ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 30 ފުލުހެއްގެ ހު ވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައި ދެއްވީ އައްޑޫ ސިޓީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުހައްމަދު ހާޝިމްއެވެ.

އެ ރަސްމިއްޔާތުގައި، 23 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުން އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ދެ ފިރިހެން ފުލުހަކު ވަނީ ހުވާކޮށްފައެވެ. އެ ފުލުހުން ހުވާގެ އިގުރާރުގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ފުލުހުންނަށް ހުވާ ލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ރަޝީދާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރަޝީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞަބާހް ބައިވެރިވެވަޑައިގެންނެވިއެވެ.