މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިން ގަޔަށް ޖަހާފައި ވަނީ މެއި މަހު ކަމަށާއި ނަމަވެސް މުއްދަތު ހަމަވި ވެކްސިން ދިން ކުދިންގެ ބެލެނިވެރިންނަށް އަންގާ އަދިވެސް ނުނިމޭ ކަމަށް ވިލިމާލޭ ހޮސްޕިޓަލް މެނޭޖް ކުރާ އައިޖީއެމްއެޗް އިން އެއްބަސް ވެއްޖެއެވެ.

އައިޖީއެމްއެޗް އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު ހަމަވި ވެކްސިން ދިން މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައިވަނީ މި އަހަރުގެ މެއި މަހުއެވެ. އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އައިޖީއެމްއެޗުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އޭރު ތަޙުޤީޤުކޮށް މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރު ނުވާނެކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

ބަޔާނުގައި ދެން ބުނީ މެއި މަހު މުއްދަތު ހަމަވެފައި ހުރި ވެކްސިން ޖެހި މައްސަލައާއި ގުޅުން ހުރި ތުއްތުކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރެވެމުން ކަމަށެވެ.

މުއްދަތު ހަމަވި ވެކްސިން ދީފައި ވަނީ ކިހައި އަދަދެއްގެ ކުދިންނަށް ކަމަށް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ވިލިމާލޭ ހޮސްޕިޓަލުން ވެކްސިން ދިން ކުއްޖެއްގެ އާއިލާ މެންބަރަކު "ވަގުތަށް" މައުލޫމާތު ދެމުން މިއަދު ބުނީ، އެކުއްޖާގެ ގަޔަށް ވެކްސިން ޖަހާފައިވަނީ ކުއްޖާގެ އުމުރުން އެންމެ ހަތަރު މަހުގައި ކަމަށެވެ. މިހާރު ކުއްޖާގެ އުމުރުން 8 މަސްވެފައިވާ ކަމަށާއި މުއްދަތު ހަމަވެފައިވާ ވެކްސިނެއް ކުއްޖާއަށް ދިންކަން ހޮސްޕިޓަލުން އެންގީ މިއަދު ކަމަށް އެކުއްޖާގެ އާއިލާ އިން ބުނެއެވެ.

"ކުއްޖާއަށް މިހާރު 8 މަސް، ހަތަރު މަހުގައި ވެކްސިން ޖެހީ. އަދި ކިރިޔާ ގުޅާފައި ބުނީ، ޖެހުނީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ކަމަށް" އާއިލާއިން މައުލުމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ، ކުއްޖާއަށް ދީފައިވަނީ ކުޑަކުދިންނަށް މަހުން މަހަށް ދެމުން އަންނަ ވެކްސިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަނދުކޭތަ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ

    • Anonymous

      ކުޑަކުދިންގެ ހައްޤުތަކަށް ތި އަރައިގަންނަނީ ކޮބަ ޖެންޑާ ކޮބާ މިކަމުގައި އިހުމާލުވި ފަރާތްތައް

  2. ޡުންކުނު

    މާނައަކީ ފުދޭވަރަކަށް ގިނަ ކުދިންނަށް ތިޔަ ވެކްސިންވަނީ ދެވިފައޭ؟؟؟؟ ގިނަކަމުން އަދިވެސް އެކުދިންގެ އާއިލާތަކަށް އަންގޭނުނިމޭ؟؟؟؟

  3. ލުލު

    ވަރައަ ވަރައް ސީރިއަސް އޯ ...

  4. އަބުދު

    އެކަމަކު ބޮޑުއައިނު އެޅި ނޮވެމްބަރ 3 ގެ ލެއިބުއި ކަލޭގެ އަދިވެސް ބުނާނެ މިވަރުގެ ސިއްޙީ ޚިދުމަތް ދެވުނު ފަސް އަހަރެއް މި ދުނިޔޭގަވެސް ނެތޭ.

  5. Anonymous

    މަށަށް ވެސް ނާންގާ ގުޅީމާ ފޯނުވެސް ނުނަގާ

  6. ސިޑް

    ވިލިމާލެ ހޮސްޕިޓަލް ބަންދު ކުރަން ވީ...

    8
    1
  7. އަހްމަދު

    ކޮބާ މައްސަލައަކީ. އެވެކްސިނުން އެއްވެސް ގެއްލުމެއްނުލިބޭ. ކާބަފައިން ބުނޭ ނުބީހެންޏާ ކަނޑާ ހަމައޭ.

  8. ހެޔޮއެދޭ ފަރާތެއް

    ތިޔައީ ވަރަށް ވަރަށް ދެރަކަމެއް! ދުޢާޔަކީ އެ ވެކްސިނުގެ ސަބަބުން އެ ކުދިންނަށް އެއްވެސް މައްސަލައެއް ކުރިމަތި ނުވެ ހެޔޮ ޙާލުގައި ލެއްވުން!

  9. މަރީ

    ކިހާ ދެރަކަމެއް ދެންމީ. މިމީހުންގެ މުސާރަ ހަލާލުވާނެބާ؟

  10. އެޑްމުންޑޯމޯ

    ތިމައުލޫމާތުު ބެލެނިވެރިންނަށް ދިން އިރު ތިކަން ވެފައިވާ ގޮތް ރަގަޅަށް ސާފްކޮށް އޮޅުންފިލުވާ ދިންނަމަ ބެލެނިވެރިޔާ އަށް އެ އެރި އޮޅުން ނަޜާނެ ، އިހުމާލޭ މިކިޔަނީ އެހެންވީމާ ، ސާފްކޮށްދޭންޖެހޭ އެއްޗެއް ރަގަޅަށް ސާފްކޮށްނުދޭނަމަވެސް އެވާނީ އިހުމާލަކަށް

  11. ކަނޑު ފުރޭތަ

    މިސަރުކާރުގަ ވައްކަން ކުރަން އުޅޭލެއް ބޮޑުކަމުން އެހެން ކަންތައް ވާނުވާއެއްވެސްގިފައި ވެރިން އަލަންގިރި ފަހަތުން ދުވުން ކަމަކީ

  12. އަލީ

    ޔާމީނު ޒިންމާ ނަގަން ޖެހޭނީ
    މިސަރުކާރުން އިބޫ ނުޖެހޭނެ ޒިންމާނަގާކަށް
    މީބައެއްދިވެހިންގެ ވާހަކަ