ސަރުކާރުން ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ ނަމުގައި އުޅެނީ އެތަން އިންޑިއާއަށް ދޭން ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ސައީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ 138 މިލިއަން ޑޮލަރަށް ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ކަމަށް ސަރުކާރުން ބުނާއިރު އެތަނުގައި ސަރުކާރުން ކުރަން އުޅެނީ ހީލާތްތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި، މަސައްކަތް ކުރަނީ އެތަން އިންޑިއާއަށް ދޭން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

"ހަނިމާދޫގައި ވެގެން މިއުޅޭ ގޮތަކީ އިންޑިއާއަށް އެތަން ދޭންވެގެން މިއުޅެނީ. ޖީއެމްއާރްގެ އަނެއް ހިޔަނި މި އުފައްދަނީ." އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ، ބޮޑުތިލަދުންމަތީގައި 8,000 އެނދު ގާއިމްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީން އެޒާތުގައި ވާހަކަތައް ދައްކާ ކަމަށާއި އެކަމަކު، މި ސަރުކާރުން ކުރިހާވެސް ކަމަކީ ކުރިން ގާއިމް ކޮށްފައިހުރި އެނދުތައް ވެސް ބަންދުކުރުން ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ގޮތުގެ ކުރެހުމެއް.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ މަޝްރޫޢު ކުރިޔަށް ގެންދަނީ ހަމައެގައުމުގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2,460 ކިލޯ މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމަރާތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހިނިހެން ވަސީލަތްތައް ވެސް ގާއިމު ކުރެވިގެންދާނެއެވެ.

މީގެ އިތުރުން 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ އެއަރބަސް A320 އާއި ބޮއިންގް 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާ އިރު، މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާއާއި އިތުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާސީނުތަށި

    ކަލޭމެން ފާފު އަތޮޅު ސައުދީއަށް ދޭން އުޅުނުހެން އުތަ؟

    10
    4
    • ފެންސިރު

      ބްރޯ ފެންނަން ހުރި ހަގީގަތް މީ. ސައީދުގެ ވާހަކަ ތެދު. ޖީއެމް އާރު އަތުން ވެލާނާ އެއަރޕޯރޓް އަތުލި މައްސަލައިގެ ބަދަލުހިފުމެއް މީ. ޢިންޑިޔާއިން އުޅެނީ އެ މުޅިއަތޮޅުގެ ސިނާއަތް އެމީހުންގެ ބާރުގެދަށަށް ގެނެސް ހަނިމާދޫ އެއަރޕޯރޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަށް ލިބެމުން އަން ފަތުރުވެރިކަމުގެ ފައިސާ އާއި އިންޓަނޭޝަނަލް އުދުހުންތަކުގެ ފައިދާ އެތަނަށް ބަދަލުކޮށްލަން. މިހާރުވެސް އެދަނީ އެއާރޕޯރޓަށް މުއައްޒަފުން ހޯދަން އިންޑިޔާގަ އިސްތިހާރު ކުރަމުން. ްްް

      6
      3
  2. ލަކީ

    ހެހެ މޮޔަގޮވަނީ ސައީދު މިހާރު މޮޔަވެފަ ހުރީ މިސަރުކާރު ސުޕީޑު ހަލުވިކަމުން

    7
    5
  3. އިގުބާލު

    ބަލަންތިބެމާ ވާގޮތ. މިިލިންކުންވެސް އެކަންއެނގިގެންދާނެ.
    https://youtu.be/wKb1nZ5YnCg

    1
    1
  4. ޢަހޫ

    22 މިލިއަން ރުފިޔާހޯދީ ރަށުގަކަތީބުކަންކޮއްގެންތޯ.

    5
    2
  5. އަވަށުމީހުން

    އަވަހަށްދީ އިންޑިޔާއަށް.. އަދި ރަގަޅީ ހަނިމާދޫ އިންޑިޔާދޭއިރު ސައީދުވެދުމަކަށް އިންޑިޔާ މީހުންނަށް ދީފިއްޔާ.. އޭރުން ދެން އެމީހުންގެ ޑްރާމާ ތަކުންނާއި ފިލްމްތަކުން ސައީދު ފެންނާނެ..