މިއަދު ހެންވޭރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓެއްގައި މަސައްކަތް ކުރި ބިދޭސީ މީހެއްގެ މޫނަށް ހެރުނު ދަގަނޑު ހުރީ ވަރަށް ފުންކޮށް ހެރިފައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަންޒަރު ދުށް މީހަކު "ވަގުތު" އަށް ބުނީ ދަގަނޑު ވެއްޓިފައި ވަނީ މަސައްކަތް ކުރި އިމާރާތުގެ ވައި ގޮޅިން ދަގަނޑުތައް އެރުވުމުގެ ތެރޭގައި ކަމަށެވެ.

ވެއްޓުނު ދަގަނޑުބުރީގެ ދިގުމިނުގައި ގާތްގަނޑަކަށް ހަ ފޫޓު ހުންނާނެއެވެ. ދަގަނޑު ވެއްޓިފައި ވަނީ އެމީހާގެ ނޭފަތް މައްޗަށް ކަމަށް އޭނާ ކިޔައިދިނެވެ.

"ސިޑި ގޮޅި ތެރެއިން ދަގަނޑުތައް ވާޖަހައިގެން އެރުވީ، އެރުވުމުގެ ތެރޭގައި އޭގައިން ދަގަނޑުބުރިއެއް ވެއްޓި މަސައްކަތުގައި އުޅުނު ބިދޭސީ މީހެއްގެ ނޭފަތްމައްޗަށް ހެރުނީ. ދަގަނޑުގެ ވަރަށް ބޮޑުބައި ހުރީ އޭނާގެ ހަށިގަނޑުގެ ތެރެއަށް ވަދެފައި" އޭނާ ބުންޏެވެ.

އޭނާ ބުނީ ހާދިސާ ހިނގުމާއެކު ވަގުތުން އެ ބިދޭސީ މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ގެންދިޔައިރު އެމީހާގެ ހޭވެރިކަން ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިތުރު މީހަކު ކިޔާދިންގޮތުގައި، އެ ދަގަނޑު ހަށިގަނޑުގެ އެތެރެއަށް ވަނީ ވަރަށް ބޮޑަށް ހެރިފައެވެ. ބެލެވޭގޮތުގައި، ނޭފަތަށް ހެރުނު އެ ދަގަނޑު ގޮސް ބަނޑާއި ހަމައަށް ވަނީ ފޯރާފައެވެ.

މިކަމާއި ގުޅޭގޮތުން ހޮސްޕިޓަލުން މައުލުމާތު ދީފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 11:38 ހާއިރު ކަމަށެވެ.

މީހެއްގެ މޫނަށް ތޫނު ދަގަނޑެއް ހެރި ސީރިއަސް ހާލަތުގައި!

ފުލުހުން ވިދާޅުވީ މި ހާދިސާގައި ޒަހަމްވި ބިދޭސީ މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރައްޔިތު އަހުމަދު

    އާރސީސީ ގެ ސައިޓެއްގަ އެތާގެ މުވައްޒަފަކަށް ތި އަނިޔާވީ. ކުންފުނީގެ ނަން ޖަހަން ނުކެރިގެން ތިއުޅެނީ ބިރުންތަ؟

    9
    3
  2. މައި

    މާތް ﷲ އޭނާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާނދޭ.

    24
  3. ހިރާސް

    ފައިސާ ހުރި މީހުންގެ މަސައްކަތް ކުރާ ގޮތުން މިކަހަލަ ކަންކަން ވާނެ. މާލޭގަ މިހާރުވެސް އެބަހުރި މިގޮތަށް ގަވައިދާ ހިލާފަށް ހަދައިގެން ބޭނުންކުރާ ގުދަންވެސް ބޮޑެތި މަގުގައި. ބަލާނެ ބަޔަކު ނެތް.

  4. ނަން

    ތިމީހާގެ ދުވަސް ތިޔަ ދިޔައީ

    4
    2
  5. ޙަަަހަ

    ހެހެހހ ، ނެތްތަ ބަނޑާއިނހިސާބަށް ގޮއްސަހުރި ވީޑިއޯ ، ފެންނަން ހުރި ވީޑިއޯގައި ފެންނަނީ ނޭފަތަށް ހެރިފަހުރިތަން ، އެމީހާ ޕިކަޕެއްތެރެއަށްވެސް ލާއިރު އިންނަނީ އިށީނދެ ، ބަނޑާއި ހަމައަށް ހުރިނަމަ ނުވެއް އިނދެވޭނެ ،

    4
    3
  6. މޫންޓީ ސޯލިހު / މަނަދޫ ކައުންސިލަރ

    މަންޖެ ކޮން ނިއު ގުރާނައެއްތާ ތިޔާ ގޮވަނޫ؟؟

    2
    2
  7. ޝަޒީމާ ސޯލިހު / މަނަދޫ

    އޯ މައި ގޯޝް... ސޮރީ އިފާ!
    އެހާވަރަށް ބަލައި ނުލެވުނީއޭޅަ!!!
    އަޅައަޅައަޅާ

    2
    3
  8. މޫންޓީ ސޯލިހު / މަނަދޫ ކައުންސިލަރ

    ސަޒީން... ސާބަސް ހަމަ!!
    ތަ ހާދަހައު ލާނެތް ވެގެޅަ
    ބޯއި ހަލާލްކުޑް

    2
    2
  9. މަނަދޫ ބަކުރުބެ

    އޯ މައި ގޯޑް ބު ރިގާ ޑިޔަރ........
    ވަޓް ދަ ހެލްމެޓް ކޮބާ ބޮލްގަ؟؟
    ހެލްމެޓެއް ވެސް ނެތީޅަ؟

    2
    2
  10. މޫންޓީ ސޯލިހު / މަނަދޫ ކައުންސިލަރ

    ހަހަ ހަހަ ހަހަ ހަހައްއްްއްއްއްހާ.....
    ހީ ހީ ހީސް ލެވިއްޖެ މޫންތައަށް؟!؟!؟!؟!

    2
    2
  11. އިފާ ޑި ނޫރީ / ރަންރީނދޫ އިފާ

    އެޑަލްޓް ޑައިޕަރ ހިޔާލް ކުރައްވާ!
    ހާސަންސްބެ ބުރޭންޑްގެ އެޑަލްޓް ޑައިޕާ

    1
    3