ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއްޖިންސުން ގުޅުންހިންގާ، އެމަންޒަރު ވީޑިއޯކޮށް، މިހާރު ޖަލުހުކުމެއް ވެސް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް ފަހުން އުފުލި އޮރިޔާންކާޑު ހެދުމުގެ ސާޅީސް ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާ، އޭނާ ދެއަހަރާއި ނުވަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ނަމަވެސް ސާބިތުވި 40 ދައުވާގެ ތެރެއިން ދެދައުވާއަކަށް ތަންފީޒު ކުރަން ޖެހޭ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އަދި ތިން ވަނަ ދައުވާގައި އިއްވި ހުކުމުން 25 ދުވަސް ތަންފީޒުކޮށް ނިމިއްޖެ ކަމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. އެހެންކަމުން ތިން ވަނަ ދައުވާ އިން އަލަމްގިރު ތަންފީޒު ކުރަން ޖެހޭނީ ދެދުވަހެވެ. ހުކުމަށް ބަލާއިރު އަލަމްގިރު ތަންފީޒު ކުރަން ޖެހޭނީ 38 މައްސަލައިގެ ހުކުމެވެ.

އެއްޖިންސުން ގުޅުން ހިންގާފައިވާތީ އަހަރު ދުވަހުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒުކުރަމުންދާ އަލަމްގިރްގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 (ސާޅީސް) ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.

މީގެ ކުރިން ދައުލަތުން އަލަމްގިރްގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއެވެ.

އެއް ޖިންސުން އެތައް ބަޔަކާއިއެކު ގުޅުން ހިންގި ކަމަށް އޭނާ އިއުތިރާފު ވުމުން އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.

ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ނުވަމަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ ހަތް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރީ

    ގަސްދުގައި ނާޒިމް ސައްތާރު ސޭވްކުރަން އަލަމްގިރީގެ ހުރިހާ މައްސަލަ ނުނިންމީ. މިހާރު އެއުޅެނީ އަލަމްގިރި ފިއްތާލަން. މަކަރުވެރި ސަރުކާރެއް.

  2. ޢ

    ދައުލަތް ގިރިޔަކައްއަރައިގެން ސަލާމަތްނުވެގެން އުޅޭތައް މިފެންނަނީ

  3. ލ

    ކުޅި ކުޅުނު ކެނެރީ ނާޒިމު ޖަލައްލާ ހައްގު އަދަބު ދިން މީހަކަށް ރައީސް ކަމަށް މަވޯޓް ދޭނީ.

  4. ރަބަރޭ

    ތިޔަކަމުގެ އަޑީގައި ހުރީ އޭނާ ރާއްޖެ ގެނާ ކުޅުދުއްފުށީ މީހާ އޭނާގެ ބޮސް

    • ޙަލީމް

      ކުޅުދުއްފުށީ ކާކު އޭނާ ރާއްޖެ ގެނައީ؟. ޢޭނާ ކުރިން ހުރީ ލެމަން ގްރާސްގެ ވެއިޓަރ އަކަށް

  5. ޔިއާޒް

    މުޅި ރާއްޖެ ފެޅީމަ އސް މީނައަށް މިވަނީ ހަމައެކަނި އޮރިޔާން ކާޑު ހެދިކަމަށް. މިއޮތީ ދެން ޖަސްޓިސްއެއް އަހަރެމެންނަށް ލިބިފަ...

    • ރާއްޖެ

      އަދިވެސް އޭނާ ކައިރިޔަށް ވަދެ ފާޑު ފާޑަށް އުޅުނު މީހުން ތީނައަށް އޯކޭދޯ. ބަލަ ގަންނާނެ މީހުން ތިބީމާދޯ އޭނާ އެ ވިއްކި އެއްޗެއް އެ ވިއްކީ. ޢަހަރުމެންވެސް މިތިބީ...ތިބުނާ ގިރި އަކަށް ނާރާ

  6. ގ

    މި ކޯޓު ތަކުގެ ނުލަފާކަން... މި ސަރުކާރުގަ ހުރިހާ ނުލަފާ ކުއްވެރިންނަށް މިނިވަންކަން