"ހަނގުރާމައިގެ ހާލަތުގައި" ވޯޓެއް ނުނަގާނެ ކަމަށާއި ހަނގުރާމައިގެ ހާލަތުގައި ގޮތް ނިންމާނީ "ޕްލެޓޫންގެ ކޮމާންޑަރު" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސަލާމަތީ ބާރުތަކުން ކުރާ ޚިދުމަތް ފާހަގަ ކުރުމަށް ޕީޕީއެމް އިން ބާއްވަމުންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިއެޓްނާމް ހަނގުރާމައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 200 ސިފައިން ގޮވައިގެން ޕްލެޓޫނެއްގެ ކޮމާންޑަރަކު ހުއްޓާ އެޕްލޭޓުނަށް ވަށައިގެން ހަމަލާތައް ދޭން ފެށުމުން ދެން ހަދާނީ ކިހިނެއްތޯ ބަލަން 200 މީހުންގެ ތެރޭގައި ވޯޓެއް ނުނަގާނެ ކަމަށެވެ.

"އެވަގުތު އެމީހުންގެ ތެރޭގައި ވޯޓެއް ނުނަގާނެ. ސުޕްރީމް ކޯޓުން މިކަމުގައި ނިންމާފައި އޮތީ ކިހިނެއްތޯ އޭ ސުވާލެއް ނުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރަށް އިޝާރާތް ކުރައްވާ ރައީސް ޔާމިން މިރޭ ވެސް ވިދާޅުވީ ފެބްރުއަރީ 01 ގެ ހަނދާންތައް ދުވަހަކު ވެސް އެމަނިކުފާނުގެ ހިތްޕުޅުން ފިލައިގެން ނުދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ "ކައްޕި އާއި ހަވާލު ވެފައި އޮތީ އޮޑި އަމާން ބަނދަރަކަށް ގެންދިއުން. ގަދަ ކޮޅިގަނޑެއްގައި ޖެހުނަސް އޮޑި ދޫކޮށެއް ނުލާނަން" ކަމަށެވެ.

"ޤާނޫނު އަސާސީގައި ކައްޕިއަށް ދޭ ބާރުތަކެއް އެހެން މީހަކާއި ހިއްސާ ނުކުރާނަން." ކަމަށް ރައީސް ޔާމީން ވިދާޅުވާ ވާހަކަފުޅު އެމަނިކުފާނު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެންމެ ބޮޑެތި ޣައްދާރުންނަކީ ރިޝްވަތު ހިފައިގެން ގައުމު މިހާލަތައް ގެނައި މީހުން ކަމަށެވެ.

ރައީސް ވިދާޅުވީ އަބަދު ތަޖުރިބާ ލިބޭނީ ހަނގުރާމައެއް ކޮށްގެން ނޫން ކަމަށާއި ސިކުނޑި އިސްކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

 1. Anonymous

  ރާއްޖެޓީވީ ބަންދު ކުރަންޖެހޭ. ގައުމުގެ ހާއިނުންދޭ ގެއްލުމަށްވުރެ ބޮޑު ގެއްލުން ދިވެހިރޢްޖެއަށް ދެނީ މިޓީވީން. ހިތަށްއަރާ މިއީ ސެކިއުލަރ ގައުމަކުން ގެނެސްދޭ ހަބަރުތަކެއްބާއޭ. ހައްދު ކަނޑައަޅުއްވާފައިވާ ކުށްތަށް މީހުންގެ ބޮލުގަ އަޅުވާ މައުސޫމް އެތައްބައެއްވެސް ހަމަ އެކުށްތަކަށް އަރުވަމުން އެގެންދަނީ. އަނެއްކާ އެކަން މުޅިގައުމަށް އެބަ ފަތުރާ. މިޓީވީ ހުއްޓުވާ. އެހެންނޫނީ މިގައުމުން އިސްލާމްދީން ނެތި ހިނގައިދާނެ.

  • ާދުރެ

   ދޫލާަ

  • މުޙަންމަދު

   ވވ.ބޮޑު ތެދުފުޅެއް.

 2. ފެނޭދޯ

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭދޯ.

 3. Anonymous

  ރ.ޓީވީގެ ނޫސްވެރިންގެ ތެރެއިން ކަށިތަޢް މުގުރުނު ސޮރު ހާދަ އަވަހަކަށް އައިސް މިހިރީ ފަސާދަ އުފައްދަން. މިއީ ޝައިޠާނެއްބާ؟

 4. 7777

  ރ.ޓީވީން މިދައްކަނީ ހާދަ މީހުން ގިނަ މުޒާހަރާއެއް. 10.30 ވާއިރަށް 20 މީހުން އަންނާނެ. އަޅެ ތިއުޅޭ މެމްބަރުންނަކީ އައިލާއެއްވެސް ނެތް ބައެއްތަ. ނޫނީ ހާއިނުންނާ ދެކޮޅުވީތަ އާއިލާވެސް

 5. Anonymous

  މިރޭ ކިބައިތަ ލިޕް ސަރޖަރީއެއް ހަދާފަ އިން އަސްދޫނި ތުންގަނޑު ރީތިވެގެން އުޅޭ މުހޭ.

 6. އަލީ

  ުނުކުރެވޭނެ އަމުރެއް ކުރީމަ ވީގޮތް. އަދަބު ލުއިކުރުމާއި މައާފު ދިނުމަކީ ގާނޫނު އަސާސީން ރައީސަށް ދީފައިވާ ބާރެއް. ކުއްވެރިންގެ މައްސަލަ ތިމަންނަމެންނަށް ކުރިން ބެލުނީ ގޯސްކޮށް ކަމަށާއި އެމީހުން ކުއްވެރި ނުވާކަމަށް އަލުން ހުކުން ކޮށްފީމޭ ބުނިނަމަ ތަންކޮޅެއް ބޮލަށް ފަސޭހަވީސް. އެކަމަކު އެވެސް ދެ ޚަސްމުންގެ
  ހާޒިރުގައި.

 7. ޙުސެން

  ކަލޭ އެންމެފަހުން ކަނޑުވަާނީ.

  • މުޙަންމަދު

   ކަލޭ ތިހުރީ ކަނޑުވެފައި

 8. ސާނާ

  ސާބަހޭ ރައީސް ޔާމީން މި ގައުމުގެ ރަތްއަތުން ތިބީ މަނިކުފާނާ އެކު، އެހެންވެ މި އުޅޭ ހައެއްކަ މޮޔައިން މޮޔަގޮވަނީ

 9. އްބުދުﷲ

  ކަލޯ ތީހަހުވަފެން ތިބަލަނީ.

 10. ގަލް

  ސަޅި ބަސްކޮޅެއް

 11. ޙަބީބް

  ބޭފުޅާ ތީގޯހެއް މި އުޅެނީ އެއްވެސް ޓީވިއެއްގެ މައްސަލައެއްނޫން..އެހެންވިއްޔާ ޓޥީއެމް ނޫން އެހެން ހުރިހާ ޓީވީ އެއް ބަންދުކުރަމާ އެއީ ނާތަހުޒީބް އަމަލެއް އޯކޭ ޗާެއޯ..ބައި..

 12. ޤައުމީގޮވުން

  ރައީސް ތަރައްޤީޤެ ވާހަކަ ގިނަކުރައްވާ އަބަދު ރައްދު ދިނުމާ ޒުވާބު ދިނުމުގަ ނުހުންނަވާ. އެބައި އަދުރޭމެން އެކްޓިވިސްޓުންނަށް ދޫކޮށްލާފަ ކުރިޔަށް ހުރި އުންމީދީ ތަރައްޤީގެ ބޮޑެތި ޕުރެޖެކްޓްތަކުގެ ވާހަކަ ދައްކަވާ

 13. ބާބޫ ނާޒް

  ކީރިތި ރަސޫލާ އައް ފުރައްސާރަ ކުރާ އައްނިގެ ރާ،ޓީވީ މިހާރުން މިހާރައް ބަންދު ކުރުމައް ސަރުކާރަޢް ގޮވާލަން.

 14. ޔާގުން

  ލޯކަނުމީހުންނަށް ވިހިރުފިޔާގެއިނާޔަތްދިންދުވަސްވަރުމަތިންހަނދާންވަނީ ދޮގުހެދުމުގަހައްދުފަހަނައަޅާދާންފެށީމަ.

 15. ދަރި

  ޢަބްދުއްރަހީމު ބުނާއިރަށް ރާޓީވީ ބަންދުކުރާނެ

 16. ބޮލިހިލާ

  އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އަތުގައި ހުރި ފައިސާ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވާނަމަ ދެން އެއީ މަމެންނަށް ހިތް ހަމަޖެހުން ލިބިގެން ދާ ކަމެކޭ. ކެނެރީގެ ނަޝީދު ހޭދެބައިވެގެން އޭނާ ރާއްޖޭގެ ރައްޔިތުންގެ ނުރުހުމުގައި ރާއްޖޭގެ ވެރިކަމަށް ފާވާން ވެގެން ރައްޔިތުންގެ %85 ތާއީދު ލިބިގެން ހޮވާފައިވާ ގައުމީ ވަންތަ ސަރުކާރެއް ވައްޓާލަން އޭނާ ކުރާ މަސައްކަތް ކުޅަދާނަ އެއް ނޫނޭ ކާމިޔާބު ކުރަން އެއީ ވާނޭ ކަމެއް ނޫނޭ. މަމެން ދަންނަމޭ ތަމެން 2008 ގައި ވެެރިކަމަށް ފާވާން ވެގެން ކުޅުނު ކޮރަޕްޓް ގޭމްސް ތައް އެހުރިހާ ގޭމްސް ތައް މަމެން އަންފޯލްޑް ކުރާނަމޭ ކުޅަދާނަ އެއް ނޫނޭ ތަމެންނަށް ކަރުގެ ނާރުތަކަށް ފުއްޕާފައި ޕާކިސްތާނު ތާލިބާނުން އެ ގައުމު ކޮންޓްރޯލް ކުރާ ގޮތަށް މިރާއްޖޭގައި އުފެދިފައި އޮތް މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަން ބަދަލު ކުރަން. އެއީ ވާނެ ކަމެއް ނޫން. އައި ނޯ ޔޫއާރ ފެއިލްޑް ރަންރީނދޫ ޓްވިޓަރޭ. ދެން ދަގަ ބޮލިހިލަން

 17. މަހަށްދޭބަލަ

  އިދިކޮޅު ލީޑަރުން ހީކުރީ އެމެންނަށް ފުލުހުންގެ ތެރޭގައި ތިބި އެސްއޯގެ ކޮމާންޑަރުން ކޮޅެއް ސުޕާރީ ކޮޅެއް ދީގެން ގަނެލުމުން އެމެންނަށް މަމެން ޕިންކީންގެ ވެރިކަން ވެއްޓޭނެ ކަމަށްތޭ. ނުވާނެ ތިޔާ ކަމެއް ރަންރީނދޫ ޓްވިޓަރޭ. ނުވާނެ ކަން މިހާރު ތަމެންނަށް އިނގޭނެ އެއް ނޫން ތަމެން ބޮލުން މިހާރު ދުން ނޫންތޭ ތިޔާ އަރަނީ ބާތިލް ވެފައިވާ ކޯޓް އަމުރަކަށް ގޮވާލާ ކޮންމެ ރެއަކު އަބޫޖަހުލު ތިއަރީ ކުރިއަރުވާއިރު. ތަމެން ކޮން އެއް ކެންޑިޑޭޓެއް ނެރެންތޭ ބޮޑު އެއް ކެންޑިޑޭޓް އޮންނާނީ އިނގޭތޭ ރަނގަޅަށް ތަމެންނަށް އެއް ކެންޑިޑޭޓް ނެރެދޭނަމޭ ތަމެން ތެޔޮ ލައިގެން ތައްޔާރަށް ތިބޭތި މަމެން އެބަ އަންނަން ތަމެންނަށް އެއް ކެންޑިޑޭޓް ނެރެދޭން އިނގޭތޭ. މަހަށް ދޭބަލަ ދެން ރަންރީނދޫ ޓްވިޓަރޭ މެން. މަހަށް މަހަށް މަހަށް ދޭބަލަ.

 18. އުނގުވިއްކާ

  ގާނޫނު އަސާސީގެ 6 ވަނަ މާއްދާގެ ދަށުން ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ އެއީ ރައީސުލް ޖުމްހޫރިއްޔާ އަށޭ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމް ދިވެހިރައްޔިތުން ގެ ތެރޭން ވޯޓް ލީ ރައްޔިތުންގެ %85 މީހުން ވޯޓް ދިނީ އެއީ ސީދާ މަމެން ޕިންކީންގެ ސަރުކާރަށެވެ. އެއީ އެއްވެސް ހާލެއްގައި ޕޮލިހާއި ހަވާލު ކުރި ވެރިކަމެއް ނޫނެވެ. ކަން މިހެން ހުރުމުން އެސްއޯ ފުލުހުންގެ ތެރޭން ގައުމަށް ގައްދާރުވާ މީހުންނާއި އަދި ސިފައިންގެ ތެރޭން ވެސް ގައުމަށް ގައްދާރުވާ މީހުން ބުނި ނަމަވެސް މުޅި ފުލުހުންގެ މުވައްސަސާ ނުޖެހޭނެއޭ އެފަދަ ގައްދާރުން ބުނާ ގޮތަށް ކަންކަން ކޮށް ރައްޔިތުންގެ ވެރިކަން ވައްޓާލަން. ފުލުހުންގެ ވެސް އެންމެ އިސްވެރިއަކީ މަމެންގެ ރައީސް އަދި ސިފައިންގެ ވެސް އެންމެ އިސް ވެރިއަކީ އެއީ މަމެންގެ ރައީސް އެވެ. އެއީ ފުލުސް ކަމިޝަނަރެއް ވެސް ނޫން އަދި ހޯމް މިނިސްޓަރެއް ވެސް ނޫނޭ. އިދިކޮޅު އެމްޑީޕީ އަށް ކުޅަދާނަ އެއް ނޫން މަމެންގެ ވެރިކަން ވައްޓާލަން. އެމެން ދާން ޖެހޭނީ މަހަށް. މަހަށްދޭބަލަ.ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަސްބިއެއްޓޭ ދަ އުނގުވިއްކާ މެން މަހަށް ދޭބަލަ ދެން. ތަމެން ދަގަ ރިޗަރޑް ބްރެންސަނޭ މެންނަށް އުނގުވިއްކަން ޔޫކޭ އަށް އަނެއްކާ. ދަގަ. އުނގުވިއްކާ ދޯ.

 19. އާއްހާއް

  އިދިކޮޅު ލީޑަރުންގެ ހިތްވަރަކީ އެއީ އަތުގައި ހުރި ފައިސާ ކަމަށްވާނަމަ އެމެން ޖެހޭނީ މަހަށް ދާން ފައިސާ ބޭނުން ކޮށްގެން މަމެންގެ ވެރިކަން ވައްޓާލަން އެމެން ކްރުއަލް ތިންގްސް ހިންގާނަމަ. އެކަން ނުވާނެއޭ. އެކަން ޖެހޭނީ ހަނދާން ނައްތާލާ އެމެން ރަށު ތެރޭން މުޑި ކާށި ހޮވުން ފަދަ ކަމެއް ކުރަން އުޅުނިއްޔާ އޭ މަމެން ބުނަން ނެތީމު ދޯ. އެމެން އެވަނީ ވެރިކަމާއި ހެދި ހޭބަލިވެފައޭ ސިޗުއޭޝަން ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. ބާއުބާއު. އާއްހާއް އާއްހާއް އާއްހާއް.

 20. ހުރަސް

  ޔާމީން އަކީ ހިކުމަތްތެރި ވެރިއެއް

 21. ނަޢިމާ

  އިންސާނުންގެ ހިތަކީ އަޖައިބެކެކެވެ. ނުބައިކޮޅަށް ބާރުދޭ ހިތެކެވެ. އެހިނދު އެހިތަށް ކިތަންމެވަރަކަށް ޙޤީޤަތް އެގުނަސް އެ ޤަބޫލެއްނުކުރެއެވެ. ކާލިގަނޑު ޓީވީގައި ހެޔޮ ވަހަކައެއް ދައްކާތީ ނުދެކެމެވެ.

 22. ލައިސް

  އާން. ތި އެންމެ ގަޓު ރައީސް އަށް އޯކޭ ވާނެ މިތާ ބޮޑު ހަނގުރާމަ އެއް އުފެދި އިސްލާމީ ޙުދޫދު ތަކާ ޙިލާފަށް މީހުން މަރަމުން ގެންދިޔަޔަސް. ތި ދުންޔަވީ ފެހި ޤާނޫނާ، ޑިމޮކްރަސީ އާ، ހުމަން ރައިޓްސް ތިއީ ހަމަ ދުނިޔޭގަ ފިތުނަ އުފައްދަން ރާވާފައިވާ މޮޅެތި ޤާނޫނު...

 23. މަ މިއު މަ

  އަސްތާ އަަސްތާ؟ މި މީހާ ރައީސް ކަމުގަ ހުންނަން ހާދަ ބޭނުމޭ. ބަރުޒަހަށް ދޭބަލަ!

 24. ޖޖޖ

  މިގައުމުގެ މީހުން ނުދަނަ ކަމެއް ދައުލަތަށްލުބޭ ފައިސާ ވަންނަތަަކީ މީރާ ކަމާ އެރައްކާކުރަނީ އެމް.އެމް.އޭގަކަމާ އެ ޚަރަދު ކުރަނީ މަޖްލީހުގެ ރައްޔިތުންގެ މަންދޫބުން ދޭ ހުއްދައާ އެއްގޮތަށް ފިނޭންސް އިންކަމާ މި ފައިސާ ހޯދިއަދަދާ ޚަރަދުކުރި އަދަދާ ބާކީ ކޮންމެ އަހަރަކު 1 ފަހަރު އޯޑިޓް އޮފީހުން ބަލާކަން. ތަނެއް ދޮރެއް އެނގެނީކީނޫން. ތާއީދު ކުރާސިޔާސީ މީހާ ނުވަތަ ބަލާ ޗެނަލް އިން ވަގަށް ގޮވާމީހަކަށް ވަގަށް ގޮވަންވީ. ހީވާނީ ލަވައެއްގެ ކޯރަސްހެން. މިހެން އުޅޭއިރު މިމީހުންގެ ބޮޑުންވެސް މިއުޅޭ ތަންދޮރު ނުދަންނަ މީހުންނަށް ކުރަނީ މަލާމަތް ކަމެއް ނުދަނޭ. ކަމާބެހޭ ފަރާތްތަކުން ތަންދޮރު ނުދަންނަ ރޮނގާލިފަތީގެ ސިކުނޑިއަށް މިކަންކަން ވައްދުވަބަލަ. ހާދަ ނުބައި ކަމެކޭ މީހުނަށް ވަގަށްގޮވުމަކީ. ހެޔޮނުވާނެ މިފަދަ ނުބައި އާދައެއް އިންސާނުން ތެރޭ އަށަގަތުމަށް ދޫކޮށްލަން. މިއީ ﷲ ގެ ހައްދުތަކުގެ ތެރޭ ހިމެނޭ ޤުރުއާނުގައި އޭގެ އަދަބާ އެކަން ޘާބިތު ކުރާނެ ގޮތް އަންގަވާފައިވާ ބޮޑުފާފައެއް.

 25. ވިލުފުށި

  ތިޔަދެއްކެވި ވާހަކަ ފުޅައް ހަމަ ތާއީދު / ޔާމީންގެ މާލިމީކަމުގަ މި ދިވެހި ގައުމައް ފިސާރި ގިނަގުނަ ތަރައްގީ އާއި ކުރިއެރުން ގެނެސްދެއްވަފި މީ ގަބޫލްކުރަންޖެހޭ ހަގީގަތަކީ. 2018.

 26. އޭއެމް

  ރަގަޅުގޮތަކީ 2018 ގެ އިންތިޚާބު ބޭއްވުން

 27. ޢަބުދުﷲ

  ވޯޓެއްލާނެ ކަމެއްނެތް.. އުމުރަށް ވެރިކަމުގަ ހުރޭ.

 28. ގޮމަ

  ދެން ޗެނަޅް 13 އަބަދު ފޮނުވަނީ ގުރުއާން ދޯ

 29. ގޮމަގޮމަ

  ކިތައްމެ ވަރަކައް އުޅުނަސް ރާއްޖެ ޓީޥީކުދިން އަގީދާބަލިކައްޓެއްނުވާނެ..ޢެއީ ފިނޑިންނެއްނޫން...ޙަމަ ދާނީކުރިޔައް ..ސާބަސް ރާއްޖެ ޓީވީ ކުދިން ނައް

 30. އާއިލާ

  މަހަމަކޮސްވެއްޖެ ކަލޭމެން ޔަގީން ކޮށްދީބަލަ އޭސީސީން އެބުނާ 1 މިލިއަން ޑޮލަރ އިސްލާމީ ބެންކްގަ އޮތް ޔާމީންގެ ޕާސަނަލް އެކައުންޓަށް ޖަމާކޮށްފަނުވާކަމުގެ ކަލޭމެން ޔަގީން ކޮށްދީބަލަ އަދުރޭ އަށް ވައްކަމުގެ މައްސަލައެއްގަ 12 އަހަރުގެ ޖަލުހުކުމެއް ކޮށްފަ ނުވާކަމުގެ ކަލޭމެން ޔަގީން ކޮށްދީބަލަ ތިޔާމީން ބެންކޮކުން ލާރިދީފަ ގެންނަ އަހެންކުދިންނކީ ހިލޭއަންހެނުން ކަމުގަ ނުބުނާކަމަށް ކަލޭމެން ޔަގީންކޮށްދީބަލަ ﷲ ގެދެވަނަ ދަރިންނޭ ދިވެހިންނަކީ ޔާމީން ނުބުނާކަމަށް ކަލޭމެން ޔަގީންކޮށްދީބަލަ ފާތުމައަކީ ކުޅެދޭމީހުން ނުކުޅެދޭ މީހުންނަށް ހަދާމީހެކޭ 2ފ ޝިޔާމް ނުބުނާކަމުގަ ކަލޭމެން ޔަގީންކޮށްދީބަލަ ނޫހުގެފާނުގެ ނައުކޮޅާ އަމިއްލަ ޕާޓީއާއި ޔާމީން ހަމަހަމަ ނުކރާކަމުގަ ކަލޭމެން ޔަގީންކޮށްދީބަލަ ޚާލިދުބުނި ވަލީދު އާއި އަދީބް ހަމަހަމަ ކޮށް ޔާމީން ނުބުނާކަމަށް ކަލޭމެން ޔަގީންކޮށްދީބަލަ މިއޮންހާދުވަހު ކޯޓުން ބޭނުން ހުކުމެއް ނެރެމުން އައިސް އަދި ކޯޓްތައް ރަނގަޅު ކަމުގައި ޔާމީން ސަނާނުކިޔާ ކަމުގަ
  2 ނާއިބް ރައީސް ގޯސް
  ޢެތައް މިނިސްޓަރުން ނެއްގޯސް
  ޢެތައް މުވައްޒަފުން ގޯސް
  ޢެތައް ފުލުހުންނެއް އެތައް ސިފައިންނެއް ގޯސް
  މީނަ ކިތަންމެ ބޮޑު ގޯސްކަމެއް ކުރިޔަސް އެކަން ގޯހޭ ބުނާކޮންމެ މީހަކީ ޓެރަރިސްޓަކަށް ނޫނީނުވޭ ރާއްޖެ ޓީވީއިން ގެނެސްދެނީ ލައިވް ކޮށް ގެންނަ މަންޒަރު ފެންނަ މަންޒަރާއި ބުނާ އެއްޗެއް ދިމާނުވާނަމަ ތިހެންބނަން ރަނގޅު ލޯކުރިމަތީގައި ހިންގާ ކަންކަމުގެވާހަކަ ނުބުނެ ސިއްރުކުރަން މަސައްކަތްކުރާނީ ޖާހިލުން އެކަހަލަ މީހުން އަބަދުވެސް ދީން ހަތިޔާރަކަށް ހަދައިގެން އެހެންމީހުންގެ ބޮލަށްސަވާރުވާން މަސައްކަތްކުރާނެ އެއީ ދުނިޔެ ދެކެމުންއަންނަ ހަގީގަތް އެގޭހާވެސް އެއްޗަކީ ރ ޓީވީ ބަންދުކުރިޔަސް ނުކުރިޔަސް މާތްﷲ ބަލިކުރައްވަން ކަނޑަ އަޅުއްވައިފި އަޅަކު ގަދަކުރެވޭނެ ފަރާތެއްނެތްކަން ދުވަހެއް ދުވަހަކަށް ޔާމީނު އެދަނީ ބަލިވަމުން އެކީގަ އުޅުނު އެންމެން އޭނަދޫކޮށް ގޮސްމިއަދު އޭނަ އެކަނި ވެއްޖެ މިހާރު ކިރިޔާވެސް ހިމާޔަތެއް ލިބެނީ ބައިއަތު ހިފައިގެންތިބި މަދު ސިފައިންނާއި ފުލުހުން ކޮޅެއްގެ ސަބަބުން އެކަން މިރޭވެސް ނިމިދާނެ ﷲ ގަޑިޖައްސަވައިފިނަމަ

  • އަލީ

   8 ފެބްރުއަރީ 2012 ގައި ފުލުހުންތަޅާ މަރާލިކަމަށް ރ.ޓީވީން ބުނި ސ.ހިތަދޫއަންހެ ނާއަކީ ކާކުތޯއާ އޭނާާ ވަޅުލީ ކޮންތަނެއްގައި ކޮންބަޔަކުތޯ ބުނެލަދީބަލަ.