވަލްދީބިއްޔާ އުފެދުނުގޮތް އެއްގޮތަކަށްވެސް ކިޔައިދޭކަަށް ނޭގޭ އޭނާ އެހެރީ އޮޅިފަ

  14. Anonymous

    ބަނޑަާ ތޯދޮގޮނިހަދަ

  15. ބޯ

    އަނގަ ހުޅުވުމުގެ ކުރިން ތާރީހުގެ ތެރެއަށް ވަދެލާ

  16. ސަޅިބެ

    އަސްލަމް މާގިނަވާހަކަ ނުދައްކާ އަހަރެމެންނަ ޑޮލަރު ލިބޭގޮތް ހައްދަވާ ދީބަލަ ޕައުޑުވިޔަސް ހެޔޮ

  17. މަޒްނާ

    ޜާބޯ އަސްލަމް

    3
    1
  18. އަސްލަން

    މީ ހާދަ އަސްލު ހިތަދޫ މީހެއްތަށް، ވަރަށް ކެހިވެރި ވާހަކަޔެއް އެދެއްކީ! އަހަރެމެން ހިތާމަކުރަނީ ސުވާދިވް ވަކި ގައުމަކަށް ނުވީމަ. މިމާލޭގެ އަޅުވެތިކަމުގެ ތެރޭގެ އަފިރިން އައްޑޫ މީހުން އުޅެންޖެހޭތީ

  19. Anonymous

    ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރުމުގައި ބައިވެރިކަމުގެ ނަމޫނާމިސާލެއް އެއީ !

  20. އިބްރާހިމް

    އަސްލަމް އަކީ ޚާއިނުންގެ ތެރެއިންވާ ޚާއިނެކެވެ. ދިވެހި ޤަވްމުގެ އަގުވައްޓާލާ ތާރީޚް އޮޅުވާލުމުގައި އިސްކޮށްހުރި ޚާއިނެކެވެ. ތެދެއްހެދޭނީވެސް އޮޅިގެންނެވެ. އެހެންނޫނީ ތެދެއް ނަހަދާނެއެވެ.

  21. ސސ

    ތިހެއްދެވީ ވަރަށް ބޮޑު އިތުރުފުޅެއް، އެއީ ތައުރީފް ހައްޤު ބައެއްނޫން ފަލަސްތީނު ބިން އިސްތިއުމާރުކޮށް އެ ބިމުގައި ޔަހޫދީ ޒަޔަނިސްޓު ޖަމާއަތް ވަޒަންވެރިކުރުވާ އެމީހުނަށް ބަޑިޔާއި ޒަމާނީ ހަތިޔާރުދީގެ ފަލަސްތީނުގެ ކުޑަކުދިން ނާއި އަންހެނުންނާއި މުސްކުޅިން ޝަހީދު ކުރަމުންދާތާ 70 އަހަރުވެގެން މިދިޔައީ އިގިރޭސިން އަތުގައި އދ ގެ ވީޓޯ ކުރުމުގެ ބާރު އޮވެމެ އެއްވެސް ފިޔަވަޅެއް ޒަޔަނިސްޓުންނާއި މެދުގައި ނާޅާ، ކޮބައިތޯ އިގިރޭސިންގެ އިންސާނިއްޔަތަކީ ؟

  22. އަލީ

    ސުވަދީވް މިއަދާ ހިސާބަށް އޮތްނަމަ ވަރަށް ރަނގަޅު ވީސް...މާލެ މުނިފޫހި ފިލުވުން ދާންނުޖެހުނީސް