އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށްބުނެ ބިރުދައްކައި، ބުލެކްމެއިލް ކުރި މައްސަލައެއްގައި ފަސް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލާފައިވާ ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ: ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ (37އ) ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ (24އ) ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ (41އ) އެވެ.
އެ މީހުންގެ ތެރެއިން ޙަމްދޫން ޢަބްދުﷲ އާއި މުޙައްމަދު މިހާދު މުޞްޠަފާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާއި ޙަމްދޫން ޢަބްދުﷲގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މުޙައްމަދު މިހާދު މުޞްޠަފާގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މައުމޫން މޫސާ 2022 މި މަހުގެ 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ތަހްގީގްކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަހަރު މާވަހަރު ލައްވާލީ ބަންގާޅު ގިރިއަކުން!
އަދިވެސް ޕޯން ސައިޓް ތައް ބްލޮކް ކުރާކަށް ނޫޅެ އެވެ. ގައުމު މިއޮއް އެކަމަކާ ހެދި ހަލާކު ވަނީ އެވެ.
ގިރިއަށް އުރުވާލި މީހުނަށްވުރެ ބްލެކް މެއިލް ކުރި މީހުނަށް އަންނަ އަދަބު ބޮޑުވާނެ. މިއޮތީވާ އިސްލާމީ ގައުމެއް.
މާވަހަރު އަބްދުﷲ ފަދައިން ކުޑަމާވަހަރެއް ހޮވީތާ
ލާރި ހޯދަން ކުރާކަންކަން.
ހެޔޮނުވާނެ ހުއްދަ ޙަލާލް ގޮތުގައި ރިޒްޤް ހޯދަބަލަ.
ޢާއިލާއާއި އަނބިދަރިންނަށް ޙަރަމް ގޮތުގައި ހޯދާތަކެތި ކާން ނުދީބަލަ