ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހާރު ދައްކަވަނީ ކޮސް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މާލެ އާއި ހުޅުމާލެ ގުޅާލި ސިނަމާލެ ބްރިޖަކީ އޭނާގެ ތަސައްވުރެއް ކަމަށާއި އެހެން މީހުން އެފަދަ ކަމެއް ކުރަން ވިސްނުމަށް ވެސް ނާންނަ ކަމަށް ކަމަށް ގާސިމް މިއަދު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ އެވާހަކަ އެންމެ ފުރަތަމަ ދެއްކެވީ އޭނާ ކަމަށެެވެ. އޭގެ ކުރިން އެހެން މީހުންގެ އެ ތަސައްވުރެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ހުޅުމާލޭ ބުރިޖުގެ ވާހަކަވެސް އެއީ އަޅުގަނޑު ދެއްކި ވާހަކައެއް. އެމީހުންގެ ވިޝަންގައި ނެތް އެކަމެއް" ގާސިމް ވިދާޅުވިއެވެ.

އެ ވާހަކަތަކާ ގުޅިގެން "ވަގުތު" އާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިހާރު ގާސިމް ދައްކަވަނީ ކޮސް ވާހަކަތަކެއް ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލު އެޅީ ތިމަންނައޭ ވެސް އޭނާ ވިދާޅުވެފާނެ ކަމަށެވެ.

"ގާސިމް ވިދާޅުވާން ވީނު، ދަރުމަވަންތަ ހޮސްޕިޓަލު އެޅީ ތިމަންނައޭ ވެސް. ގާސިމް ވިދާޅުވާން ވީނުން ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކީވެސް ތިމަންނަގެ ޑްރެޖަރުންނޭ. މިކަހަލަ ކޮސް ވާހަކަ މިހާރު އެ ދައްކަނީ" ގާސިމަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވިއެވެ.

އަދި، ބުރިޖުގެ ތަސައްވުރެއް އޭނާ ގެންގުޅުނު ނަމަ އެވާހަކައެއް ދައްކަންވީ މިއަދަކު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގާސިމް ބުރިޖުގެ ވިސްނުން ގެންގުޅުނު ނަމަ މިއަދު ތޯ އެވާހަކަ ދައްކަންވީ؟ މިއޮށްހާ ދުވަހު ކޮބާ އޭނަ؟" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، އޭނާއަކީ ސިޔާސީ މީހެއް ނޫން ކަމަށާއި ސިޔާސީ ކަންކަމުގައި އުޅުއްވާނަމަ މާކުރީން ފެށިގެން ހުންނާނީ ވެރިކަމުގައިކަމަށް ވެސް ގާސިމް މިއަދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. އަޅުގަނޑަަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގައި އިސްލާހީ މަސައްކަތް ކުރުމަށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އޭނާ އަޅުއްވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ހޯއްދަވަނީ އެ ބޭނުމުގައި ކަމަށެވެ. އަދި، އޭނާ މަޖިލީހުގައި އިންނަވަން ޖެހޭ އެ ނޫން ސަބަބެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް ނަމަ މިހާރު ވެސް ހުންނާނީ ވެރިކަމުގައި، މިއަދު ވެސް އިއްޔެ ވެސް،" އޭނާ ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދުދެއްވަމުން އަދުރޭ ވަނީ ގާސިމް ވެރިކަން ބޭނުންފުޅުނުވާ ނަމަ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އޭނާ ވާދަކުރެއްވީ ކީއްކުރަންތޯ ސުވާލު ކުރައްވާފައެވެ. އަދުރޭ ވިދާޅުވީ ވެރިކަން ބޭނުންނުވާ މީހަކު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ވެރިކަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވާއިރު ދެން ކީއްވެގެންތޯ ގާސިމް ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވަނީ؟ ވެރިކަމަކީ އެއީ އެކަން ބޭނުންވާއިރަށް ލިބޭ އެއްޗެއްތޯ؟" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަރީ

    އިސްލާހައް މަސައްކުރަނީ ނިކަމަތިމީހުންދިރިއުޅެން ހަދައިދީފަހުރިތަންތައް ތަލާ އަމިއްލަވިޔަފާރިއަޅާލަނީ ކޮތަެރުކޮއްޓޭގޮވަގޮވާފމިބައިގަޑު އަމިއްލަފައިދާނަގަނީ

    30
  2. އަދުރޭ

    ގާސިމްގެ ވިޔަފާރިތަކަކީ މަގޭ ތަސައްވުރެއް. އެހެންމީހުން އެފަދަ ކަމަކަށް ވިސްނާފައެއްވެސް ނެތް. އަހަރެން އެވާހަކަ މީހެއްގެ ކައިރީގައި ދެއްކިއަޑު ގާސިމަށް އިވިގެން އަވަހަށް އެކަންތައް ކުރަންފެށީ.
    ވީމާ އެހުރިހާ ވިޔަފާރިތަކަކީ މަގޭ ފިކުރީމުދަލެއްނުން.

    30
  3. މުހައްމަދު އަހްމަދު

    ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުގެ ވާހަކަ، ޔާމީނު ގާތުގައި ބުނީ ޤާސިމާ ނަޝީދާ ދެމީހުން. އެއީ މީލާދީން 1700 ގެ އަހަރުތަކުގެ ތެރޭ..

    21
    1
  4. މޮޔަސޮރު

    އައިޖީއެމްއެޗް އެޅި އަދުރޭކަމަށް ބެނެވިދާނެޔޯ

    5
    3
  5. ޓިނު

    ވެރިކަން ބޭނުންވާއިރަށް ޔާމީނަށް ލިބެންޖެހޭތަ މިހިރަ ގަމާރާ! ތިޔަ ޕީޕީ ފިޔާތޮށި އަންހެން ދުޅާ އާލަތްގަނޑު ހަނދާން ނައްތާލާ ވެރިކަމަށް އަންނަން...ބޮޑުވަގު.