ފެރީއަކުން މޫދަށް ވެއްޓުނު ދިވެހި ޒުވާން ފިރިހެނަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގއ. ގެމަނަފުށިން ފުރައިގެން އެ އަތޮޅު ކަނޑުހުޅުދޫއަށް ދަތުރު ކުރަމުން ދިޔަ ފެރީގައި ހުރި ޒުވާނެކެވެ.
ގެމަނަފުށި ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު "ވަގުތަށް" ވިދާޅުވީ، ނިޔާވެފައިވަނީ ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ ކަނޑުހުޅުދޫއަށް ނިސްބަތްވާ އުމުރުން ގާތްގަނޑަކަށް 25 އަހަރުގެ ދިވެހި ޒުވާނެއް ކަމަށެވެ.
އޭނާ ވެއްޓިފައިވަނީ މިއަދު އިރުއޮއްސި 6 ޖަހާކަންހާއިރު، ރަށުން ފުރައިގެން ފެރީއަށް ނެރާއި ހަމައަށް ދެވެނުތަނާ ގޮތަކަށް ކަމަށް ނާޝިދު ވިދާޅުވިއެވެ.
"އެކުއްޖާއާއި އިތުރު ދެ ކުދިން ތިބީ ދިރުނބާ ކޮޅުގައި ވާހަކަ ދައްކަން. ތިއްބާ ހަމަ ކުއްލިއަކަށް ވެއްޓުނީ. ކުއްޖާ ވެއްޓުމާއި އެކީ އަނެއް ދެކުދިން ވެސް ވަގުތުން ފެރީގެ ފަހަތުކޮޅަށް ގޮސް މޫދަށް ފުންމާލީ" ނާޝިދު ވިދާޅުވިއެވެ.
ފިޓު ޖެހުމުގެ ހިސްޓްރީ އޮންނަ އެކުއްޖާ ނަގާފައިވަނީ މޫދު އެންމެ އަޑިން ވެލިގަނޑު މަތީގައި އޮއްވާ ކަމަށާއި ނަގައިގެން ސިއްހީ މަރުކަޒަށް ގެންދެވުނުއިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށް ނާޝިދު ވިދާޅުވިއެވެ.
"ގާތްގަނޑަކަށް މޫދު އަޑީގައި 10 ވަރަކަށް މިނެޓު އޮއްވާ ނެގުނީ. ސިއްހީ މަރުކަޒަށް ގެންދެވުނުއިރު ވެސް ނޭވާ ނުލާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދިނީ" ނާޝިދު ވިދާޅުވިއެވެ.
إن الله وان الح رجعنا
އެކުއްޖާ ވެއްޓުމާއެކީ ސަލާމަތް ކުރުމަށް އަވަސް އެކްޝަނެއްނަގާ ވަގުތުން ފުންމާލިނަމަ
ލައިފްޖެކެޓް އެޅިނަމަ. އެކަންވެސް ނުކުރާ އޮޑިފަހަރު ގިނައީ.. ވަރަށް ހިތާމަހުރި.
ވަގުތު ނޫހުން ކިހިނެއްތަ ފުންމާލާނީ. ވަގުތު ނޫސްވެރިން އެ ފެރީގަ ތިބިތަ
އެފަދަ ހާލަތެއްގަ ހުރި ކުއްޖަކު ކަނޑައް ވެއްޓިދާނެ ފަދަ ތަނެއްގަ ހުރެ ވެއްޓުނު އިރު ކެޕްޓަނުގެޒިންމާ ކޮބައިބާ
ކެޕްޓަނަށްވުރެ ކުރިން އެ ކުއްޖާ އަށް އެނގެންވާނެ އެއީ ފިޓްޖެހޭ ކުއްޖެއްކަން. މީގަ ކެޕްޓަންގެ އޮތީ ކޮންކުށެއްބާ؟
ދަތުރު ކުރާ މީހުންގެ ޒިންމާ ނަގަން ޖެހޭނީ ކެޕްޓަން.
ފެރީއިން ދަތުރުކުރާ މީހުންގެ މެޑިކަލް ހިސްޓްރީ ކެޕްޓަނަށް އެނގުން ލާޒިމްތަ އޭނާ ޒިންމާނަގަން؟
ޥެކްސިން
إن الله وان الح رجعنا
އެކުއްޖާ ފެރީން ދަތުރު ނުކުރިނަމަ
انالله وانا اليه راجعون! ﷲ، މަރްޙޫމްގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ޖައްނަތުލް ފިރްދައުސް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمين
ފެރީގެ ދިރުނބާ ކޮޅުގައިވެސް ފަސިންޖަރުން ބައިތިއޑބަނީތޯ؟؟؟
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
اللهم أرحمه وأسكنه فسيح جناتك واجعل قبره روضة من رياض الجنة ولا تجعله حفرة من حفر النار اللهم امين يارب العالمين
ފިޓު ޖެހޭކަން އެގޭއިރު ކަޑުަތިން ވަޒީފާދިް ބަޔަކައް ފިޔަވަޅުއަޅަން ޖެހޭނެ؛
انالله وانا اليه راجعون! ﷲ، މަރްޙޫމްގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ޖައްނަތުލް ފިރްދައުސް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمين
انالله وانا اليه راجعون! ﷲ، މަރްޙޫމްގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ޖައްނަތުލް ފިރްދައުސް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمين
إن الله وان الح رجعنا