ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މަގާމުގައި ހުރެގެން ހިންގަމުން އެގެންދަނީ ޖަރީމާ ކަމަށް އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއި އެއް ޖިންސުން ގުޅުން ހިންގި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއުއަށް ދިން އަދަބު ކުޑަ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ބޭނުންވާކަން ހާމަ ކުރުމުންނެވެ.

ޝަމީމަށް ފާޑުވިދަޅުވެ ޒައިދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޖީގެ ބިރުވެރިކަމެއް ނެތްތާންގައި ލަދުވެތިކަމެއް ވެސް ނެތީތޯ ސުވާލު ކޮށްފައެވެ. "މިހާރު ޕީޖީ އަކީ އެމަގާމުގައި ބަހައްޓަން އެއްގޮތަކަށް ވެސް އެކަށީގެންވާ ބޭފުޅެއް ނޫންކަން މިހިރަ ދަނީ ފާޅުވަމުން." ޒައިދު ވިދާޅުވިއެވެ. ޒައިދު ވަނީ ޕީޖީ ހިންގަމުން މިގެން ދަނީ ކޮންފަދަ ޖަރީމާތަކެއްތޯ ވެސް ސުވާލު ކުރައްވާފައެވެ.

އަބްދުއްރަހްމާން ރަފީއު އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.

އަބްދުއްރަހްމާން ރަފީއު އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އަދަބުގެ ދެ ގުނަ މަތި ކުރުމަށްފަހުއެވެ. ކްރިމިނަލް ކޯޓުން ފުލުސް މީހާގެ އަދަބު ބޮޑުކުރީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އުސޫލުގެ ދަށުން ފަނޑިޔާރަށް ލިބޭ އިހްތިޔާރު ބޭނުންކޮށްގެންނެވެ.

މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ، އަބްދުއްރަހްމާން ރަފީއުގެ މައްޗަށް އަދަބު ކަނޑައެޅި ގޮތާމެދު "ހިތްހަމަ ނުޖެހޭތީ" އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ 7 މަހާއި 6 ދުވަހަށް ޖަލު ބަންދު ކޮށްދޭން" ޕީޖީން ބުންޏެވެ.

އަބްދުއްރަހްމާން ރަފީއުގެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ ނިންމުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ މީހަކަށް ދިން އަދަބެއް ބޮޑުވެގެން ޕީޖީ އިން އަމިއްލައަށް މައްސަލައެއް އިސްތިއުނާފު ކުރާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ތި ބުނުއްވީ މަނިކުފާނު ގެންނެވި ސަރުކާރުގެ ޕީޖީ ވާހަކަ ދެއްތޯ! އެހެްނވިއްޔާ ކޮނޑުހުޅުން ނެއްޓެންދެން ބާރަށް އަތްޖައްސަވާ!

    24
    1
  2. ޑައެލޯގް

    ބަލަ ޒައިދާ އިމްރާނާއި، އިލިޔާސްއާއި، އިޔާޒް އަދި އަނިލް މެނަށް އިބޫއަކީ ރަސޫލާއާ އެއްގޮތަށް ގައުމުހިންގާ ވެރިއެއްކަމަށްފެނިފައިވެއެވެ. ވިމާ ރަގަޅުވާނެއެވެ. އަހަރުމެނަށް މިވަރުގެ ނުބައި ސަރުކާރެއްނުފެނެއެވެ.

  3. ޫހުސެން

    އަޅުގަނޑު އެދެނީ މޮޔައަކަށް ހަދާފަ ދޫކޮށްލަން !

  4. ޞްރަޮ

    ދުއާ ދެންނެވި ވެރިން އެހިންގަނީ ޖަރީމާ

  5. ޖަލީލު

    ޒައިދުގެ އެކުވެރިޔާ ޑރ. ޢިޔާޟް ތިޔަ ކަމާ ގުޅޭގޮތުން ބުނާ އެއްޗެއް ޒައިދު ބަލާލިބާ؟ ޕީޖީ ޝަމީމަކީ ޑރ. ޢިޔާޟްގެ ދެބެންގެ ދެދަރި މީހެއް ކަމަށްވާތީ އަހާލީ.

  6. Anonymous

    ފުރިހަމަ ތާއީދާއި އެކުގައި ނޫންތޯ
    ގޯހެއްނޫން.

  7. ކޮޔާ

    ޒައިދު މެން ކޮންމެ ފަހަރަކު ލާދީނިއްޔަތަށް ބައިއަތު ހިފައި ދަމާ ކޫއްތާފަ ވެރިކަމަށް ގެނެސްފަ ދެން މިހިނގާ ހުރިހާ ކަމެއްގެ ޒިންމަ އަޅުވަނި އހެން މިހުންގެ ކޮނޑުގަ އެމޑީޕި ކޮންމެ މީހަކު ވެރިކަމަށް އަޔަސް އޮންނަނީ ލާދީނިއްޔަތު ފަތުރާލާފަ ގައުމު މިހާލަތަށް ދިއުމުގެ ޒިންމާ ޒައިދުމެންވެސް އުފުލަން ޖެހޭނެ ނަޝިދާއި ސޯލިހާއި ހުރި ތަފާތެއް ބުނެދީބަލަ

  8. ވިކިލީކްސް

    ތިއީ އަދީބުގެ ސުލޮޓެއް

  9. ޝެއިހް ބްރޯ

    އޭ ޝޭހް ބްރޯ... ހުސްއެކަނި ތިބޭފުޅާ ޑިގްރީ އެއް އޮތުމަކުން އެއީ ދުނިޔޭގެ ހުރިހާ އިލްމެއްގެ މައްޗަށް ބަސްކިޔޭނެ ކަމެއް ނޫން. ޝެއިހުންނަކީ ބަސްމަގުވެސް ވަކި ގޮތަކަށް ގެންގުޅެންޖެހޭ ބައެއް. ޕީ.ޖީ ގެ ނިންމުން ބަރާބަރު އޭނާގެ އިހްތިޔާރަށް ޤާނޫނުން ދޫކޮށްފައިވަނީ ކަންކަން ހުރީމާ. އަދި އެއީ ކޯޓުން ނިންމާނެ ކަމެއް! މާދަމާ ތިބޭފުޅާ މައްޗަށް ދައުވާ ކޮށް އަދަބު ދޭން ރައްޔިތުން ގޮވީމާ.. ޕީ.ޖީ ތިބޭފުޅާގެ މަސްލަހަތަށް ކަމެއް ކުރުމަށް ނިންމީމާ. ދެން ކީކޭބާ ކިޔާނީ. މިރާއްޖޭގައި ޝެއިހުންގެ އަގުވެއްޓެނީ ތިކަހަލަ ދެއުޅިއެއް ނުވާ ޑިގްރީ ހޯލްޑަރުންނާ ހެދި. ޑިގްރީ އޮތުމަކުން ޝެއިހުންނަކަށް ނުވޭ. ތަގްވާވެރި ކަމަކީ ދުލުން ބޭރުކުރާ ބަހަކުން ލިބޭ އެއްޗެއް ނޫން. ނިކަން ހިކްމަތް ދަސްކޮށްބަލަ